Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަހީނުކުރި މައްސަލަ

ރަހީނުކުރި މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ބުނީ އެކަންކުރީ އެ ނަން ކިޔާ އެހެން މީހަކު ކަމަށް

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ޖޫން 2024 | ބުދަ 13:58
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓި މައްސަލައިގައި ހިމެނޭ ބަންގުލަދޭޝްގެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ 35 އަހަރުގެ ޝަމީމް މިއާ ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ. އަދި ބަންދުގެ މުއްދަތަށް ދީފައިވަނީ 15 ދުވަހެވެ.

Advertisement - newsAdvertisement

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން މައްސަލައިގައި ފުރިހަމަވާކަމަށް ފެންނާތީއެވެ.

ބަންދު އަޑުއެހުމުގައި ޝަމީމް މިއާ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި ރޫމްގެ ޑަބަލް ކީ އޭނާ އަތުގައި އޮންނަންޖެހުނު ސަބަބު އޭނާގެ ފަރާތުން ވަކީލު ތަފްސީލުކޮށްދީފައިވެއެވެ. އަދި ގަދަކަމުން ހިފަހައްޓާފައިވާ މީހާ ހިފެހެއްޓުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކުރެވެނީވެސް 'ޝަމީމް މިއާ' ނަމަކަށް ކިޔާ މީހަކަށް ކަމަށާއި، އެއީ ހިފެހެއްޓުނު މީހާއާއި އެއްތަނެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، މި މައްސަލައިގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެފައިވެއެވެ.

ސީނުގައި ފުލުހުން ކުރި ސުވާލުތަކަށް އޭނާ ދިން ޖަވާބުން، އޭނާއަށް އެ ގެސްޓްހައުސްގެ ކޮޓަރީގައި މީހަކު ގަދަކަމުން ހިފަހައްޓާފައި ހުރިކަން އެނގޭކަމަށް އައިއޯ ފާހަގަކުރިއެވެ. އަދި މީނާއަކީ ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ މީހެއް ކަމަށް އައިއޯ ފާހަގަކުރި އިރު ދިފާއުންވެސް އެކަމާއި އިންކާރު ނުކުރެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު