Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޯތި ހަވާލުކުރަން ލާޒިމްކުރާ ބިލު

ގޯތި ހަވާލުކުރަން ލާޒިމްކުރާ ބިލު ބޭރުކޮށްލައިފި

ބިލް ފާސްކުރަން ނުފެންނަ ކަމަށް 76 މެންބަރުން ވޯޓުދެއްވާފައިވާތީ ބިލް މަޖިލީހުން ބޭރުވީ ކަމަށް ރިޔާސަތުން ވަނީ އިޢުލާން ކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ޖޫން 2024 | އަންގާރަ 10:25
20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން

20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާނުކޮށް ހުރި ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ނިމިދިޔަ ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ)ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިސްލާހް ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ އާއި މެދު މަޖިލީހުން އަންގާރަ ދުވަހު ނިންމާފައި ވަނީ އެ ބިލުގެ މަސައްކަތް އެއް ގޮތަކަށް ކުރިއަށް ނުގެންދިއުމަށެވެ.

Advertisement - newsAdvertisement

އެ ބިލު އަނބުރާ ކޮމިޓީ އަށް ފޮނުވައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު މަޖިލީހަށް ލިބިގެންވީ ނަމަވެސް އެ ގޮތަށް ޢަމަލުކޮށްފައެއް ނުވެއެވެ.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރި އިދާރާއަކުން އެ ގޯއްޗެއް ލިބުނު މީހުންނަށް ގޯތި ހަވާލުކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 29 އެޕްރިލް 2024ގައެވެ. އެ ބިލު ހުށަހަޅުއްވާފައި ވަނީ މެމްބަރު މީކާއިލް ނަސީމެވެ. ކޮމިޓީން ގެނައި އިސްލާހުތަކާއެކު މި ބިލް މަޖިލީހުން ފާސްވެފައިވަނީ 35 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް ރައީސް ވަނީ އެ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލައްވާފައެވެ. އަންގާރަ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ ފޮނުވާލައްވާފައިވާ ސަބަބު ހާމަކުރައްވާ ފޮނުއްވި ސިޓީ މަޖިލީހަށް އިއްވަވާފައިވެއެވެ.

އެމްޑީޕީ އިން އަންގާރަ ދުވަހު މަޖިލީހުގައި ހުށަހަޅާފައި ވަނީ ބިލް ކޮމިޓީއަށް ފޮނުވައި އަލުން ދިސާރާކުރުމަށެވެ. އެހެންނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މި މަޖިލީހުން އެ ހުށަހެޅުން ފާސްކޮށްފައެއް ނުވެއެވެ. ބިލް ކޮމިޓީއަށް ފޮނުވައިގެން، ބިލްގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ދެކޮޅަށް 75 ވޯޓް ވަނީ ލިބިފައެވެ. އެ މަސައްކަތް ކުރުމާއި އެއްކޮޅަށް ލިބުނީ 12 ވޯޓްއެވެ.

ރިޔާސަތުން ވަނީ އޭގެ ފަހުން ބިލު އަނބުރާ ފޮނުވާލެއްވި އިރު އޮތް ގޮތަށް ފާސްކުރުމަށް ވޯޓު ނަގާފައެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް 76 މެންބަރުން ވޯޓުދެއްވާފައިވާތީ ބިލް މަޖިލީހުން ބޭރުވީ ކަމަށް ރިޔާސަތުން ވަނީ އިޢުލާންކުރައްވާފައެވެ.

މީކާއިލް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓް ސަރުކާރުން ގެޒެޓްކުރާތާ ތިން މަސް ދުވަސް ތެރޭ އެ ގޯތި ލިބޭ ފަރާތްތަކާ ރަޖިސްޓްރީ ހަވާލުކުރަން ޖެހެއެވެ.

އަދި އެ އިސްލާހު ގެނައި ބޭނުމަކީ އެމްޑީޕީގެ ވެރިކަމުގައި ބިން ވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ލިސްޓާ އެއްގޮތަށް ގޯތި ދިނުމަށް ސަރުކާރަށް ލާޒިމްކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރީ ޤާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހުށައެޅުމުން މައްސަލަ ބޭރުކޮށްލައިފި

11 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރީ ޤާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހުށައެޅުމުން މައްސަލަ ބޭރުކޮށްލައިފި
10 އެޕްރީލު 2017

ގާސިމް ޖަލްސާ އަށް ނުގެންނަ މައްސަލަ އާއި ހައްޔަރުކުރުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ރިޔާސަތުން ބޭރުކޮށްލައިފި

10 އެޕްރީލު 2017
ގާސިމް ޖަލްސާ އަށް ނުގެންނަ މައްސަލަ އާއި ހައްޔަރުކުރުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ރިޔާސަތުން ބޭރުކޮށްލައިފި
09 އެޕްރީލު 2017

ޤާސިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި

09 އެޕްރީލު 2017
ޤާސިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި
31 މާރިޗު 2017

މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ

31 މާރިޗު 2017
މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ
28 މާރިޗު 2017

ޕޮލިހަށް ހާޒިރުކުރީ ސަރުކާރު މާފިއާ ގޭންގަކާ ހަވާލުކުރަން ބޭނުން ނުވާ ކަމަށް ބުނުމުން:ރިޔާޒު

28 މާރިޗު 2017
 ޕޮލިހަށް ހާޒިރުކުރީ ސަރުކާރު މާފިއާ ގޭންގަކާ ހަވާލުކުރަން ބޭނުން ނުވާ ކަމަށް ބުނުމުން:ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު