Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުރަމަތި ފުޓްސަލް ޓޯނަމެންޓް

ކުރަމަތި ފުޓްސަލް ޓޯނަމެންޓް 2017 ގެ ގުރު ނަގައިފި

މިފަހަރުގެ މުބާރާތުގައި 12 ޓީމް ވަނީ ބައިވެރި ވެފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 6 އޯގަސްޓު 2017 | އާދީއްތަ 13:38
މުބާރާތުގެ ގުރު ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މުބާރާތުގެ ގުރު ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކުރަމަތި ރިސޯޓްއިން އިންތިޒާމުކޮށް ބާއްވަމުން އަންނަ "ކުރަމަތި ފުޓްސަލް ޓޯނަމެންޓް" ނުވަނަތަ "ކޭ ކަޕް 2017" ގެ ގުރު ނަގައިފިއެވެ.

ކުރަމަތި ރިސޯޓުގެ އެކި ޑިމާޓްމަންޓް ތަކުގެ މެދުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ މި މުބާރާތުގެ ގުރު ނަގާފައިވަނީ ހޮނިހިރު ދުވަހުގެރޭ ކުރަމަތި ރިސޯޓުގައި މިކަމަށްޓަކާ ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖުމްލަ 12 ޓީމު ބައިވެރި ވެފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ފަހު ދެން އޮންނާނީ ކުއާޓާ ފައިނަލްގެ މެޗުތަކެވެ. އެއަށްފަހު ސެމީ ފައިނަލުގެ ދެމެޗު ކުޅުމަށް ފަހު މޮޅުވާ ދެޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ.

މުބާރާތުގެ ގްރޫޕް "އޭ" ގައި ހިމެނެނެނީ، ތުނޑީ ހައުސްކީޕިންގް ޖޫނިއާސް އާއި، މެއިން އެފް އެންޑް ބީ އާއި، އަކިރި އެފްސީ އާއި، ތުނޑި އެފް އެންޑް ބީ އެވެ.

ގުރޫޕް "ބީ" ގައި ހިމެނެނީ، މެއިން އެފް އެންޑް ބީ އާއި، ބުރަފަތި އާއި، މެއިން ހައުސް ކީޕިން އާއި، ގަބީލާ އެފްސީ އެވެ.

ގުރޫޕު "ސީ" ގައި ހިމެނޭ ޓީމު ތަކަކީ، ތުނޑީ ހައުސްކީޕިން ވޯރިއާސް އާއި، ހުންގާނު އާއި، އައިލެންޑް ޗެލެންޗާސް އާއި، އީގަލް އައި އެވެ.

ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގައި، ޗެމްޕިއަން ޓީމުގެ އިތުރުން ރަނަރަޕް ޓީމާއި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ގުރު ނެގުމަށްޓަކާ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މުނިފޫހި ފިލުވުމުގެ ފަރި ހަރަކާތްތަކުގެ އިތުރުން މުބާރާތުގެ ތީމް ސޯންގް ވެސް ވަނީ އިފްތިތާހް ކޮށްފައެވެ.

މި ރަސްމިއްޔާތަށް ފަހު ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަމުން ކުރަމަތި ރިސޯޓުގެ އެޗްއާރު ސެޕަވައިޒަރ އަލީ އަބްސުﷲ (އައްޔަ) ވިދާޅުވީ، މި މުބާރާތަކީ ކުރަމަތި ރިސޯޓުގެ ސްޓާފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށާއި، ކޮންމެ އަހަރަކުވެސް ސްޓާފުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި މިއީ މި މުބާރާތް ބޭއްވޭ 11 ވަނަ ފަހަރު ކަމަށާއި އެގޮތުން ކުރިއަށް އޮތްތަކުގައި މުބާރާތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އައްޔަ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން އައްޔަ ވިދާޅުވީ، މުބާރާތް ފުރިހަމަކޮށް ގެންދިއުމަށް ރިސޯޓުގެ މެނޭޖްމަންޓްގެ ފަރާތުންނާއި ރިސޯޓުގެ ރެކްރިއޭޝަން ކްލަބްގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައުވަނީ މިމަހުގެ 10 ވާ ބުރާސްފަތި ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި

ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

02 އެޕްރީލު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު