Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއީލް ހަނގުރާމަ

އިޒްރޭލުން ފަލަސްތީނުގެ އާއްމުންނަށް ހަމަލާ ދެނީ ގަސްދުގައި: އދ. ގެ ޚާއްސަ ތަހުގީގު ރިފޯޓް

ނަވީ ޕިއްލޭ ވިދާޅުވީ، ގާޒާ ގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާ ތަކަށާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާ ތަކުގެ އިތުރުން، އިންސާނިއްޔަތާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފުވެފައިވުމުގެ ޒިންމާ އިޒްރޭލުގެ ވެރިން ނަގަން ޖެހޭނެ ކަމަށް.

ރާއްޖެ އެމްވީ | 19 ޖޫން 2024 | ބުދަ 17:01
އިސްރާއިލުގެ ހަމަލާތަކުގައި ފިހުނު ހަނާން އަކެލް އަށް އަލް-އަގްސާ ހޮސްޕިޓަލުގައި ފަރުވާދެނީ

އިސްރާއިލުގެ ހަމަލާތަކުގައި ފިހުނު ހަނާން އަކެލް އަށް އަލް-އަގްސާ ހޮސްޕިޓަލުގައި ފަރުވާދެނީ

އިޒްރޭލުގެ އަސްކަރިއްޔާ އިން ބަރު ހަތިޔާރު ބޭނުން ކޮށްގެން ގާޒާ ގައި ހިންގި ޖަރީމާ ތަކަކީ ގަސްދުތުގައި އާއްމުންނަށް ދިން ސީދާ ހަމަލާއެއް ކަމަށް ފަލަސްތީނުގައި އިޒްރޭލުން ހިންގާ ޖަރީމާތަކާ ބެހޭ ގޮތުން އދ އިން މިނިވަން ތަހުގީގެއް ހިންގުމަށް އެކުލަވާލި އިންޑިޕެންޑެންޓް އިންޓަރނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ އޮން އޮކިއުޕައިޑް ޕެލެސްޓީނިއަން ޓެރިޓަރީގެ ހޯދުން ތަކާ ބެހޭ ގޮތުން ބުދަ ދުވަހު ބޭއްވި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނުން އެ ކޮމިޝަން ގެ ޗެއަރޕާސަން ނަވީ ޕިއްލޭ ވިދާޅުވެއްޖެ އެވެ.

ނަވީ ޕިއްލޭ ވިދާޅުވީ، ގާޒާ ގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާ ތަކަށާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާ ތަކުގެ އިތުރުން، އިންސާނިއްޔަތާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފުވެފައިވުމުގެ ޒިންމާ އިޒްރޭލުގެ ވެރިން ނަގަން ޖެހޭނެ ކަމަށެވެ.

ކޮމިޝަންގެ ހޯދުން ތަކަށް ރިއާޔަތް ކޮށް، އިޒްރޭލުން ހިންގާފައިވާ ކަމަށް ސާބިތު ކުރެވޭ ޖަރީމާ ތަކުގެ ތެރޭގައި، ނަވީ ޕިއްލޭ ފާހަގަ ކުރެއްވީ، އާބާދީ ނައްތާލުމާއި، ގަސްދުގައި އާއްމުންނަށް އަމާޒުކޮށް ހަމަލާ ދިނުމާއި، ގަސްދުގައި މީހުން މެރުމާއި، ހަނގުރާމައިގެ އުކުޅެއްގެ ގޮތުން ބަނޑަށް ޖެއްސުމާއި، ގަދަކަމުން މީހުން ވަޒަނުން ބޭރު ކުރުމާއި، ވަކި ޖިންސެއްގެ މީހުން ނައްތާ ލުމުގެ ގަސްދުގައި ފިރިހެނުންނާއި ފިރިހެން ކުދިން މެރުމާއި، ޖިންސީ އަނިޔާ ދިނުމާއި، އަދި ރަހުމު ކުޑަކޮށް އިންސާނިއްޔަތާ ޚިލާފަށް އިންސާނުންނާ މެދު އަމަލު ކުރުން ހިމެނެއެވެ.

އދ. ގެ ކޮމިޝަނަރ ޕިއްލޭ ވިދާޅުވީ، އިޒްރޭލުގެ އަސްކަރިއްޔާ އިން ގަދަ ބާރުން ގާޒާގެ މުޅި އާބާދީ ގެންގޮސް ކުޑަކުޑަ ތަންކޮޅެއްގެ ތެރެއަށް ތޮއް ޖެއްސި އިރު އެ ތަނަކީ ރައްކާތެރި ކަމެއް ނެތް އަދި ދިރިއުޅެވޭނެ ތަނެއް ވެސް ނޫން ކަމަށެވެ. އަދި ބައިބޯ ސަރަހައްދު ތަކަށް އަމާޒުކޮށް ބަރު ހަތިޔާރު ބޭނުން ކޮށްގެން ދޭ ހަމަލާތައް ބެލެވެނީ ގަސްދުގައި އާއްމު ރައްޔިތުންނަށް ޓާގެޓް ކޮށްގެން ހަމަލާ ދިނުމަށް ހިންގާ ޖަރީމާ އެއްގެ ގޮތުގައި ކަމަށެވެ.

ޕިއްލޭ ވިދާޅުވީ، އިންސާނިއްޔަތާ ޚިލާފު ޖަރީމާ ތައް ހިންގި ފަރާތްތައް ޖަވާބުދާރީ ނުކުރެވި، އިންސާފުގެ ކުރިމައްޗަށް ނުގެނެވިއްޖެ ނަމަ އެމީހުންނަކީ ކުށެއް ނެތް ބައެއްގެ ގޮތުގައި އުޅެވޭ ގޮތް ވުމަކީ ދުނިޔެއަށް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ކޮމިޝަންގެ ހޯދުންތައް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވަމުން ޕިއްލޭ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ވާނުވާ އެއް ނޭނގި އެމީހުންނާ ބެހޭ އެއްވެސް ޚަބަރެއް ނުލިބޭ، އެތައް ހާސް ފަލަސްތީނު ރައްޔިތުން އިޒްރޭލުން ބަންދު ކޮށްގެން ގެންގުޅެމުންދާ ކަމަށެވެ.

ކޮމިޝަންގެ ހޯދުންތަކުގައި ވާ ގޮތުން، ދެވޭނެ އެންމެ ބޮޑު ގެއްލުމެއް ދިނުމުގެ ގަސްދުގައި އިޒްރޭލުން ހަމަލާތައް ދޭ ކަމުގެ ހެއްކަކީ، ޒަޚަމްވާ މީހުންގެ އަދަދު އިންތިހާ އަށް މަތިވުމާއި، ހަލާކުވެފައިވާ އާއްމު ތަންތަނާއި، ހަލާކުވެފައިވާ އާއްމުން ދިރިއުޅޭ އިމާރާތްތަކުގެ އަދަދު ގިނަވުން ކަމަށެވެ.

ޕިއްލޭ ވިދާޅުވީ، ގާޒާ އާ ދޭ ހަމަލާތަކުގެ ސަބަބުން ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ ޖަރީމާތަކަށް ދޭ ސަމާލުކަން ކުޑަވެގެން ނުވާނެ ކަމަށެވެ. ހުޅަނގު އައްސޭރީގައިވެސް ކޮންމެ ދުވަހު ކަހަލަ ގޮތަކަށް އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އަންނަނީ މަރުވަމުންނެވެ. ގާޒާ އަށް ހަމަލާ ދޭން ފެށިފަހުން އިޒްރޭލުގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން މަރުވި ފަލަސްތީނު މީހުންގެ އަދަދު އޭގެ ކުރީގެ ރެކޯޑް ތަކަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެސް ޕިއްލޭ ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު