Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ކުރިމަގާ މެދު މޮޑްރިޗް ގޮތެއް ނިންމާނީ ރައީސް ޕެރޭޒާ މަޝްވަރާކުރުމަށްފަހު!

ޓޮޓެންހަމް ދޫކޮށްލުމަށްފަހު މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2024 | ހޯމަ 02:38
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް، އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމާނީ އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އުމުރުން 38 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ރެއާލާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. އެހެންކަމުން، އޭނާގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކުރަން ރެއާލުން ބޭނުންވާ ކަމަށާއި، އެކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ދާދި ފަހުން މޮޑްރިޗްގެ އެޖެންޓު ބުނެފައި ވަނީ، މިހާތަނަށް އައިއިރު މޮޑްރިޗްގެ މުސްތަޤުބަލާމެދު އެއްވެސް ނިންމުމެއް ނިންމާފައި ނެތް ކަމަށެވެ. ނަމަވެސް، އަންނަ ހަފްތާގެ ތެރޭގައި އެކަން ސާފުވެގެން ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ، މޮޑްރިޗްގެ ޝައުޤުވެރިކަން ދެމި އޮތް ކުލަބަކީ ރެއާލް ކަމަށާއި، އެންމެން އެކުވެގެން ކުރާ މަޝްވަރާތަކަށްފަހު، އެންމެ ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށެވެ.

އެކަމާ ގުޅިގެން މޮޑްރިޗް ބުނީ، ރެއާލްގައި މަޑު ކުރުމާމެދު ނިމޭ ގޮތަކަށް އިންތިޒާރު ކުރަން ޖެހޭ ކަމަށެވެ. އޭގެ ކުރިން އޭނާ ބޭނުން ވަނީ މި ސީޒަން ރެއާލްގައި ކާމިޔާބު ކަމާއެކު ނިންމާލަން ކަމަށާއި، ކުރިމަގާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށް ވެސް މޮޑްރިޗް ބުންޏެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މުސްތަޤުބަލާމެދު ގޮތެއް ނިންމުމުގެ ކުރިން މޮޑްރިޗް، ރެއާލްގެ ރައީސް ޕެރޭޒާ މަޝްވަރާ ކުރާނެ އެވެ. އެއަށްފަހު މޮޑްރިޗް ނިންމާ ގޮތެެއް ހާމަކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޓޮޓެންހަމް ދޫކޮށްލުމަށްފަހު މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ރެއާލްގައި ހޭދަކުރި 12 ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 531 މެޗު ކުޅެދީ 39 ލަނޑު ޖަހައިފަ އެވެ. ރެއާލްގައި މޮޅު ކުޅުމެއް އޭނާ ދައްކަަމުން އަންނައިރު، މިހާތަނަށް ވަނީ ރެއާލާއެކު 25 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު، ކޮޕާ ޑެލް ރޭ ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕް ފަސް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔުއެފާ ސުޕަ ކަޕް ހަތަރު ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ރެއާލް މެޑްރިޑްފްލޮރެންޓީނޯ ޕެރޭޒްލޫކާ މޮޑްރިޗް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު