Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުން ގޯސްވުން

އައްޑޫއާއި ފުވައްމުލަކަށް ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް އޮރެންޖެ އެލާޓް ނެރެފި

18 މެއި 2024 | ހޮނިހިރު 14:38

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 މެއި 2024 | ހޮނިހިރު 14:38
އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެފައި

އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެފައި

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް އޮރެންޖެ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ސަރަހައްދަށް އޮރެންޖް އެލާޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 7:00ން ފެށިގެން ރޭގަނޑު 11:00 އަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި މަގުތުގެ ތެރޭގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ގދ އަތޮޅުން ފެށިގެން ބ އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ހަވީރު 5:30ން ފެށިގެން ރޭގަނޑު 10:30 އާ ހަމައަށް މި ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ރ. އަތޮޅުން ފެށިގެން ހއ އަތޮޅަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ. ހަވީރު 6:00ން ފެށިގެން ރޭގަނޑު 12:00ށް މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވަނި 16 މެއި ވި ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އަދި އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އެދިފައެވެ.

މޫސުން

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 ޖޫން 2025

އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

05 ޖޫން 2025
އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
27 ޖެނުއަރީ 2025

މުޅި ރާއްޖެއަށް މޫސުން ގޯސް، މެދުރާއްޖެތެރެއަށް މާ ބޮޑަށް މޫސުން ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

27 ޖެނުއަރީ 2025
މުޅި ރާއްޖެއަށް މޫސުން ގޯސް، މެދުރާއްޖެތެރެއަށް މާ ބޮޑަށް މޫސުން ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
21 ޑިސެމްބަރު 2024

އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލައިފި

21 ޑިސެމްބަރު 2024
އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލައިފި
17 ޑިސެމްބަރު 2024

ށ އަތޮޅުން އދ އަތޮޅާ ހަމަ އަށް ޔެލޯ އެލަޓް ނެރެފި

17 ޑިސެމްބަރު 2024
ށ އަތޮޅުން އދ އަތޮޅާ ހަމަ އަށް ޔެލޯ އެލަޓް ނެރެފި
18 ނޮވެމްބަރު 2024

ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ

18 ނޮވެމްބަރު 2024
ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް