Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ޗެލްސީ ފަސް ލަނޑުން ބަލިކޮށް، އާސެނަލް އިން ގޯލްގެ ތަފާތު ބޮޑުކޮށްފި

އާސެނަލް އެއްވަނައިގައި އޮތީ ސިޓީއަށްވުރެ އިތުރަށް ދެ މެޗު ކުޅެގެން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 އެޕްރީލު 2024 | ބުދަ 05:44
ކައި ހަވަޓްޒް މެޗުގައި ދެ ލަނޑު ޖެހި

ކައި ހަވަޓްޒް މެޗުގައި ދެ ލަނޑު ޖެހި

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ ފަސް ލަނޑުން ބަލިކޮށް، އާސެނަލް އިން ވާދަވެރި ޓީމްތަކުގެ މައްޗަށް ގޯލްގެ ތަފާތު ބޮޑުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި 5-0 ން ޗެލްސީ ބަލިކޮށް, އާސެނަލް ވަނީ ތާވަލްގެ އެއް ވަނައިގައި 3 ޕޮއިންޓްގެ ލީޑެއްވެސް ނަގާފައެވެ. ނަމަވެސް އެއީ މެންޗެސްޓަރ ސިޓީއަށް ވުރެ އިތުރަށް ދެ މެޗު ކުޅެގެންނެވެ. މެޗުގެ އަދަދު ހަމަކުރާއިރު އެއްވަނަ ހޯދުމުގެ ފުރުޞަތު އޮތީ ސިޓީއަށެވެ. މިވަގުތު ސިޓީ އޮތީ ތިން ވަނައިގައެވެ.

ޗެލްސީ ކޮޅަށް އާސެނަލް އިން މެޗުގައި ލީޑް ނެގީ 4 ވަނަ މިނިޓްގައި ޓްރޮސާޑް ޖެހި ލަނޑުންނެވެ. 52 ވަނަ މިނިޓްގައި ދެވަނަ ލަނޑު ޖެހީ ވައިޓް އެވެ. އޭގެ 4 މިނިޓް ފަހުން އާސެނަލްގެ ތިންވަނަ ލަނޑު ޖެހީ ކައި ހާވާޓްޒް އެވެ. 65 ވަނަ މިނިޓްގައި ހަވަޓްޒް ދެވަނަ ލަނޑެއް ޖަހާ އާސެނަލްގެ ލީޑް ހަތަރު ލަނޑަށް ފުޅާކުރިއެވެ. ފަސްވަނަ ލަނޑު ޖެހީ ވައިޓް އެވެ.

މިމޮޅާއެކު އާސެނަލް އެއްވަނައިގައި އޮތީ 34 މެޗުން 77 ޕޮއިންޓް ހޯދައިގެންނެވެ. ފައިދާ 56 ގޯލް އެބައޮތެވެ. މިއީ ވާދަވެރި ލިވަޕޫލާއި ސިޓީއަށްވުރެ ގިނަ އަދަދެކެވެ.

ޕްރިމިއަރ ލީގުއާސެނަލްޗެލްސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު