Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ރަންގްނިކް ވެސް ބަޔާނަށް ނޫނެކޭ ބުނެފި

ރަންގްނިކަށް ކޯޗުދޭން ބަޔާންގެ ސަޕޯޓަރުން ދެކޮޅު

ރާއްޖެ އެމްވީ | 2 މެއި 2024 | ބުރާސްފަތި 09:50
ޖަރުމަނަށް ނިސްބަތްވާ ރަލްފް ރަންގްނިކް

ޖަރުމަނަށް ނިސްބަތްވާ ރަލްފް ރަންގްނިކް

ބަޔާން މިއުނިކްގެ ކޯޗުކަން ގަބޫލުނުކުރަން އެންމެ ފަހު ވަގުތު ރަލްފް ރަންގްނިކް ނިންމައިފި އެވެ.

އޭނާ އަކީ މިހާރު އޮސްޓްރިއާގެ ގައުމީ ކޯޗެވެ. ބަޔާންގެ ހުށަހެޅުމަށް އޭނާ ނޫކެނޭ ބުނީ އެކުލަބުގެ ކޯޗަކަށްވުމަށް މަޝްވަރާތައްކޮށް ގިނަ ކަންކަމަށް އެއްބަސްވުމަށްފަހު އެވެ. ސަބަބެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރަންގްނިކް ބުނީ ވަޒީފާ ގަބޫލުކުރުރަން ނިންމީ އަމިއްލަ ސަބަބުތަކާހެދި ކަމަށެވެ.

ރަންގްނިކް ބަޔާނަށް ނޫނެކޭ ބުނެފައިމިވަނީ އެކުލަބުގެ ކޯޗުކަމާ ހަވާލުވާން ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އާއި ޖަރުމަނުގެ ގައުމީ ޓީމުގައި ހުރި ބަޔާންގެ ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަން ވެސް ނޫނެކޭ ބުނެފައިވަނިކޮށެވެ.

ބަޔާންގެ ކޯޗުކަން ހުސްވަނީ މި ސީޒަނަށް ފަހު ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިވާތީ އެވެ. މިދިޔަ ފެބްރުއަރީ މަހު އޭނާ މަގާމުން ވަކިވާން ނިންމީ 11 އަހަރަށް ފަހު ޖަރުމަނު ލީގު ދިފާއު ނުކުރެވެމުންނާއި ނަތީޖާތައް ދަށްވެ، ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފިއްތުންތައް ވެސް ކުރިމަތިވުމުންނެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ބަޔާން ދިއުމާއެކު ކުލަބުގެ ސަޕޯޓަރުން ވަނީ އެމީހުން ބޭނުންވަނީ ޓުޗެލް ކޯޗުކަމުގައި ބަހައްޓަން ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. މި ޕެޓިޝަނުގައި މިހާތަނަށް 20000 މީހުން ވަނީ ސޮއިކޮށްފަ އެވެ. އަދި މި ޕެޓިޝަނުގައި ރަންގްނިކް ކޯޗުކަމަށް ގެންނަން ގަބޫލުނުވާ ވާހަކަ ވެސް ލިޔެފައި އެބައޮތެވެ.

މި ޕެޓިޝަން ހެދި ނަމަވެސް ބަޔާން އާއި ޓުޗެލް ވެސް ބުނީ އެއްވެސް ކަމެއް ބަދަލުނުވާނެ ކަމަށާއި މި ސީޒަނަށް ފަހު އޭނާ ވަކިވާން އޮތީ ނިންމައިފައި ކަމަށެވެ. އަދި ބަޔާންގެ ވެރިން ވެސް ވަނީ އަންނަ ހަފުތާގައި އައު ކޯޗާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ރަންގްނިކް ނޫނެކޭ ބުނުމުން ބަޔާންގެ ވެރިން އަދި އެއްވެސް ވާހަކައެއް ނުބުނެ އެވެ.

ބަޔާން މިއުނިކްރަލްފް ރަންގްނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު