Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސަގެ މަރު

ސައްމާހު ބަންދު ނުކުރުމުން އަނެއްކާވެސް ޕީޖީން ސުޕްރީމް ކޯޓަށް

އިސްތިއުނާފަށް ހުށަހަޅާނީ އާދީއްތަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ޖޫން 2024 | އާދީއްތަ 10:44
އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ

އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އޭނާ ބަންދުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމާ، އާދީއްތަ ދުވަހު އިސްތިއުނާފު ހުށަހަޅާނެ ކަމަށެވެ. މިއީ ސައްމާހު ބަންދުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ދެވަނަ ފަހަރެވެ.

Advertisement - newsAdvertisement

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އޭނާ ބަންދުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މޫސާ އަހުމަދު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މި މައްސަލައިގައި ކުރި ޙުކުމުގައި ބުނެފައިވަނީ، ސައްމާޙުގެ މައްޗަށް ކޮށްފައިވާ ދައުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށެވެ.

ދައުލަތުން އެ ނިންމުން އިސްތިއުނާފު ކޮށްފައިވާއިރު، ދައުލަތުން ވަނީ މުުޖުތަމައުގެ ސަަލާމަތާއި ރައްކާތެރިކަމަށް ބަލައި ހައިކޯޓުން ގޮތެއް ކަނޑައެޅެންދެން އޭނާ ބަންދުކޮށްދިނުމަށް އެދިފައެވެ.

އަދި އިބްރާހީމް ސައްމާހު އަހުމަދު ފަތުހީގެ ފަރާތުން ވަނީ އޭނާއަކީ މިހާރު ވަޒީފާއެއްގައިވެސް އުޅޭ ފަރާތެއްކަން ފާހަގަކޮށް، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާވާ ގޮތަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައިނުވާކަމަށް ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތާއި ދިފާއުން މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުުމުގައި ވަނީ ވާހަކަ ދައްކަވާފައެވެ. މި އަޑުއެހުމުގައި ފަނޑިޔާރުންވެސް ވަނީ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ, ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ.

ސައްމާހުގެ މައްޗަށް ދައުވާކުރާ، ގަސްތުމަރުގެ މައްސަލައަކީ ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅި، ފަހުން ސުޕްރީމް ކޯޓުގެ ނިންމުމާއެކު އަލުން އެ ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. އެގޮތުން މި މައްސަލަ ނުބެލޭނެކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމާފައި ވަނިކޮށް، މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގީއެވެ.

މީގެ އިތުރުން، އިބްރާހީމް ސައްމާހު އަހުމަދު ފަތުހީއާއި، ސ. ހިތަދޫ ގުލްބަކާގޭ، މުހައްމަދު ނާޒިޝް ނާޒިމްގެ މައްޗަށް ކުރި މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާވެސް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. 

ސައްމާހު ބަންދު ނުކުރުމަށް އަމުރު އިއްވީ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު މާނިއު އަދި ފަނޑިޔާރު ފައިސަލް ތާއީދު ކުރެއްވި ގޮތެވެ.

ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ފާހަގަކުރެވިފައިވާ ކަންކަމުގެ އަލީގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ހިމެނޭ ކަންތައްތަކަށް ރިއާޔަތްކޮށް މަުޖްތަމައުގެ ސަލާމަތާ ނުރައްކަލެއް އޮތްކަމަށް ބަލައި ސައްމާހު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފެންނަ ކަމަށް ވިދާޅުވެފައިވެއެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔުގައި ވިދާޅުވެފައިވަނީ ސައްމާހު ކުށެއްގެ ތުހުމަތުގައިވާ މީހެއްކަމަށް ނުބެލެވޭކަމުން، އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ފަދަ ޙާލަތެއް އޮތްކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ ރައުޔުގައި ވިދާޅުވެފައިވަނީ ސައްމާހުގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ޙުކުމްކޮށްފައި ކަމަށެވެ. އަދި އެ ޙުކުމާއެކު ސައްމާހު ބަންދުން ދޫވުމުން މިހާރު އޭނާއަކީ ވަޒީފާއެއް ހޯދައިގެން އެ ވަޒީފާ އަދާކުރާ މީހެއް ކަމަށާއި، މަތީ ތައުލީމު ހާސިލުކުރުމަށްޓަކައި ކޮލެޖަކުން ކޯހެއް ހޯދައި، ފީ ދައްކާފައިވާކަމުގެ ލިޔެކިއުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދޫކޮށްލާފައި މިވީ މުއްދަތުގައި މުޖުތަމައަށް ނުރައްކާވެދާފަދަ އެއްވެސް ކަމެއް ކުރިކަމުގެ ނުވަތަ ކުރަން އުޅުނުކަމުގެ އެއްވެސް ތުހުމަތެއް ކުރެވިފައިވާ ކަމަށް ދައުލަތުން ފާހަގަނުކުރާ ކަމަށެވެ. މީގެ އިތުރުން ދައުވާ ކޮށްފައިވާ ކުށް ފިޔަވައި ކުށުގެ އެހެން ރެކޯޑެއް ވެސް އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ ނެތްކަން ދައުލަތުގެ ބަހުން އެނގޭ ކަމަށް ފަނޑިޔާރު އަބްދުލްމާނިއުގެ ރައުޔުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ބަދަލުވެފައިވާ މި ހާލަތްތައް މިގޮތުގެ މަތިން ހުރިއިރު، ތުހުމަތު ކުރެވޭ ކުށުގެ ބާވަތާއި ކުށްކުރިކަމަށް ތުހުމަތުކުރެވޭ ގޮތާގުޅޭ ކަންތައްތަކެއް ފިޔަވައި، އިސްތިއުނާފު ނިމެންދެން ސައްމާހު މުޖުތަމައަށް ދޫވެފައި ހުރެގެން، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލަން ޖެހޭ އެއްވެސް އެހެން އިތުރު ސަބަބެއް ދައުލަތަށް ނުދެއްކޭ މި ހާލަތުގައި، ސައްމާހު ބަންދުގައި ބަހައްޓަން ޖެހޭފަދަ، ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައި އޮތްކަމަށް އެއްބަސްނުވެވޭކަމަށް ވިދާޅުވެފައިވެއެވެ.

މިއާއެކު ހައިކޯޓުގގެ ނިންމުގައި ބުނެފައިވަނީ އިސްތިއުނާފީ މަރުހަލާގެ ޝަރީއަތް ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ގާނޫނޫ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކަނޑައަޅާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު