Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮބީގެ މަރުގެ މައްސަލަ

ބޮބީގެ މަރުގެ މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ނުފެށުނު

މަރުގެ ހުކުމް އިއްވާފައިވަނީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޖޫން 2024 | ބުރާސްފަތި 14:51
ބޮބީގެ މަރުގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ދެމީހުން ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުމުގައި

ބޮބީގެ މަރުގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ދެމީހުން ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުމުގައި

މީގެ 12 އަހަރު ކުރިން، ފިނޭންސް މިނިސްޓްރީ ކުރިމަތީ ގޯޅިގަނޑު ތެރޭގައި އަބްދުލް މުހީތު (ބޮބީ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، އެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތި ދުވަހު ހައިކޯޓުގައި ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.

ގުރޫޕަކުން ހިންގި މި ނުރައްކާތެރި ކުށުގެ މައްސަލާގައި، ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށް މަރުގެ ހުކުމް އިއްވީ މެއި 2019، ގަ އެވެ.

Advertisement - newsAdvertisement

މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު އަބްދުލް މާނިއު ހުސައިން، އިސްފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ. މި މައްސަލައިގައި ދެ ގަޒިއްޔާގެ އިސްތިއުނާފު ރައްދުވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އިސްތިއުނާފު ހުށަހެޅުމަށް ފުރުސަތު ދިނުމުން ދިފާއީ ވަކީލު ވިދާޅުވީ، އިސްތިއުނާފު ފޯމުގައި ހުރި ކަންކަން ހުށަހެޅުމުގެ ކުރިއަށް ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ ށ ގެ ދަށުން ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާކަމަށެވެ. އެއީ މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފު ފޯމްތައް އިސްލާހުކުރުމުގެ ފުރުސަތެކެވެ. އަދި އެގޮތަށް އެދިފައިވާ ސަބަބަކީ، މައިމޫން އަދި މުހުޖަތު އާއި މަޝްވަރާކުރުމެއް ނެތި، އެ ދެމީހުންގެ ބަހެއް ނެތި އިސްތިއުނާފުގެ ފޯމްތައް ހުށަހެޅިފައިވާކަން މުވައްކިލުންނާއިއެކު ކުރެވުނު މަޝްވަރާއިން އެނގިގެން ގޮސްފައިވާތީއެވެ.

މީގެ އިތުރުން، އިސްތިއުނާފީ ނުކުތާތައް ވެސް ހިއްސާކުރެވިފައި ނުވާތީ ކަމަށާއި، އެދެމީހުންނަށް އެކަމާއި ގުޅޭގޮތުން ބަހެއް ބުނުމަށް ނުވަތަ އިސްތިއުނާފީ ދާއިރާ ފުޅާކުރުމަށްވެސް ނުވަތަ ހަނިކުރުމަށްވެސް އެއްވެސް ލަފައެއް ލިބިފައި ނުވާތީ ކަމަށެވެ. އަދި އެ ދެމީހުންވެސް އެދެނީ ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައިވާ ގޮތަށް މިހާރު ހުށަހެޅިފައިވާ މިންވަރަށްވުރެ ފުޅާކޮށް މައްސަލައިގެ ވާގީ އަދި ގާނޫނީ އެންމެހާ ނިންމުންތައް އެދެމީހުންގެ ފަރާތުން ޗެލެންޖް ކުރަން އެދޭތީ އެ އުސޫލުން މައްސަލަ ދިރާސާކުރުމަށްފަހު ފޯމަށް އިސްލާހު ގެނައުމުގެ ފުރުސަތަކަށް އެދޭކަމަށް ދިފާއީ ވަކީލު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިފާއީ ވަކީލު ވިދާޅުވީ، އެދެމީހުންނަކީ މަރުގެ އަދަބު ކަނޑައަޅާފައިވާ ފަރާތްތަކެއްކަމަށްވާތީ، ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގައި ބުނާގޮތަށް މަތީ ކޯޓަކުން އެކަން ރިވިއުކުރުމަކީ ހާސިލްކުރަން ބޭނުންވާ ކަންތައްކަމުގައެވެ. އަދި މި މައްސަލައަކީ 2019 ވަނަ އަހަަރު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކަށްވުމާއެކު، މިހާ ދުވަސްވެފައިވާ މައްސަލައެއްގައި ކަންބޮޑުވުންތަކެއް ފަނޑިޔާރުން ހުންނަވާނެކަމަށާއި، އެހެންނަމަވެސް މި ހިނގާ މަރުހަލާއަކީ ދިފާއުގެ ފުރާނައާއި މެދު ގޮތެއް ކަނޑައެޅިގެންދާނެ މަރުހަލާތަކެއް ކަމަށެވެ.

އަދި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުވެގެން ނުދިޔަކަމުގައިވީނަމަވެސް، އަދަބުގެ ނަތީޖާއަކީ 99 އަހަރަށް ޖަލުގައި ހޭދަކުރުން ކަަމަށްވާއިރު، އަދުލު އިންސާފު އެންމެ ރަނގަޅު މިންވަރަށް ލިބިގެންދިޔުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދިފާއީ ވަކީލު ވިދާޅުވިއެވެ. އަދި އިސްތިއުނާފު ހުށަހެޅި އިރު، ބަންދުގައި ހުރިތަނަށް އެއިރުގެ ވަކީލުން ވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން މުއްދަތެއް ދެއްވާ އެ މުއްދަތުގެ ތެރޭގައި ކަންކަން ސާފުކޮށް ހުށަހަޅާނެ ކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލު ވިދާޅުވީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމަކަށްވާއިރު، އެ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުންނަމަ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހެއް އޮތުން ލާޒިމް ނޫން ކަމަށެވެ.

އެހެންކަމުން އެކަމުގައި ދައުލަތުން ދަންނަވާނެ އެއްޗެއް ނެތް ކަމަށެވެ. ދައުލަތުގެ ވަކީލުގެ ވާހަކައާއި ގުޅިގެން އިސްފަނޑިޔާރު ވިދާޅުވީ ލާޒިމް ކަމުގައި ނޫން ނަމަވެސް އެއްޗެއް ދެންނެވިދާނެ ކަމަށެވެ.

އިސް ފަނޑިޔާރުގެ ވާހަކައާއި ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރިގޮތަށް މައްސަލައިގެ ހާދިސާ ހިނގިފަހުން އަދި މައްސަލައިގެ އިސްތިއުނާފު 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު، އޭގެ ފަހުން ބައެއް ގާނޫނުތަކަށް ގެނެވިފައިވާ ބަދަލުތައް، ވަކިން ހާއްސަކޮށް ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ ބައެއް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2023 ވަނަ އަހަރުގެ 59 ނަންބަރު ގަޒިއްޔާއިން ބާތިލްކުރައްވާފައި އޮތް މައްސަލައަށް ރިއާޔަތްކުރާއިރު، އިސްތިއުނާފު އަލުން ހުށަހެޅުމާއި މެދު ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށެވެ.

މީގެ އިތުރުން އަޑުއެހުމުގެ ކުރިން އިސްލާހު ހުށަނޭޅި ކީއްވެގެންތޯ ފަނޑިޔާރު ފާތިމަތު ފަރުހީޒާ ކުރެއްވި ސުވާލުގެ ޖަވާބުގައި ދިފާއީ ވަކީލު ވިދާޅުވީ އެ ރިވިއު ފަށާފައިވާ ކަމަށާއި، ނުކުތާތައް މުވައްކިލުންނާއި މަޝްވަރާކުރުމަށްފަހު ކޯޓަށް ހުށަހެޅުމަށް ނިންމި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ފަނޑިޔާރު ފަރުހީޒާ ވަނީ ހުށަހެޅުން ނޭނގި، އިސްލާހު ނޭނގި އިސްލާހަށް ފުރުސަތު ދޭނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.

ދިފާއުން ބުނެފައިވަނީ އަޑުއެހުމަށް އެންމެ ފުރިހަމަ ނަތީޖާއެއް ނެރުމަށް ދަތިތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި، އަދި ފަނޑިޔާރުން އެދިލައްވާނަމަ ހުށަހެޅުންތައް ކަރުދާހަށް ތިރިކޮށް ހުށަހެޅިދާނެ ކަމަށާއި، އެކަމަށް 14 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ.

މީގެ އިތުރުންވެސް ވަކީލުން ބަދަލުވި މަރުހަލާއާއި، އިސްތިއުނާފީ ނުކުތާތަކާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް ވަނީ ދިފާއީވަކީލާއި ކުރައްވާފައެވެ.

އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފު އިސްލާހުކުރުމުގެ ހުއްދައަކަށް އެދިފައިވާއިރު، އެދިފައިވާ މާއްދާގެ ދަށުން އިސްތިއުނާފު ފޯމް އިސްލާހުކުރުމުގެ ހުއްދަ ދިނުމަކީ އެ މާއްދާ ތަސައްވުރުކުރާ ކަމެއް ނޫން ކަމަށާއި، ކޯޓުން އެފަދަ ހުއްދައެއް ދީފިނަމަ ނުވަތަ ވަކި މުއްދަތެއް ދީފަ އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދިނުން އެއީ ކުރެވެން އޮތްކަމެއް ކަމަށް ނުފެންނާތީ އެ ހުއްދަ ދެވެން ނެތްކަމަށް އިސްފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ބުރާސްފަތި ދުވަހުގައި ދެކެވުނު ވާހަކައަށް ބަލާއިރު އިސްތިއުނާފު ހުށަހެޅި ފަރާތުން އިސްތިއުނާފުކުރަން ތައްޔާރަށް ތިބިކަމަށް ނުފެންނާތީ އެހެން ދުވަހަކަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

އަދި އިސްތިއުނާފު ހުށަހަޅާއިރު ނުވަތަ އޭގެ ކުރިން އިސްލާހެއް ހުށަހެޅުމުން ގަވާއިދުގެ މަތިން އެކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ. ދެން ބާއްވާ އަޑުއެހުމަށް އިސްތިއުނާފު ހުށަހެޅުމަށް ތައްޔާރުވެވަޑައިގެން ވަޑައިގެންނެވުމަށް އިސްފަނޑިޔާރު ވަނީ އަންގަވާފައެވެ.

ބޮބީގެ މަރުގެ މައްސަލަހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު