Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބޮރޫޝިއާ ޑޯޓްމަންޑު

ޓާޒިކް ދެކޭ ގޮތުގައި ޑޯޓްމަންޑަށް ލިބުނީ ޙައްގު މޮޅެއް

ޕީއެސްޖީގެ އެޓޭކުތަކުގެ ހުރި ނުރައްކާތެރިކަން ޑޯޓްމަންޑުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ތަހަންމަލު ކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2024 | ބުރާސްފަތި 06:28
ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް

ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ލިބުނީ ޙައްގު މޮޅެއް ކަމަށް އެ ޓީމުގެ ކޯޗު އެޑިން ޓާޒިކް ބުނެފި އެވެ.

ސެމީ ފައިނަލްގައި ޑޯޓްމަންޑު ނިކުތީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށެވެ. ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. މެޗުގައި ޑޯޓްމަންޑުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓާޒިކް ބުނީ، ޕީއެސްޖީއާ ދެކޮޅަށް ކުޅުނީ ވަރަށް ރަނގަޅު އެހެން ނަމަވެސް، ވާދަވެރި މެޗެއް ކަމަށެވެ. އެ މެޗުގެ ނަތީޖާ އަކީ ޑޯޓްމަންޑަށް ޙައްގު ނަތީޖާއެއްކަން ފާހަގަކޮށް ޓާޒިކް ބުނީ، އޭނާގެ ޓީމަށް އޮތީ ވެސް ކުޑަ އެޑްވާންޓޭޖެއް ކަމަށެވެ. މެޗުގެ ނަތީޖާއާމެދު އުފާވާކަން ފާހަގަކޮށް ޓާޒިކް ބުނީ، މުޅި ނަތީޖާ އަަށް އަންނަ ހަފުތާގައި އިންތިޒާރު ކުރަން ޖެހޭ ކަމަށެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު، ފުރަތަމަ ލެގުގެ މެޗަށް ވުރެ އުނދަގޫ ވެދާނެކަން ފާހަގަކޮށް ޓާޒިކް ބުނީ، މިހާރު އަދި ތިބީ ހާފް ޓައިމްގައި ކަމަށެވެ. ޓާޒިކް ބުނީ އަންނަ ހަފްތާގައި އޮންނާނީ މުޅިން އެހެން ވާހަކަތަކެއް ކަމަށާއި، ކުރަން އޮތް މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އެ މަސައްކަތް ފަސޭހަ ނުވާނެކަން އިނގޭ ކަމަށާއި، އެކަން ގްރޫޕް ސްޓޭޖުގައި ވެސް އަދި މިއަދު ވެސް އިނގޭ ކަމުގައި ޓާޒިކް ވަނީ ބުނެފަ އެވެ.

މެޗުގައި ޕީއެސްޖީގެ އެޓޭކުތަކުގެ ހުރި ނުރައްކާތެރިކަން ޑޯޓްމަންޑުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ތަހަންމަލު ކޮށްފައިވާކަން ފާހަގަކޮށް ޓާޒިކްް ބުނީ، ކުޅުންތެރިންގެ ހިތްވަރު ލިބުނީ ޓީމު ބޭނުންވި ނަތީޖާ ކަމަށެވެ. އެހެންކަމުން އަންނަ ހަފުތާގައި ވެސް އޮތީ އެ މަސައްކަތް ތަކުރާރު ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

ޕީއެސްޖީގެ ދަނޑުގައި ދެ ވަނަ ލެގަށް ކުރިމަތިލާއިރު، ފައިނަލަށް ދާން ބޭނުން ނަމަ ޕީއެސްޖީ އަށް ޖެހޭނީ ޑޯޓްމަންޑު ބަލި ކުރާށެވެ. މެޗު އެއްވަރު ކޮށްލައިގެން ވެސް ޑޯޓްމަންޑަށް ފައިނަލަށް ދެވޭނެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބޮރޫޝިއާ ޑޯޓްމަންޑްޓާޒިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު