Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޖީ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ

ޕީޖީ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާޙްކޮށްފި

ނިއުސްލެޓަރއެއް ނެރެންފެށި މަޤްޞަދަކީ ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް ދާއިރާގެ ފަންނީ ބޭފުޅުންނަށް ދުވަހުން ދުވަހަށް ފެންނާނެގޮތް ހެދުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޖޫން 2024 | އަންގާރަ 14:23
ޕީޖީ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" ޕީޖީ ޝަމީމް އިފްތިތާހުކޮށްދެއްވަނީ

ޕީޖީ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" ޕީޖީ ޝަމީމް އިފްތިތާހުކޮށްދެއްވަނީ

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާޙްކޮށްފިއެވެ.

މިއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރެން ފެށި ދެވަނަ ނިއުސްލެޓަރއެވެ. "ނިޔާވެހި" ނިއުސްލެޓަރއަކީ އިޖުތިމާއީ ޚިދުމަތުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނަށް އަމާޒުކޮށް ނެރެންފެށި ނިއުސްލެޓަރއެކެވެ.

Advertisement - newsAdvertisement

ވިކްޓިމް ސަޕޯޓަށް ޚާއްޞަކޮށް މި އޮފީހުން ނިއުސްލެޓަރއެއް ނެރެންފެށި މަޤްސަދަކީ ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް ދާއިރާގެ ފަންނީ ބޭފުޅުންނަށް ދުވަހުން ދުވަހަށް ފެންނާނެގޮތް ހެދުމެވެ. އެގޮތުން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތަކާއި، ކޯޓުތަކުން ނިންމަވާ ނިންމެވުންތަކުން ކަނޑައެޅޭ އުސޫލުތަކާއި، އެ ކަހަލަ މައްސަލަތަކުގައި މި އޮފީހުން އަމަލުކުރާ އުސޫލުތަކަށް އަންނަ ބަދަލުތައް މި ނިއުސްލެޓަރގައި ޝާއިޢުކުރެވޭނެއެވެ.

"ނިޔާވެހި" ނެރުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކު އެއްފަހަރުއެވެ.

ވިކްޓިމް ސަޕޯޓް ދާއިރާއަކީ، އިޖްތިމާއީ ޚިދުމަތްތެރިންގެ ދާއިރާއާއި، ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި، ޤާނޫނީ ނިޒާމާ ގުޅޭ ހިސާބެއްގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން ހިމެނޭ ދާއިރާއެކެވެ.  

މި އޮފީހުގެ އަމާޒަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ވިކްޓިމް ސަޕޯޓް ދާއިރާގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނަކީ، މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއްދޭ ބަޔަކަށް ހެދުމުވެ. އެކަން ކުރުމަށްޓަކައި މި ދާއިރާއަށް އަންނަ ބަދަލުތަކަށް ފަންނީ ބޭފުޅުން އަހުލުވެރިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.  

މިސާލަކަށް، ކުޑަކުދިން ޢަދުލުގެ ނިޒާމާގުޅޭ މުހިންމު ގަވާއިދެއް އަލަށް އެކުލަވާލައިފިނަމަ، ނުވަތަ ސުޕްރީމް ކޯޓުގެ ނިންމެވުމަކުން މިހާރު ޢަމަލުކުރަމުންދާ އުސޫލަކަށް ބަދަލު ގެންނަވައިފިނަމަ، އެކަމެއްގެ މައުލޫމާތު، މިދާއިރާގައި މަސައްކަތްކުރާ އެންމެންނަށް އެއް ގޮތަކަށް ލިބިފައި އޮތުމަކީ މުހިންމު ކަމެކެވެ. އެއީ ވިކްޓިމަށް އިންސާފު ހޯދައިދިނުމަށް، އެންމެން އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހޭނެތީއެވެ.

މި ދާއިރާގެ ކަންކަމާބެހޭ މަޢުލޫމާތު ހިމެނޭ ރަސްމީ ނިއުސްލެޓަރއެއް ނުވަތަ އެނޫންވެސް ޕަބްލިކޭޝަނެއް މިވަގުތަކު ނެތެވެ. މިއީ، މި މަސައްކަތްކުރައްވާ ބޭފުޅުންނަށް އޮތް ހުސްކަމެކެވެ. "ނިޔާވެހި" ނިއުސްލެޓަރއަކީ މި ހުސްކަން ފިލުވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމުގެ އިސްނެންގެވުމަކަށް ކުރާ މަސައްކަތެކެވެ. މި ނިއުސްލެޓަރގައި ލިޔުމުގެ ފުރުސަތު މި ދާއިރާގެ ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފައެވެ.

"ނިޔާވެހި" ގެ ފުރަތަމަ އަދަދު ނެރެފައިވާއިރު، ކޮންމެ މަހަކު އެއްފަހަރު މި ނިއުސްލެޓަރގެ މުޅިން އައު ޢަދަދެއް ނެރެން ވަނީ ނިންމާފައެވެ. ޕީޖީ އޮފީހުގެ އަމާޒަކީ ކުރިއަށްއޮތް ތަނުގައި ސަބްސްކްރިޕްޝަން ބޭސްޑް ނިއުސްލެޓަރއަކަށް މި ނިއުސްލެޓަރ ބަދަލުކުރުމެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި

26 ފެބުރުއަރީ 2017
ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު