Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ އާ އުތުރުކޮރެއާގެ ގުޅުން

އުތުރު ކޮރެއާ އަށް ރަޝިއާ އިން ހަތިޔާރު ފޯރުކޮށްދީފާނެ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ރަޝިއާގެ ރައީސްގެ މި ވާހަކަފުޅަކީ، ދެކުނު ކޮރެއާ އިން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާ ކޮށްފައި އޮތް އޮތުން ބަދަލު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ދެކުނު ކޮރެއާ އިން ބުނި ބުނުމަށް ދެއްވި ރައްދެއް ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 21 ޖޫން 2024 | ހުކުރު 10:13
ކިމް ޖޮންއުން ރަޝިއާގައި ޕުޓިންއާ ބައްދަލުކުރެއްވުމުގެ ތެރެއިން

ކިމް ޖޮންއުން ރަޝިއާގައި ޕުޓިންއާ ބައްދަލުކުރެއްވުމުގެ ތެރެއިން

އުތުރު ކޮރެއާ އަށް ރަޝިއާ އިން ހަތިޔާރު ފޯރުކޮށްދީފާނެ ކަމަށް ރަޝިއާގެ ރައީސް ވުލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ރައީސްގެ މި ވާހަކަފުޅަކީ، ރަޝިއާ އާއި އުތުރު ކޮރެއާ އިން ހުސްވި ހަފްތާގައި ސޮއި ކުރި އަސްކަރީ އެއްބަސްވުމާ ގުޅިގެން ދެކުނު ކޮރެއާ އިން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށް ނުދޭން ކުރިން ނިންމާފައި އޮތް އޮތުން ބަދަލު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ދެކުނު ކޮރެއާ އިން ބުނި ބުނުމަށް ދެއްވި ރައްދެއް ކަމަށް ބެލެވެއެވެ.

ރައީސް ޕުޓިން މި މޭރުމުން ވާހަކަފުޅު ދެއްކެވީ ވިއެޓްނާމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

ވިއެޓްނާމަށް ޕުޓިން ވަޑައިގަތީ އުތުރު ކޮރެއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ އުތުރު ކޮރެއާ އާ އެކު އަސްކަރީ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވާފައެވެ.

އުތުރު ކޮރެއާ އަކީ ހުޅަނގުގެ ގައުމުތަކުން އެކަހެރިކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމެކެވެ. އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރާއި ބެލިސްޓިކް މިސައިލް އުފައްދާތީ، ހުޅަނގުން އިސްނަގައިގެން އދ. އިން އެ ގައުމާ ދެކޮޅަށް ފިޔަވަޅު އަޅާ އެކަރިކޮށްފައިވަނިކޮށް ރަޝިއާގެ ރައީސް އުތުރުކޮރެއާ އަށް ވަޑައިގަތުން ހުޅަނގުގެ ގައުމުތަކުން ދެކެނީ ވަރަށް ބޮޑަށް ނުތަނަވަސްކަމާ އެކުގައި ކަން ފާހަގަ ކުރެވެއެވެ.

ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް އެންމެ ޒަމާނީ ހަތިޔާރު ފޯރުކޮށްދީ އަދި ރަޝިއާގެ ޓާގެޓް ތަކަށް ހަމަލާ އެ ހަތިޔާރު ބޭނުން ކޮށްގެން ހަމަލާ ދިނުން ހުޅަނގާއި އެމެރިކާއިން ހުއްދަ ދިން މައްސަލައިގައި، ހުޅަނގާ ދުޝްމަނު ގައުމުތަކަށް ރަޝިއާ އިން ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެ މި މަހު ކުރީ ކޮޅު ޕުޓިން ވަނީ އިންޒާރު ދެއްވާފައެވެ.

މި މައްސަލައިގައި ޕުޓިން އެންމެ ފަހުން ވިއެޓްނާމުގައި ދެއްކެވި ވާހަކަފުޅުގައި އެ ގޮތުން ރަޝިއާ އިން ހަތިޔާރު ފޯރުކޮށްދޭނެ ގައުމަކަށް އުތުރު ކޮރެއާ ވެދާނެ ކަމަށް މި ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު