Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ - ބާސެލޯނާ

މިއީ ޕީއެސްޖީން ފަހަތުން އަރައި މޮޅުވާނެ މެޗު: އެންރީކޭ

16 އެޕްރީލު 2024 | އަންގާރަ 05:00

ނޫސްވެރިން ލިޔުނީ ޒަވީއާ އަހަންނާ ޖެހޭ ގޮތަށް: އެންރީކޭ

ރާއްޖެ އެމްވީ | 16 އެޕްރީލު 2024 | އަންގާރަ 05:00
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި އެމްބާޕޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި އެމްބާޕޭ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ބުރުގައި މީގެ ކުރިން ދުވަހަކު ވެސް ފްރާންސްގެ ޕީއެސްޖީ ފަހަތުން އަރައި މޮޅުވެފައި ނެތަސް މިއީ އެކަން ކުރާނެ ފަހަރު ކަމުގައި ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ މިރޭ ދަންވަރު ބާސެލޯނާއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލްގެ ފަހު ލެގުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި ދެ ޓީމު މިދިޔަ ހަފުތާގައި ޕީއެސްޖީގެ ދަނޑުގައި ކުޅެގެން ބާސެލޯނާ މޮޅުވީ 3-2އިންނެވެ.

ބާސެލޯނާ އަކީ އެންރީކޭ އެ ޓީމެއްގެ ކެޕްޓަންކަންކޮށް، ފަހުން ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދައިދިން ޓީމެކެވެ. މި ދެ ޓީމުގެ އެންމެ ފާހަގަކޮށްލެވޭ މެޗަކީ 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ފުރަތަމަ ލެގުގައި 4-0އިން ބަލިވުމަށްފަހު އަމިއްލަ ދަނޑުގައި 6-1އިން މޮޅުވި ތާރީހީ މެޗެވެ. އެއިރު ބާސެލޯނާގެ ކޯޗަކީ އެންރީކޭ އެވެ. ކެޕްޓަނަކީ މިހާރުގެ ކޯޗު ޒަވީ ހަނާންޑޭޒެވެ. މި ދެ މީހުންނަކީ އެކުގައި ބާސެލޯނާ އަށް ކުޅުނު ދެ ކުޅުންތެރިން ވެސްމެ އެވެ.

މިހެންވެ އެންރީކޭ ބުނީ ޒަވީ އާއި އޭނާއާ ދެމެދުގައި އޮތީ ވަރަށް އެކުވެރި ގާތް ގުޅުމެއް ކަމަށާއި ނަމަވެސް އޭނާ ފުރަތަމަ ލެގުގެ މެޗުގެ ކުރިން ދެއްކި ވާހަކަތައް ނޫސްވެރިން ލިޔުނީ ދޭތެރެޖެހޭ ގޮތަކަށް ކަމަށެވެ.

އެ މެޗުގެ ކުރިން އެންރީކޭ ބުނީ ޒަވީ އަށްވުރެ ބޮޑަށް ބާސެލޯނާގެ ސްޓައިލްދެކެ ލޯބިކުރަނީ އޭނާ ކަމަށެވެ. މި މެޗަކީ ބާސެލޯނާއިން ވަކިވިފަހުން އެޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އެންރީކޭ ކުރީގެ ޓީމާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗެވެ.

މި މެޗަށް ނުކުންނައިރު ފުރަތަމަ ލެގުގައި ނުކުޅެވުނު ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީ އަށް ކުޅެވޭނެ އެވެ. ނަމަވެސް ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ރޮބާޓޯ އާއި ޑިފެންޑަރު އަންދްރޭސް ކްރިސްޓިއަންސެން އަށް ދެ ކާޑު ހަމަވެގެން ނުކުޅެވޭނެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް