Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިޒްރޭލް ޕާސްޕޯޓް މަނާނުކުރާ މައްސަލަ

އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާނުކުރާ ސަބަބު ސަރުކާރުން ހާމައެއްނުކުރި

29 މެއި 2024 | ބުދަ 21:13

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މިހާތަނަށް އެންމެ ބޮޑަށް އަޑު އުފުލަމުން ދަނީ ރާއްޖެއިން

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2024 | ބުދަ 21:13
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވާހަކަދައްކަވަނީ

އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާނުކުރާ ސަބަބު ސަރުކާރުން ހާމަނުކޮށް، ސީދާ ޖަވާބެއް ދިނުމަށް ދެކޮޅު ހަދައިފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މިހާތަނަށް އެންމެ ބޮޑަށް އަޑު އުފުލަމުން ދަނީ ރާއްޖެއިން ކަމަށެވެ. ހީނާ ވިދާޅުވީ ޚާއްސަކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފަލަސްތީނުގައި ހިންގަމުންދާ އުދުވާންތައް ކުށްވެރިކޮށް ހަރުއަޑުން އެކަމާ ދެކޮޅު ހައްދަވާ ކަމަށެވެ. އަދި ސިޑްސްގައި ކުރިއަށް ގެންދިޔަ ކޮންފަރެންސްތަކުގައި ވެސް އެކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހީނާ ވިދާޅުވީ ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮތުމަށް އަބަދުވެސް ވަކާލާތު ކުރާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ޒަމާނުއްސުރެ ޔަހޫދީ ދައުލަތް އިސްރާއީލުން ދެމުން އަންނަ ލާއިންސާނީ އަނިިޔާތަކާއި، އަދި މިފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް އަރައި ނަސްލު ދޮވެލުމަށް ކުރަމުންދާ ހަނގުރާމައާއި ގުޅިގެން، އިސްރާއިލު ރައްޔިތުންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ.

ނަމަވެސް ގަރާރުގެ މަސައްކަތް އެއްކޮށް ނުނިމި އޮއްވާ 19 ވަނަ މަޖިލިސް ނިމި 20 ވަނަ މަޖިލިސް ވަނީ ހުވާކޮށްފައެވެ. 20 ވަނަ މަޖިލީހުގައި ސުޕަރ މެޖޯރިޓީއާއެކު މަސައްކަތް ކުރަނީ ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންނެވެ. 20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުމަށްފަހު މަޖިލީހުގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްރާއިލުގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލައާ ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ސާފު ޖަވާބެއް ނުދީ އެއީ ދެގައުމެއްގެ ދެމެދުގައި ހިނގަމުންދާ ދާހިލީ މައްސަލައެއްގެ ގޮތަށް ވަނީ ސިފަކޮށްފައެވެ.

ޔަހޫދީ ހަރުކަށި ދައުލަތް އިސްރާއިލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ގަތުލައާންމާއި ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެއައުން މަނާކޮށް، ޕާސްޕޯޓް ބޭން ކުރުމަށް ގޮވާލާ ސަރުކާރަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް ވެސް ސަރުކާރުން ސާފު ޖަވާބެއް ނުދެއެވެ.

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

4

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

5

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

04 އެޕްރީލު 2017
ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން
08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް