ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 14:15
އިންޑިއާގެ އާއްމު އިންތިޚާބުގައި ވޯޓުލާން ބަޔަކު ކިއުގައި
އިންޑިއާގެ އާއްމު އިންތިޚާބުގައި ވޯޓުލާން ބަޔަކު ކިއުގައި
އަލް- ޖަޒީރާ
އިންޑިއާގެ އާއްމު އިންތިޚާބު 2024
އިންޑިއާގެ އާއްމު އިންތިޚާބުގެ ފަހު ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ
މި ބުރުގައި ވޯޓުލަނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާގެ 57 ގޮނޑިއަކަށް މެމްބަރުން އިންތިޚާބު ކުރުމަށް

އޭޕްރީލް މަހު ފެށުނު އިންޑިއާގެ އާއްމު އިންތިޚާބުގެ ވޯޓުލުމުގެ އެންމެ ފަހު ބުރު ކަމަށްވާ 7 ވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު ފެށިއްޖެއެވެ.

މި ބުރުގައި ވޯޓުލަނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާގެ 57 ގޮނޑިއަކަށް މެމްބަރުން އިންތިޚާބު ކުރުމަށެވެ. މި 57 ގޮނޑިއަށް 904 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

އިންތިޚާބުގެ ވާދަވެރިކަން އުފެދިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް 3 ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމަށް އުއްމީދު ކުރައްވާ މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބަހާރަތިޔާ ޖަނަތާ ޕާޓީ އިސްވެ ހަރަކާތްތެރިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސާއި އިންޑިއަން ނޭޝަނަލް ކޮންގްރެސް އިސްވެ ހަރަކާތްތެރިވާ ނޭޝަނަލް ޑިވެލޮޕްމެންޓަލް އެލަޔަންސް އާ ދެމެދުގައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހަރަކާތުގެ ގޮތުގައި ބެލޭ އިންޑިއާގެ މި އާއްމު އިންތިޚާބުގައި 969 މިލިއަން މީހުން ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވެއެވެ. ލޮކް ސަބާ އަށް އިންތިޚާބު ކުރާނީ 543 މެމްބަރުންނެވެ.

ވޯޓު ގުނުން އޮންނާނީ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ.

- ކޮމެންޓް