Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްކާތެރިކަން ބޭނުންވާ ފަރާތްތައް

ރައްކާތެރިކަން ބޭނުންވާ 10 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފި

ޤާނޫނީ އެހީތެރިކަން ބޭނުންވާ 6 އަންހެނަކާއި ސިއްޙީ ޚިދުމަތް ހޯދުމުގައި އިދާރީގޮތުން ގޮންޖެހުންތަކެއް ހުރެ އެހީތެރިކަމަށް އެދުނު 3 އަންހެނަކަށް ވަނީ އެހީތެރިކަން ދީފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޖޫން 2024 | އާދީއްތަ 05:01
ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ދިނުން

ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ދިނުން

އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅާ "އަޅާލުން" ކެމްޕޭންގެ ދަށުން މިހާތަކަށް ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ 10 ފަރާތަކަށް ބްރިޖިންގ ދަ ކޮމިއުނިޓީސް އޮފް ދަ މޯލްޑިވްސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޤާނޫނީ އެހީތެރިކަން ބޭނުންވާ 6 އަންހެނަކާއި ޞިއްޙީ ޚިދުމަތް ހޯދުމުގައި އިދާރީގޮތުން ގޮންޖެހުންތަކެއް ހުރެ އެހީތެރިކަމަށް އެދުނު 3 އަންހެނަކާއި ނުކުޅެދުންތެރިކަން ހުރި ކުޑަ ކުއްޖެކެވެ. އެ ގޮތުން ޤާނޫނީ އެހީތެރިކަން ބޭނުންވާ 6 އަންހެނުންގެ ތެރެއިން 2 އަންހެނަކަށް ޝަރުޢީ މަރުޙަލާގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. އަދި 4 އަންހެނަކަށް ޤާނޫނީ ލަފާ ފޯރުކޮށްދެވިފައިވެއެވެ. މި 6 މައްސަލައިގައި ހިމެނެނީ ގެވެށި އަނިޔާއާއި ވަރި އަދި ޙަޟާނާތާ ގުޅުންހުރި މައްސަލަތަކެވެ.

Advertisement - newsAdvertisement

"އަޅާލުން" ކެމްޕޭނަކީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރު އިފުތިތާހުކޮށްދެއްވި ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ބްރިޖިންގ ދަ ކޮމިއުނިޓީސް އޮފް މޯލްޑިވްސްގެ އެހީތެރިކަމަށް އެދޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ، އަނިޔާ ލިބެމުންދާ އަދި ރައްކާތެރިކަން ބޭނުންވާ އަންހެނުންނަށް އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހިލޭ ހަމަޖައްސައިދިނުމާއި، ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމާއި، ކައުންސިލިންގގެ ޚިދުމަތް ހިލޭ ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި މީގެ އިތުރުން ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަސައްކަތްތަކެއް ވެސް ކުރެވިފައިވެއެވެ. އެ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމުގައިވާ އެކްސްއާއި، ފޭސްބުކް އަދި އިންސްޓަރގްރާމް މެދުވެރިކޮށް ގަވާއިދުން މަޢުލޫމާތު ޙިއްޞާކުރުމާއި، ޓީވީ އަދި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސްމުނު މަހާވަރް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2024

ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު

06 ޑިސެމްބަރު 2024
ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
14 ޖެނުއަރީ 2023

އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި

14 ޖެނުއަރީ 2023
އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި
15 ޖެނުއަރީ 2022

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް ޖަމްއިއްޔާ އިފްތިތާހުކޮށްފި

15 ޖެނުއަރީ 2022
ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް ޖަމްއިއްޔާ އިފްތިތާހުކޮށްފި
17 ނޮވެމްބަރު 2021

އިންޑިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

17 ނޮވެމްބަރު 2021
އިންޑިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު