Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ރަންގްނިކާ މަޝްވަރާ ކުރަމުންދާކަން ބަޔާނުން ޔަގީން ކޮށްދީފި

އެ މަޝްވަރާތަކަށްފަހު، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަައިނަލް ނިންމުމެއް ނިންމޭނެ ކަމުގެ އުންމީދު އެބަ އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އެޕްރީލު 2024 | ހޮނިހިރު 05:20
ބަޔާންގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ އޮސްޓްރިއާ ޤައުމީ ޓީމުގެ ކޯޗު ރަންގްނިކް

ބަޔާންގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ އޮސްޓްރިއާ ޤައުމީ ޓީމުގެ ކޯޗު ރަންގްނިކް

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗަކަށް، ރަލްފް ރަންގްނިކް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް އެ ކުލަބުން ބުނެފި އެވެ.

މިހާރު ކުރިއަށްދާ ސީޒަނަށްފަހު، ބަޔާންގެ ކޯޗްކަމުގައި ހުރި ތޯމަސް ޓުޗެލް ވަކިވާނެ އެވެ. އެއީ ބަޔާންގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، ކުލަބުގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ޓުޗެލް ނިންމި ނިންމުމެކެވެ. އެއާއެކު ބަޔާނުން ވަނީ އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ބަޔާނުން މިހާާރު މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ ކޯޗަކަށް އުމުރުން 65 އަހަރުގެ ރަންގްނިކް ގެންނަން މަސައްކަތް ކުރަމުން ކަމަށް މީގެ ދެ ދުވަސް ކުރިން މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަން ރަންގްނިކް ވެސް ކަށަވަރު ކޮށްދިނެވެ. އޭރު އޭނާ ބުނީ، ބަޔާނުން އޭނާ އަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، އެކަން އޮސްޓްރިއާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ. ރަންގްނިކް މިވަގުތު ހުރީ އޮސްޓްރިއާގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގަ އެވެ.

އެކަމާ ގުޅިގެން ބަޔާންގެ އިސް އޮފިޝަލަކު ބުނީ، މީޑިއާ ތަކުގައި ދައުރުވަމުން ދަނީ ޞައްޙަ ވާހަކަތަކެއް ކަމަށެވެ. އަދި ރަންގްނިކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެ މަޝްވަރާތަކަށްފަހު، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަައިނަލް ނިންމުމެއް ނިންމޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އެ އޮފިޝަލު ވަނީ ބުނެފަ އެވެ.

ރަންގްނިކް ވަނީ މީގެ ކުރިން ގިނަ ކުލަބުތަކަށް ވެސް އިރުޝާދު ދީފަ އެވެ. އެންމެ ފަހުން އޭނާ އިރުޝާދު ދިން ކުލަބަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑު އެވެ. ނަމަވެސް ޔުނައިޓެޑުގެ ކޯޗުކަމުގައި ރަންގްނިކް ހޭދަކޮށްފައި ވަނީ މަދު ދުވަސް ކޮޅެކެވެ.

ބަޔާން މިއުނިކްރަލްފް ރަންގްނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު