Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޔާޒުގެ ޝަރީއަތް

ފިޔާޒަށް ހުކުމް ކުރުން ކެންސަލް ކޮށްފި

10 އޯގަސްޓު 2017 | ބުރާސްފަތި 07:28

މައްސަލަ ސާބިތު ކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުގައި ފުށުއެރުން ހުރި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 10 އޯގަސްޓު 2017 | ބުރާސްފަތި 07:28
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ

ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ

ރާއްޖެޓީވީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ، ހުސެއިން ފިޔާޒް މޫސާއާ މައްޗަށް ދައުލަތުން ކޮށްފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ހުކުމް ކުރުމަށް ތާވަލް ކޮުރި ޝަރީއަތް ކެންސަލް ކޮށްފިއެވެ.

ފިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 2:00 އަށެވެ.

Advertisement - newsAdvertisement

މައްސަލަ ކެންސަލް ކުރި ސަބަބު ސާފް ކުރުމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މައްސަލަ ކެންސަލް ކުރި ސަބަބު ސާފްވާ ގޮތް ވަނީ ނުވެފައެވެ.

ފިޔާޒްގެ މައްސަލައިގައި ޙުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލިސް، ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހަށް ތާވަލް ކުރުމާއި ގުޅިގެން، ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރިކަމަށް ތުޙުމަތުކޮށް، ފިޔާޒްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާފައިވާ ދަޢުވާއެއްކަމަށް ދެކޭ ކަމަށެވެ.

އެގޮތުން ފާއިތުވެދިޔަ ދޮޅު އަހަރު، އެކި ދުވަސްމަތިން ފިޔާޒް ކޯޓަށް ގެންގޮސް ކުރެވިފައިވާ ތުޙުމަތު ސާބިތުކޮށްދެވޭތޯ ޕްރޮސެކިއުޓަރ ޖެނެރަލް ކުރެއްވި ކޮންމެ މަސައްކަތަކުން މިއީ އަސްލެއް ނެތް މައްސަލައެއްކަން އިތުރަށް ހާމަވެގެން ދިޔަކަން ފާހަގަކޮށް، ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީންނަށް ޝަރީޢަތުގެ މަޖިލީހުގައި، ޝައްކެއް ނެތް މިންވަރަށް އެކަށީގެންވާ ހެކި ހުށަހެޅިފައިވާކަމަށް ދިފާޢީ ވަކީލުންވެސް ނުދެކޭ ކަމަށާ، ހެކިންގެ ހެކިބަހުގައި ވަރަށް ސާފުކޮށް، ފުށުއެރުންތައް ހިމެނޭ ކަމަށެވެ.

ރާއްޖެޓީވީގެ މި ބަޔާނުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ހުރި ބައެއް ފުށުއެރުންތަކާއި، މައްސަލަ ހުށަހެޅުމުގައި ހުރި ސުވާލު އުފެދޭ ބައެއް ކަންކަން ފާހަގަކޮށްފައެވެ.

ފިޔާޒްގެ މައްސަލައިގައި ދައުލަތުން ހުށަހެޅި 3 ހެކިންގެ ތެރޭގައި ރުހުމަކާ ނުލައި ފިޔާޒް އަތްލިކަމަށް ބުނެ މައްސަލަ ހުށަހެޅި ފުލުހުންގެ މީހާވެސް ހިމެނެއެވެ. އަދި އޭނަގެ ހެކިބަސް މި މައްސަލައިގައި ނެގިއިރު އޭނާގެ ގައިގައި ފިޔާޒް އަތްލި ގޮތް ސާފުކޮށް ކިޔައިދެވިފައެއް ވެސް ނުވެއެވެ. އަދި ފިޔާޒް އެ އަމަލު ހިންގި ކަމަށް ބުނެ ހެކިބަސްދިން އިތުރު ހެކިބަހުގައި އެންމެ ކުޑަމިނުން އެމީހުންނާ ފިޔާޒް އާއި ދެމެދު ހުރި ދުރުމިން އެއްގޮތަށް ބުނެއެއް ނުދެވުނެވެ. މިކަން މިހެން އޮތްއިރު، ފުރަތަމަ މައްސަލަ ހުށަހެޅީވެސް މީހެއްގެ ގައިގައި ޖެހިކަމަށް ބުނެއެވެ. ފަހުން އެކަން އަތްލިކަމަށް ބަދަލުވެ، ދައުވާ އުފުލުނީ އަތްލިކަމުގެ ތުޙުމަތުގައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި 17 އަހަރު ހޭދަކޮށް، އެތައް ބަޔަކާއެކު ފިޔާޒު މަސައްކަތް ކޮށްފައިވާއިރު މިފަދަ ކަމެއްގެ ތުޙުމަތުވެސް ފިޔާޒާމެދު ކުރެވިފައިނުވާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ޙައްޤަށް ނަޞްރު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާ، ކޮންމެހެންވެސް ފިޔާޒަށް އަދަބެއް ދިނުމުގެ ނިޔަތުގައި ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތް ނާކާމިޔާބުވެ، ފިޔާޒަށް އިންސާފު ލިބުމަށް ރާއްޖެޓީވީން އުއްމީދު ކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް