Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަފާޒުގެ ބަންދުގެ މައްސަލަ

މަފާޒުގެ ބަންދުގެ އިސްިތިއުނާފް: ދައުލަތުން ބުނަނީ ބަންދުކުރަންޖެހޭ ހާލަތު ބަދަލުނުވާކަމަށް، ދިފާއުން ބުނަނީ އެ ހާލަތެއް މިހާރު ނެތް ކަމަށް

މަފާޒު ބަންދުން ދޫވި ފަހުން 3 މަސްވި އިރުވެސް ހާލަތަށް ބަދަލެއް ނާދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޖޫން 2024 | އާދީއްތަ 13:50
ނަދީމު ޢަބްދުއްރަޙީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މުހައްމަދު މަފާޒު ހުސައިން ސަލީމް

ނަދީމު ޢަބްދުއްރަޙީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މުހައްމަދު މަފާޒު ހުސައިން ސަލީމް

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ސަލާމަތްވި މުހައްމަދު މަފާޒު ހުސައިން ސަލީމް، އިސްތިއުނާފު ނިމެންދެން ބަންދުކޮށްދިނުމަށް އެދި ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު ހައިކޯޓުގައި ބާއްވައިިފިއެވެ.

ހައިކޯޓުގައި އިސްތިއުނާފުކުރާ މައްސަލައަކީ، އިސްތިއުނާފު ރައްދުވާ މަފާޒު ބަންދުގައި ބަހައްޓައިދިނުމަށް އެދި ދައުލަތުގެ ފަރާތުން އެދިފައިވާތީއެވެ.

Advertisement - newsAdvertisement

އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި މަފާޒު ބަންދުގައި ބަހައްޓައިދިނުމަށް އެދޭ ސަބަބަކީ، ކްރިމިނަލް ކޯޓުން މި މައްސަލައިގައި މަފާޒް ބަންދުކުރަން އަމުރުކުރި ތާރީހުން ފެށިގެން ހުކްކުރުމާއި ހަމައަށް ބަންދުގައި ހުރި ފަރާތެއް ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމުގެ ދައުވާއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ހުކުމްކުރުމާއި ގުޅިގެން މަފާޒް މިނިވަންވެ، މުޖްތަމައުގެ ތެރެއަށް ދޫވެގެން ގޮސްފައިވާ ކަމަށެވެ.

މި ހުކުމުގެ ފަހުން ތަކުރާރުކޮށް އެކި ދުވަސްތަކުގެ މަތިން ފުލުހުންގެ ހައްޔަރަށް، އެކި ބާވަތުގެ މައްސަލަތަކުގައި މަފާޒް ގެންދެވިފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލަތަކުގައިވެސް ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ ކަމަށެވެ. ދައުލަތުން ބުނެފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ދެ މައްސަލައެއްގައި މަފާޒްގެ މައްޗަށް ދައުވަ އުފުލާ ޝަރީއަތްތައް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ކަމަށެވެ.

އަދި މީގެ ތެރެއިން އެއް މައްސަލައެއްގައި ދާދި ފަހަކާ ޖެހެންދެންވެސް މަފާޒް ބަންދުގައި ބަހައްޓާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައިކޯޓުގައި މިދިޔައަހަރު އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ކުރާ ކުށްތަކުގެ ބާވަތާއި އޭނާގެ އަމަލު ހުންނަ ގޮތުން، މުޖްތަަމައުއަށް ދޫކޮށްފައި ބަހައްޓައިފިނަމަ އޭނާގެ ފަރާތުން މުޖްތަމައުއަށް ނުރައްކާ އޮތް މީހެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. އަދި ހައިކޯޓުގެ އެ ނިންމުމާއި ގުޅިގެން އަނެއްކާވެސް ކްރިމިނަލް ކޯޓުން މަފާޒު ބަންދުކުރުމަށް އަމުރުކުރި ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ދައުލަތުން ބުނެފައިވަނީ ހައިކޯޓުގައި ނިންމާފައިވާ ގަޒިއްޔާއަކާއި ގުޅިގެން، ކްރިމިނަލް ކޯޓުން މަފާޒު ބަންދުކުރުމަށް ނިންމި ކަމަށާއި، އެ މުއްދަތުގެ ތެރޭގައި މަފާޒު އެހެން މައްސަލައެއްގެ ބަންދުގައި ހުރުމުން، އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ގަޒިއްޔާ (ޝަހީބް އިބްރާހިމް ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް) ގައި ހުރި ކަންކަން އެޕްލައި ނުކުރެވޭނެ ކަމަށާއި، އެހެންކަމުން ބަންދުން ދޫވުމުން އަލުން އެ މައްސަލަ ހުށަހެޅިދާނެ ކަމަށެވެ. އެގޮތުގެ މަތިން ހައިކޯޓުގައި އަލުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ މިއަދުވެސް ދައްކަން އޮތް ވާހަކައަކީ މަފާޒްގެ ފަރާތުން މުޖްތަމައުއަށް އޮތް ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި، އެ މައްސަލައިގެ ހުކުމް ކުރި ފަހުން ތަކުރާރުކޮށް އެކި ބާވަތުގެ މައްސަލަތުގައި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލަތަކުގައި ތަކުރާރުކޮށް ހައްޔަރުކޮށް ބަންދުކޮށްފައި ހުރި ހުރުމުންވެސް މުޖްތަމައުއަށް އޮތް ނުރައްކާ އިތުރަށް ފާޅުވެގެން ގޮސްފައިވާ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުން އެންމެ ފަހުން މަފާޒު ބަންދުން ދޫކުރި އިރު ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، އެމައްސަލައިގައި މަފާޒު ދޫކުރާ ސަބަބަކީ ޖިނާއީ ކުޑަ މައްސަލައަކަށްވެފައި، ބަންދުގައި ހުންނަންޖެހޭ މުއްދަތު ފަހަނައަޅާދާ ފަހުން އިތުރަށް އެ މައްސަލައިގައި ބަންދުގައި ބެހެއްޓުމަކީ އާބިޓްރެރީ ކަމަކަށް ވެދާނެތީ އެކަމުން ސަލާމަތްކުރުމުގެ ގޮތުން ބަންދުން ދޫކުރަނީ ކަމަށެވެ. އަދި އަމުރު ބާތިލްކުރި ސަބަބުތަކުގެ ތެރޭގައި މަފާޒު ބަންދުކުރުމަށް ކުރި އަމުރުގައި މުޖްތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބުނެފައިވާ ހާލަތު އަދިވެސް އެބައޮތް ކަމަށެވެ.

ދިފާއީ ވަކީލު މި މައްސަލައިގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ދައުލަތުން ބުނާ ގޮތަށް މާރާމާރީ ހިންގުމުގެ އެއްވެސް މައްސަލައެއް ދަށު ކޯޓުގައި ނޯންނާނެ ކަމަށައި، ދަށު ކޯޓުގައި އޮންނާނި ވަޅިއެއް ގެންގުޅުނު މައްސަލައެއް ކަމަށެވެ. އަދި އެ ވަޅިއަކީ މަފާޒު ގެންގުޅުނު ވަޅިއެއް ނޫންކަމަށް ހެލި ހުށަހަޅާފައިވާއިރު، އެ މައްސަލައިގައި އަންނަ އަދަބަށްވުރެ އިތުރަށް ބަންދުގައި ހުރުމުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން މާރާމާރީގެ މައްސަލައެއް ނޯންނާނެ ކަމަށާއި، ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމަށް ބުނާ މައްސަލައަކީ އެކްސިޑެންޓަކާއި ގުޅޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން ބައިވަރު މާރާމާރީތައް ހުރިކަމަށް ދައުލަތުން ދައްކާ ވާހަކައަކީ އެންމެ ރަނގަޅަށް ދެއްކި ވާހަކައެއް ނޫން ކަމަށެވެ. އަދި ބަންދުގައި ހުއްޓާ މިނިވަންވީ 6 މާޗުގައި ކަމަށާއި، އެހެންކަމުން 3 މަސް ވެގެންދިޔައިރު އޭނާގެ ހައްޔަރެއް ނެތް ކަމަށާއި، އެއްވެސް އިދާރާއަކަށް ސުވާލުކުރުމަށް ވެސް ގެންގޮސްފައި ނުވާ ކަމަށެވެ. އެހެންކަމުން މިވީ ދުވަސްތަކުގައި ހައްޔަރު ބަންދު ރެކޯޑެއް ނެތް އިރު، އޭނާއަކީ މިހާރު އަމިއްލަ ވަޒީފާއެއްގައި އުޅޭ ފަރާތެއް ކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން މަފާޒު ބަންދުކުރަން އުޅެނީ އަދި ސާބިތުނުވާ މައްސަލައެއްގައި ކަމަށާއި، އެ މައްސަލައާއި ގުޅިގެން 5 އަހަރު ބަންދުގައި ހުރިމަށްފަހު އެ މައްސަލަ ނިމިގެންދިޔަ ކަމަށެވެ. އަނެއްކާވެސް އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ބަންދުގައި ހުރެއްޖެނަމަ، ދިގުމުއްތަދެއް ވަންދެން ބަންދުގައި ހުންނަންޖެހި އަދި ދަށު ކޯޓުގެ ނިންމުމަށް ހައިކޯޓުން ތާއިދުކުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ވަކީލު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކުށަކާއި ގުޅިގެން ދިހަ ބާރަ އަހަރު ބަންދުގައި ހުންނަންޖެހުމުން، ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ތަތްބީގު ކުރެވެނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައިވާ އެކަށީގެންވާ އަވަސްމިނުގައި ޝަރީއަތް ހިންގުމުގެ ހައްގާއި އެކީގައި ކަމަށް ވެސް ވަކީލު ފާހަގަކުރެއްވިއެވެ.

އަދި ދަށު ކޯޓުންވެސް މަފާޒު ދޫވެފައިވަނި އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވެގެން ގޮސްދާނެތީ ކަމަށެވެ. އަދި މައްސަލަ ދިގުލައިގެން ދަނީ މަފާޒުގެ މައްސަލައަކުން ނޫން ކަމަށާއި، ބަންދުން ދޫވިތާ 3 މަސް ވެގެންދިޔައިރު މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން ގޮތް ނިންމެވުމުގައި ފަނޑިޔާރުން އެކަންކަމަށް ރިއާޔަތްކުރުމަށް ވަކީލު ވަނީ އެދިވަޑައިގަންނަވާފައެވެ.

ދެފަރާތުންވެސް އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވަނީ ގިނަ ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ކޯޓުގެ ނިންމުން އިސްތިއުނާފު ކުރާއިރު، ބަންދުކުރަން ނުޖެހޭނެ ކަންތައް ދިފާއުން ހުށަަޅާގައިވާއިރު، ދައުލަތުން ވަނީ މަފާޒު ހިމެނޭ އިތުރު މައްސަލަތަކުގެ ވާހަކައެކު ބަންދުކުރަންޖެހޭ ކަމަށް ބުނެފައެވެ.

އަޑުއެހުން ނިންމާލުމުގެ ކުރިން ދައުލަތުން ވަނީ، ދައުލަތުން އެދެނީ ކުރިން ދެއްކި ވާހަކަތަކާއި، ޝަރީއަތުގައި ދެއްކި ވާހަކައިގެ ހުރި ކަންކަމަށް ރިއާޔަތްކޮށް މަފާޒް ބަންދުކޮށްދިނުމަށެވެ.

މީގެ އިތުރުން މަފާޒުގެ ފަރާތުން ދިފާއީ ވަކީލު ވިދާޅުވީ ވަރަށް ބޮޑަށް ރިއާޔަތްކުރަންޖެހޭ ހާލަތު ބަދަލުވެއްޖެ ކަމަށެވެ. އަދި ދަށު ކޯޓުން ހުކުމް ސާބިތުނުވާ ކަމަށާއި، އަދި 3 މަސް ވެގެން ދިޔައިރު އޭނާގެ ރެކޯޑެއް ނެތް ކަމަަށާއި، ހާލަތު ބަދަލުވެފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ކުށްވެރިވެއްޖެކަމަށް ކަނޑަނޭޅޭހާހިނދަކު އޭނާއަކީ ކުށްވެރިއެއްކަމަށް ދައުލަތުން ބެލުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ދޫކޮށްލާފައި ބަހައްޓަން ވަނީ އެދިފައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ވިދާޅުވަމުންނެވެ.

މުހައްމަދު މަފާޒު ހުސައިން ސަލީމްހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު