Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު

ރޮނާލްޑޯގެ ދެ ލަނޑުން ޕޯޗުގަލް މޮޅުވެއްޖެ

ޕޯޗުގަލް އިން ތިން މެޗު ކުޅުނު އިރު ދެ މެޗުން މޮޅުވެ، އެއް މެޗުން ވަނީ ބަލިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖޫން 2024 | ބުދަ 06:32
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ އަޔަލެންޑާ ދެކޮޅަށް ޕޯޗުގަލް އިން ކުޅުނު މެޗަކީ، މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރަތަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުން ކުޅުނު ތިން ވަނަ މެޗެވެ. އޭގެ ތެރެއިން ދެ މެޗުން ޕޯޗުގަލް މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 3-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ޔާއޯ ފެލިކްސް އެވެ. މެޗު ފަށައިގެން 18 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑު ޖަހައި ލީޑު ނަގައިދީފަ އެވެ. މެޗުގައި ޕޯޗުގަލްގެ ފަހު ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ދެ ލަނޑު ވެސް ޕޯޗުގަލް އަށް ޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ މެޗުގެ 50 ވަނަ މިނެޓާއި، 60 ވަނަ މިނެޓުގައި އޭނާ ޖެހި ދެ ލަނޑެވެ.

މުބާރާތުގައި ޕޯޗުގަލް އޮތީ ގްރޫޕް އެފްގަ އެވެ. ޕޯޗުގަލް އާއެކު މި ގްރޫޕުގައި ދެން އޮތް ތިން ޓީމަކީ، ތުރުކީ، ޖޯޖިއާ އަދި ޗެކް ރިބަޕްލިކް އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް ނިކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު