Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

މިކުޅުން ބަލާކަށް ވެސް ނުކުރޭނެ، މިވަރުން ތައްޓެއް ނުލިބޭނެ: ކްލޮޕް

މިއީ އަހަރެންގެ ޓީމެއް ކުޅޭ ގޮތެއްނޫން: ކްލޮޕް

ރާއްޖެ އެމްވީ | 15 އެޕްރީލު 2024 | ހޯމަ 00:08
ލިވަޕޫލްގެ ކެޕްޓަން ވެންޑައިކް ބޮލުގައި އަތް އަޅައިގެން

ލިވަޕޫލްގެ ކެޕްޓަން ވެންޑައިކް ބޮލުގައި އަތް އަޅައިގެން

ލިވަޕޫލް މިހާރު ދައްކަމުން އަންނަ ގޯސް ކުޅުމަކީ ތައްޓެއް ހޯދޭފަދަ ކުޅުމެއް ނޫން ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 1-0އިން ބަލިވެ، ޓޭބަލުގެ ތިން ވަނަ އަށް ވެއްޓުމުންނެވެ. މޮޅުވިނަމަ ލިވަޕޫލް އޮންނާނީ އެއްވަނާގަ އެވެ.

ކޮންމެ ޓީމަކަށް ބާކީ ހަ މެޗު އޮތްއިރު ލިވަޕޫލް އަތުން ޓޭބަލުގެ ކުރި ގެއްލުނީ 30 މެޗު ކުޅުމަށްފަހު އެވެ.

އޭނާ ބުނީ ލިވަޕޫލާއި އާސެނަލް ބަލިވުމުން އެއްވަނަ މަގާމަށް އެރި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަކީ ލީގުގެ ފެވަރިޓުންކަން އެ ޓީމުން ސާބިތުކޮށްދެނީ ސަބަބެއް އޮވެގެން ކަމަށެވެ.

އޭނާ ބުނީ ލިވަޕޫލް ކުޅުންތެރިން ގާތުގައި މެޗުގެ ހާފް ޓައިމްގައި ހަމަޖެހިގެން ކުޅެފިނަމަ ނަތީޖާ އަނބުރާލަން ފުރުސަތު ލިބޭނެ ކަމަށް ބުނެ ވާހަކަ ދެއްކި ކަމަށާއި ނަމަވެސް ފަހު ހާފުގައި ވެސް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.

މި ބައްޔާއެކު އަމިއްލަ ދަނޑުގައި 2022ގެ ފަހުން ލިވަޕޫލް ބަލިނުވެ ދަމަހައްޓަމުން އަންނަ ސިލްސިލާ އަށް ވެސް ވަނީ ނިމުން އައިސްފަ އެވެ. ކްލޮޕް ބުނީ ދެން ކުރެވެން އޮތް ކަމަކީ ރަށުން ބޭރުގައި ކުޅެން ޖެހޭ ހަތަރު މެޗު ކާމިޔާބު ކުރުން ކަމަށެވެ.

ލިވަޕޫލްގެ މި ބައްޔަކީ އަމިއްލަ ދަނޑުގައި އިޓަލީގެ އެޓްލާންޓާ އަތުން 3-0އިން ބަލިވެ، ޔޫރޮޕާ ލީގުން ކެޓުމުގެ ބިރާ ކުރިމަތިވެފައިވަނިކޮށް، ލިބުނު އިތުރު ހިތްދަތިކަމެކެވެ.

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2024

މިވަރުން ދާނަމަ ފީފާއާ ދެކޮޅަށް ކުޅުންތެރިން މުޒާހަރާ ފަށާނެ: ރޮޑްރީ

18 ސެޕްޓެމްބަރު 2024
މިވަރުން ދާނަމަ ފީފާއާ ދެކޮޅަށް ކުޅުންތެރިން މުޒާހަރާ ފަށާނެ: ރޮޑްރީ
15 އޯގަސްޓު 2024

ފުރަތަމަ މެޗުން ވެސް އެމްބާޕޭ އަށް ތައްޓެއް

15 އޯގަސްޓު 2024
ފުރަތަމަ މެޗުން ވެސް އެމްބާޕޭ އަށް ތައްޓެއް
19 މެއި 2024

އާސެނަލްއަށް ތައްޓެއް ނުލިބޭނެ: ރޮނާލްޑޯ

19 މެއި 2024
އާސެނަލްއަށް ތައްޓެއް ނުލިބޭނެ: ރޮނާލްޑޯ
02 ނޮވެމްބަރު 2022

ބާސެލޯނާގެ ފުރިހަމަ އިތުބާރު ޒަވީ އަށް އެބަ އޮތް، ބޭނުންވާ ހުރިހާ ތައްޓެއް ހޯދޭނެ

02 ނޮވެމްބަރު 2022
ބާސެލޯނާގެ ފުރިހަމަ އިތުބާރު ޒަވީ އަށް އެބަ އޮތް، ބޭނުންވާ ހުރިހާ ތައްޓެއް ހޯދޭނެ
26 ޖުލައި 2022

"ހުރިހާ ތައްޓެއް ކާމިޔާބުކުރުމުގެ ފުރުސަތު ބާސެލޯނާއަށް އެބަ އޮތް"

26 ޖުލައި 2022
"ހުރިހާ ތައްޓެއް ކާމިޔާބުކުރުމުގެ ފުރުސަތު ބާސެލޯނާއަށް އެބަ އޮތް"
26 މެއި 2021

ޔޫރޮޕާ ލީގު ފައިނަލް: ސޯލްޝެއާއަށް ތައްޓެއް ހޯދުމުގެ ފުރުސަތު

26 މެއި 2021
ޔޫރޮޕާ ލީގު ފައިނަލް: ސޯލްޝެއާއަށް ތައްޓެއް ހޯދުމުގެ ފުރުސަތު
03 ފެބުރުއަރީ 2021

މި ސީޒަނުގައި ވެލެންސިއާގެ އަމާޒަކީ ތައްޓެއް: ސެންޓޭ

03 ފެބުރުއަރީ 2021
މި ސީޒަނުގައި ވެލެންސިއާގެ އަމާޒަކީ ތައްޓެއް: ސެންޓޭ
31 ޖުލައި 2017

ކުރިޔަށް އޮތް ސީޒަނަށް ބަޔާން ނިކުންނާނީ ހުރިހާ ތައްޓެއް ކާމިޔާބުކުރަން: މުލާ

31 ޖުލައި 2017
ކުރިޔަށް އޮތް ސީޒަނަށް ބަޔާން ނިކުންނާނީ ހުރިހާ ތައްޓެއް ކާމިޔާބުކުރަން: މުލާ
19 ޖުލައި 2017

ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ

19 ޖުލައި 2017
ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު