ކ. މާލެ
|
5 ޖޫން 2024 | ބުދަ 16:05
އިންޑިއާގެ ބޮޑުވަޒީރު މޯދީ
އިންޑިއާގެ ބޮޑުވަޒީރު މޯދީ
ޑީއެންއޭ އިންޑިއާ
އިންޑިއާގެ ބޮޑުވަޒީރު މޯދީ
އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
ބޮޑުވަޒީރު އިސްތިއުފާ ދެއްވީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކްސަބާ އުވާލުމަށް މޯދީގެ ކެބިނެޓުން އެމަނިކުފާނަށް ލަފާ އެރުވުމާ ގުޅިގެން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރުގެ އިސްތިއުފާ ހުށަހެޅުއްވީ އިންޑިއާގެ ރައީސް ދުރުޕާދީ މުރުމޫ އަށް އެކަމަނާގެ ރަސްމީ ގެ ރާސްތްރަޕަތީ ބަވަންގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ބޮޑުވަޒީރު އިސްތިއުފާ ދެއްވީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ - ލޮކްސަބާ އުވާލުމަށް މޯދީގެ ކެބިނެޓުން އެމަނިކުފާނަށް ލަފާ އެރުވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވީ އިންޑިއާގެ އާއްމު އިންތިޚާބުގެ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރުމާ އެކު ބޮޑުވަޒީރު ކަމުގެ 3 ވަނަ ދައުރެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަން ޔަގީން ވެފައި ވަނިކޮށްނެވެ.

މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބީޖޭޕީ އަށް މަޖިލީހުގެ ފުރިހަމަ އަގްލަބިއްޔަތު އިންތިޚާބުގައި ނުލިބުނު ނަމަވެސް ބީޖޭޕީ ހިމެނޭ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން މޯދީގެ އިތުރު ދައުރަކަށް ތާއީދު ކުރާކަން ވަނީ ހާމަކޮށްފައެވެ.

މޯދީ ބޮޑުވަޒީރު ކަމުގެ 3 ވަނަ ދައުރު ޖޫން މަހުގެ 8 ވަނަ ދުވަހު ފައްޓަވާއިރު 2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ކަމަށް މޯދީ ވަޑައިގެންނެވި ފަހުން މި ފާއިތުވި 10 އަހަރުގެ ތެރޭގައި އިންޑިއާގެ ސިޔާސީ މަސްރަހުގައި އެންމެ ނުފޫޒް ގަދަ ފަރާތެއްގެ ގޮތުގައި ފެންނަމުން ދަނީ މޯދީ ކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް