Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިރުޒާގެ މަރުގެ މައްސަލަ

މިރުޒާގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ނަފީޒް 17 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މި މައްސަލައާ ގުޅިގެން ނަޒީފް ބަންދުކޮށްފައިވަނީ 13 އޭޕްރީލް 2011 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 މެއި 2024 | ބުދަ 12:33
އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ އަބްދުﷲ ނަޒީފު

އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ އަބްދުﷲ ނަޒީފު

ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ ޏ. ފުވައްމުލަކު، ޒާވިޔާ، އަބްދުﷲ ނަޒީފް އަށް މިރުޒާގެ އާއިލާއިން މައާފު ދިނުމުން އޭނާއަށް މަރުގެ އަދަބުގެ ބަދަލުގައި 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިރުޒާ މަރާލި މައްސަލައިގައި އަބްދުﷲ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފައިވާތީ އޭނާ މަރުގެ އަދަބުން ވަނީ ސަލާމަތްވެފައެވެ. އެންމެ ފަހުން މި މައްސަލައިގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާއަށް އަދަބު ދޭން ޖެހޭނީ ޤާނޫނުލްއުޤޫބާތުގެ ދަށުން ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.

Advertisement - newsAdvertisement

ދައުލަތުގެ ވަކީލު ވިދާޅުވީ، އަދަބު ބޮޑުކުރަންޖެހޭ ޙާލަތެއްވެސް އެބައޮތް ކަމަށާއި، ސަބަބަކީ އޭނާ އެ އަމަލު ހިންގާފައިވަނީ އެއްވެސް ފަރުވާލެއް ނެތި އިންސާނީ ކަރާމާތަށް ބެލުމެއް ނެތިކަމަށްވާތީކަމަށެވެ. އޭގެ އިތުރުން، ޝަރީއަތަށް ލިބިދޭ ބާރުގެ ދަށުން އޭނާގެ އަދަބު ބޮޑު ކޮށް ދިނުމަށްވެސް ދައުލަތުން އެދިފައިވެއެވެ. ސަބަބަކީ ޤިސާސް މާފުކުރި ނަމަވެސް މުޖުތަމައުގެ ހައްޤު ކެނޑިގެން ނުދާތީއާއި، އޭނާ ކުށް ކުރިގޮތަށް ބަލާއިރު އެކަށީގެންވާ އުޤޫބާތެއް ކަނޑައަޅަންޖެހޭކަމަށް ދައުލަތަށް ފެންނާތީކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ވަނީ ކުށުގެ އަސާސީ އަދަބު ގޮތުގައި އޮތް 3 ދަރަޖަ މަތިކޮށް، 17 އަހަރާއި 6 މަހުގެ ޖަލު ޙުކުމެއް ކަނޑައަޅައިދިނުމަށް އެދިފައެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިފާއީ ވަކީލު ވިދާޅުވީ، އަދަބު ކަނޑައަޅާއިރު، ޝަރީއަތަށް ލިބިދޭ ބާރުގެ ދަށުން ކުށުގެ ދަރަޖަ މަތި ކުރުމުގެ އިހުތިޔާރު ބޭނުން ނުކުރެއްވުމަށް ދިފާއުން އެދޭ ކަމަށެވެ. ޙާދިސާ ހިނގިތާ 13 އަހަރުވެފައިވާއިރު، އަދަބެއް ކަނޑަނޭޅި މިހާ ދިގު މުއްދަތެއް ހޭދަވެގެން ގޮސްފައިވުމަކީ ނަޒީފްގެ ޙައްޤުތަކެއްވެސް ގެއްލިގެންދާ ކަމެއްކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ނަޒީފް ބަންދުކޮށްފައިވަނީ 13 އޭޕްރީލް 2011 ވަނަ ދުވަހުއެވެ. ދިފާއީ ވަކީލު ވަނީ އަސާސީ އަދަބު ކަމުގައިވާ 10 އަހަރުގެ ޖަލު ޙުކުމެއް ނަޒީފަށް އިއްވަދިިނުމަށް އެދިފައެވެ. އެއީ އޭނާ ބަންދުގައި ހޭދަކޮށްފައިވާ 13 އަހަރު އުނިކުރުމުން، މުޖުތަމައަށް ނުކުންނަން ލިބޭ ފުރުސަތަކަށް ވާނެކަމަށް ވަކީލު ވިދާޅުވިއެވެ.

ވިލިމާލޭ ޕާކު ތެރޭގައި ލަކުޑިބުރިއަކުން ޖަހައި، ނ. މާޅެންދޫ ވައިޓްހައުސް މިރުޒާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުންގެ ތެރެއިން ނަޒީފުގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ މެރުމަށެވެ. އަދި ހައިކޯޓުންވެސް ކްރިމިނަލް ކޯޓުގެ އަމުރު ދެމެހެއްޓިއެވެ. އަދި ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށްދަނިކޮށް މިރުޒާގެ އާއިލާއިން ނަޒީފަށް މައާފު ދިނެވެ.

މަރުގެ އަދަބުން މައާފު ލިބުމުން 10 އަހަރު ދުވަހު ޖަލު ހުކުމެއް އައި ނަމަވެސް، މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ކުށުގެ އަސާސީ އަދަބު 3 ދަރަޖަ މަތިކޮށް، 17 އަހަރާއި 6 މަހުގެ ޖަލުހުކުމެއް އިއްވާފައެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ނަޒީފް ބަންދުކޮށްފައިވަނީ 13 އޭޕްރީލް 2011 ވަނަ ދުވަހު ކަމުން، ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު ޖަލު ހުކުމުން ދެން އޭނާ ތަންފީޒުކުރަންޖެހޭނީ 4 އަހަރާއި 5 މަހާއި 14 ދުވަހެވެ. އަދި 2 މަސް ދުވަހު ރޯދަ ހިފުމަށްވެސް ހުކުމްކޮށްފައިވެއެވެ.

މީގެ އިތުރުން މަރުގެ ދިޔައަށް މިރުޒާގެ އާއިލާއިން އެދޭނެމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުގެ ހައްގު މިރުޒާގެ އާއިލާއަށް އޮންނާނެކަމަށްވެސް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވިއެވެ.

މައްސަލައިގެ ފަސްފަހަތް:

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޒީފްގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެހެންނަމަވެސް، މިރުޒާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ފަހުން ބުނެފައިވާތީ ޤާނޫނީ އަދަބެއް ދިނުމަށްޓަކައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން 1 ޖޫން 2023 ގައި ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެ ނިންމުމާއި ގުޅިގެން، ހައިކޯޓުގައި ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރީއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު