Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ބަޔާންގެ ކޯޗަކަށް ރަންގްނިކް ގެންނަން މަސައްކަތް ކުރަނީ

އޭނާ ބުނީ، ބަޔާނުން އޭނާ އަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، އެކަން އޮސްޓްރިއާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 އެޕްރީލު 2024 | ބުރާސްފަތި 00:18
ބަޔާންގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރާ ރަންގްނިކް

ބަޔާންގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރާ ރަންގްނިކް

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗަކަށް، ރަލްފް ރަންގްނިކް ގެންނަން މަސައްކަތް ކުރަން ފަށައިފި އެވެ.

މިހާރު ކުރިއަށްދާ ސީޒަނަށްފަހު، ބަޔާންގެ ކޯޗަކަމުގައި ހުރި ތޯމަސް ޓުޗެލް ވަކިވާނެ އެވެ. އެއީ ބަޔާންގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، ކުލަބުގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ޓުޗެލް ނިންމި ނިންމުމެކެވެ. އެއާއެކު ބަޔާނުން ވަނީ އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ބަޔާނުން މިހާާރު މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ ކޯޗަކަށް އުމުރުން 65 އަހަރުގެ ރަންގްނިކް ގެންނަން މަސައްކަތް ކުރަމުންނެވެ. އެކަން ރަންގްނިކް ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެކަން ކަށަވަރު ކޮށްދީ އޭނާ ބުނީ، ބަޔާނުން އޭނާ އަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، އެކަން އޮސްޓްރިއާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ. ރަންގްނިކް މިވަގުތު ހުރީ އޮސްޓްރިއާގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގަ އެވެ.

ރަންގްނިކް ބުނީ މިވަގުތު އޭނާގެ ފޯކަސް ހުރީ އޮސްޓްރިއާގެ ޤައުމީ ޓީމާއެކު، ޖޫން މަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކަމަށެވެ. އެހެން ނަމަވެސް، ބަޔާންގެ ކޯޗުކަމާ އޭނާ ހަވާލުވާން އެ ކުލަބުން ބޭނުންވާ ކަމަށް ބުނެފި ނަމަ، އެކަން ބޭނުންވޭތޯ އޭނާގެ އަމިއްލަ ނަފްސާއި ސުވާލު ކުރާނެ ކަމަށެވެ.

ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުންް ރަންގްނިކް އަންނަނީ ބަޔާނާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. މުސާރައިގެ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށާއި، ރަންގްނިކް އެނގެން ބޭނުން ވަނީ އޭނާ އަށް އޮތް މަސައްކަތް ކަމަށް ވެސް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.

ރަންގްނިކް ވަނީ މީގެ ކުރިން ގިނަ ކުލަބުތަކަށް ވެސް އިރުޝާދު ދީފަ އެވެ. އެންމެ ފަހުން އޭނާ އިރުޝާދު ދިން ކުލަބަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑު އެވެ.ނަމަވެސް ޔުނައިޓެޑުގެ ކޯޗުކަމުގައި ރަންގްނިކް ހޭދަކޮށްފައި ވަނީ މަދު ދުވަސް ކޮޅެކެވެ.

ބަޔާން މިއުނިކްރަލްފް ރަންގްނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު