Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ކްރޮއޭޝިއާގެ އަމާޒަކީ މޮޅު ކުޅުމެއް ދެއްކުން!

15 ޖޫން 2024 | ހޮނިހިރު 09:50

މުބާރާތުގެ ފުރަތަމަ މެޗަށް އިޝާރަތްކޮށް ޑަލިކް ބުނީ، އެ ޓީމުން އަންނަނީ ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑެތި ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2024 | ހޮނިހިރު 09:50
ކްރޮއޭޝިއާގެ ކޯޗު ޑަލިކް

ކްރޮއޭޝިއާގެ ކޯޗު ޑަލިކް

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗަަށް ނިކުންނައިރު، ކްރޮއޭޝިއާގެ އަމާޒަކީ މޮޅު ކުޅުމެއް މުބާރާތުގައި ދެއްކުން ކަމަށް އެ ޓީމުގެ ކޯޗު ލަޓްކޯ ޑަލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާގެ ފުރަތަމަ މެޗުގައި ސްޕެއިންނާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މިއަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ގިނަ ބަޔަކު ދެކޭ ޓީމުތަކުގެ ތެރޭގައި ކްރޮއޭޝިއާ ނުހިމެނެ އެވެ.

ޑަލިކް ބުނީ މިފަހުން އައިސް ކްރޮއޭޝިއާ އިން ފުޓުބޯޅައިގައި ހާސިލު ކުރަމުން އަންނަ ކަންތައްތަކަކީ އާދަޔާ ޚިލާފު ކަންތައްތަކެއް ކަމަށެވެ. ޑަލިކް ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި އެއީ ހާސިލު ކުރަން އުނދަގޫ ކަންތައްތަކެއް ކަމަށެވެ. އެހެން ނަމަވެސް، އެންމެ ބޭނުންވާ ދިމާލަށް ނުދެވޭ ކަމުގައި ވެސް ޑަލިކް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޑަލިކް ބުނީ ކްރޮއޭޝިއާގެ ޤާބިލުކަމާއި، ފެންވަރާމެދު ބައެއް މީހުން ސުވާލު އުފައްދާތީ އޭނާ އަށް އުނދަގޫވާ ކަމަށެވެ. އެގެ ބަދަލުގައި ޓީމުގައި ތިބި މަދު ކުޅުންތެރިންނާއި، ފެންވަރު ރަނގަޅު މަދު ކުޅުންތެރިންނާއެކު ކްރޮއޭޝިއާ އިން ހޯދަމުން އަންނަ ކާމިޔާބަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމަށް ޑަލިކް ބުންޏެވެ.

މުބާރާތުގައި ކްރޮއޭޝިއާ އޮތް ގްރޫޕާއި، މުބާރާތުގެ ފުރަތަމަ މެޗަށް އިޝާރަތްކޮށް ޑަލިކް ބުނީ، އެ ޓީމުން އަންނަނީ ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑެތި ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން ކަމަށެވެ. އެގޮތުން ކުޑަ ޤައުމަކަށް ވިޔަސް، ބޮޑެތި ކަންކަން ޙާސިލު ކުރެވޭނެ ކަމުގެ އެންމެ ފުރިހަމަ މިސާލަކީ ކްރޮއޭޝިއާ ކަމަށް ވެސް ޑަލިކް ވަނީ ބުނެފަ އެވެ. އޭނާ ބުނީ އެކަން ދައްކައި ދިނުމުގައި ކްރޮއޭޝިއާ އަކީ އެހެން މީހުންނަށް މިސާލެއް ކަމަށެވެ.

ޑަލިކް ބުނީ، ކްރޮއޭޝިއާގެ އެންމެ ބޮޑު އެއް ބާރަކީ އެ ޓީމުގެ އެއްބައިވަންތަކަން ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ގިނަ ކުޅުންތެރިން އަދިވެސް ޓީމާއެކު ތިބިކަން ޑަލިކް ފާހަގަ ކުރި އެވެ. އޭގެ އިތުރުން ބައެއް ޒުވާން ކުޅުންތެރިން ޓީމަށް އިތުރުވެއްޖެ ކަމަށާއި، ތަފާތެއް ގެނެވިދާނެކަން އެ ކުޅުންތެރިން ދައްކައިދެމުން އަންނަ ކަމަށް ވެސް ޑަލިކް ވަނީ ބުނެފަ އެވެ.

މުބާރާތުގެ ގްރޫޕް ބީ ގައި ކްރޮއޭޝިއާ އިން ސްޕެއިނާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް