Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ

އެމްބާޕޭ ނޭފަތް ހަލާކުވެއްޖެ، އޮޕަރޭޝަން ކުރާނެތަ؟

18 ޖޫން 2024 | އަންގާރަ 05:35

އެމްބާޕޭގެ ނޭފަތް ހަލާކުވެއްޖެ އެވެ. ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން އޭނާގެ ނޭފަތް އޮޕަރޭޝަން ކުރުމާމެދު ވަކި ގޮތެއް ނުނިންމަ އެވެ.

ރާއްޖެ އެމްވީ | 18 ޖޫން 2024 | އަންގާރަ 05:35
ކީލިއަން އެމްބާޕޭ

ކީލިއަން އެމްބާޕޭ

ފްރާންސްގެ ކެޕްޓަން އަދި ފޯވަޑް ކީލިއަން އެމްބާޕޭގެ ނޭފަތް ހަލާކުވެ، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުރިއަށް ހުރި މެޗު ތަކުގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

އެމްބާޕޭގެ ނޭފަލް ހަލާކުވީ މުބާރާތުގައި ރޭ އޮސްޓްރިއާ އަތުން 1-0ން މޮޅުވި މެޗުގައި ބޮލުން ޖަހަން އެރި ވަގުތު ވައިގެ ތެރޭގައި އޮސްޓްރިއާ ކުޅުންތެރިއެއްގެ އުޅަބޮށިން ޖެހިފަ އެވެ. ހޯސްލާފައި ލޭ ފޭބުމުން އޭނާ އަށް ވަނީ ވަގުތުން ދަނޑުމަތީގައި ފަރުވާދީފަ އެވެ. އަދި ދަނޑުން ބާލައި ކެޕްޓަން ވަނީ ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.

މި މެޗުގައި ފްރާންސްގެ މޮޅުވި ލަނޑު ޖެހީ ވެސް އެމްބާޕޭ އެވެ. އެއީ އޭނާ ހުރަސްކުރި ބޯޅައެއް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލަށް ވަދެގެންނެވެ.

މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުނީ ކުރިއަށް ހުރި މެޗުތަކުގައި އެމްބާޕޭ ކުޅޭނެކަން ޔަގީންކޮށްދޭން އޭނާ އަށް މި ވަގުތު ނުކެރޭނެ ކަމަށެވެ. ނަމަވެސް 25 އަހަރުގެ ފޯވަޑް ހުރެގެން ކުޅޭނަމަ ފްރާންސަކީ އަބަދުވެސް ކުރިއަށްވުރެ ނުރައްކާތެރި ޓީމަކަށްވާނެ ކަމަށެވެ.

ހޮސްޕިޓަލުގައި ހުރެ ވާހަކަ ދައްކަމުން ފްރާންސްގެ ފުޓްބޯޅް ފެޑަރޭޝަނުގެ ރައީސް ފިލިޕޭ ޑިއާލޯ ވިދާޅުވީ އޭނާގެ ކެޕްޓަންގެ ނޭފަލުގެ އޮޕަރޭޝަން ކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް މެޑިކަލް ޓީމުން ބުނީ މިކަމަށް ވަކި ގޮތެއް ނުނިމޭ ކަމަށާއި އޮޕަރޭޝަން ކޮށްފިނަމަ އެމްބާޕޭ އަށް އަލުން ކުޅެން ފެށޭނީ 10 ދުވަހަށް ފަހު ކަމަށެވެ.

އެމްބާޕޭ ވަނީ މެޗަށް ފަހު އެކްސްގައި ނޭފަތުގައި މާސްކެއް އަޅައިގެން ކުޅުމާމެދު ހިޔާލަކީ ކޮބާތޯ އަހައި ސުވާލުކޮށްފަ އެވެ. މިހެންވެ މާސްކެއް އަޅައިގެން ކުޅުމުގެ ފުރުސަތު އޮތްނަމަ އޭނާ އޮޕަރޭޝަން ކުރާނެ ކަމަށް ތަޖުރިބާކާރުން ނުދެކެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 ޖޫން 2018

އެމްބާޕޭއަށް އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ ޑެމްބޭލޭ

03 ޖޫން 2018
އެމްބާޕޭއަށް އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ ޑެމްބޭލޭ
26 މެއި 2018

ރެއާލްއިން ވެސް އެމްބާޕޭ ހޯދުމަށް 180 މިލިއަން ހުށަހެޅި

26 މެއި 2018
ރެއާލްއިން ވެސް އެމްބާޕޭ ހޯދުމަށް 180 މިލިއަން ހުށަހެޅި
27 ޑިސެމްބަރު 2017

ރެއާލް މެޑްރިޑާއި ވާހަކަ ދެއްކި ކަމަށް އެމްބާޕޭ ބުނެފި

27 ޑިސެމްބަރު 2017
ރެއާލް މެޑްރިޑާއި ވާހަކަ ދެއްކި ކަމަށް އެމްބާޕޭ ބުނެފި
08 ނޮވެމްބަރު 2017

އެމްބާޕޭ ބާސާއަށް ބަދަލުވުމަށް މަދުވީ އޭނާގެ ސޮއި އެކަނި

08 ނޮވެމްބަރު 2017
އެމްބާޕޭ ބާސާއަށް ބަދަލުވުމަށް މަދުވީ އޭނާގެ ސޮއި އެކަނި
16 ސެޕްޓެމްބަރު 2017

އެމްބާޕޭއަށް މެސީއާ އަރާ ހަމަނުކުރެވޭނެ: ގާޑިއޯލާ

16 ސެޕްޓެމްބަރު 2017
އެމްބާޕޭއަށް މެސީއާ އަރާ ހަމަނުކުރެވޭނެ: ގާޑިއޯލާ
07 ސެޕްޓެމްބަރު 2017

ޕީއެސްޖީއާ ގުޅުނީ އާސެނަލް ރިޖެކްޓް ކުރުމަށްފަހު: އެމްބާޕޭ

07 ސެޕްޓެމްބަރު 2017
ޕީއެސްޖީއާ ގުޅުނީ އާސެނަލް ރިޖެކްޓް ކުރުމަށްފަހު: އެމްބާޕޭ
04 ސެޕްޓެމްބަރު 2017

ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ

04 ސެޕްޓެމްބަރު 2017
ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ
18 އޯގަސްޓު 2017

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

18 އޯގަސްޓު 2017
މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި
11 އޯގަސްޓު 2017

ޕީ.އެސް.ޖީއިން އެމްބާޕޭ ގެންދަން މަސައްކަތްކުރަނީ!

11 އޯގަސްޓު 2017
ޕީ.އެސް.ޖީއިން އެމްބާޕޭ ގެންދަން މަސައްކަތްކުރަނީ!
27 މެއި 2017

ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

27 މެއި 2017
 ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް