Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާލެ މަޝްރޫޢު

ރައީސް ވިދާޅުވި ގޮތަށް 8 މަސްތެރޭގައި ރަސްމާލެ ހިއްކާ ނުނިމޭނެ ކަން ސަރުކާރުން ހާމަކޮށްފި

ރަސްމާލެ ހިއްކުމުގެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިންގާ އެންމެ ބިޔަ މަޝްރޫއުކަމަށް މިނިސްޓަރ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 މެއި 2024 | ބުރާސްފަތި 13:18
ފުށިދިއްގަރު ފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުށިދިއްގަރު ފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވާ ގޮތަށް ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފެށިތާ 8 މަސް ދުވަހުގެ ތެރޭގައި ނުނިމޭނެކަން ސަރުކާރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިންގާ އެންމެ ބިޔަ މަޝްރޫއުކަމަށް ސިފަކުރައްވާފައެވެ. އެ މަޝްރޫއު އަށް މަސްދުވަހުގެ ތެރޭގައި ނިންމައިނުލެވޭނެ ކަމަށާއި، އެހެންކަމުން އެ މަޝްރޫޢު އާއި މެދު ސަރުކާރުން އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ކުރިން ސަރުކާރުން ނިންމާފައި ވަނީ އެ މަޝްރޫއަށް ޚަރަދުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމުގެ ބަދަލުގައި 70 ހެކްޓަރުގެ ބިން އެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަށް ދީގެން އެ މަސައްކަތް ނިންމުމަށެވެ. އެގޮތުން ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި ރަސްމާލެ މަޝްރޫއިން 60 ހެކްޓަރުގެ ބިން އެ މަޝްރޫޢުގެ މަސައްކަތް ކުރާ ކުންފުންޏަށް ދޭން ނިންމިއެވެ. މިނިސްޓަރު ވަނީ އެއީ ސަރުކާރަށް ލޯނު ނެގުމަކާ ނުލާ ބޮޑު ދަރަންޏެއް ނެތި އެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގެއް ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެގޮތަށް މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ދައުލަތަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 1،000 ހެކްޓަރުގެ ބިން ޖުމްލަ 70 ހެކްޓަރުގެ ބިން ދީގެން ލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތް ލަސްވާ ސަބަބާއި ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ މަސައްކަތް ލަސްވަނީ ކޮންޓްރެކްޓަރ ހުށަހެޅި ގޮތާއި އެއްގޮތަށް ފައިނޭންސް ނުކުރެވޭތީ ކަމަށެވެ. ކޮންޓްރެކްޓަރ މަސައްކަތް ކުރަން ހުށަހެޅި ގޮތަށް މަސައްކަތް ކުރިއަށް ނުވާތީ ސަރުކާރުން އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ މަޝްރޫޢު ކުރިއަށް ގެންދާނީ އެންމެ ޚަރަދު ކުޑަ، އަވަހަށް މަޝްރޫޢު ނިމޭނެ ގޮތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަސްމާލޭގެ ނަމުގައި ތަރައްޤީކުރާ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކަން ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢޫގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18ގައެވެ. ފުށިދިއްގަރުފަޅު ނުހިއްކި ދިގުލައިގެން ދާއިރު ސަރުކާރުން އެކި ފަހަރު އެ މަޝްރޫޢު އާއި މެދު ދައްކަނީ އެކި ވާހަކައެވެ. އެގޮތުން ތިމާވެއްޓަށް ގެއްލުން ލިބޭތީ މަޝްރޫޢު މަޑު ޖެހުނު ކަމަށް މީގެ ކުރިން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު