Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ ރައްޔިތަކު ކެނެޑާގައި މަރާލުން

ކެނެޑާގައި ކާރެއްގެ ތެރޭގައި ބަޑިޖަހައި، އިންޑިއާގެ 24 އަހަރުގެ ރައްޔިތަކު މަރާލައިފި

14 އެޕްރީލު 2024 | އާދީއްތަ 17:49

އޭނާ ވަނީ ދާދި ފަހުން ޔުނިވަރސިޓީ ކެނެޑާ ވެސްޓުން އެމްބީއޭ ފުރިހަމަކޮށްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 އެޕްރީލު 2024 | އާދީއްތަ 17:49
ބަޑީގެ ހަމަލާދީ މަރާލި 24 އަހަރުގެ ޒުވާނާ -- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ބަޑީގެ ހަމަލާދީ މަރާލި 24 އަހަރުގެ ޒުވާނާ -- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ކެނެޑާގެ ސައުތު ވެންކޫވާގައި މަތީތައުލީމް ހާސިލްކުރުމަށް ގޮސްހުރި އިންޑިއާގެ އުމުރުން 24 އަހަރުގެ ޗިރާގް އެންޓިލް ގަޔަށް ބަޑިޖަހައި، ކާރެއްގެ ތެރޭގައި މަރާލާފައިވާ ކަމަށް ސިޓީނިއުސްއިން ބުނެފިއެވެ.

ވެންކޫވާ ފުލުހުން ބުނީ އެ ސިޓީގެ އީސްޓް 55 ވަނަ އެވެނިއުއާއި މެއިން ސްޓްރީޓް ކައިރީގައި ބަޑީގެ ހަމަލާތަކެއް ދީފައިވާކަމުގެ މައުލޫމާތު އޭޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު ލިބިގެން އެތަނަށް އެޓެންޑްވެފައި ވާކަމަށެވެ.

ޗިރާގް އެންޓިލް، 24، މަރުވެފައި އޮއްވައި ފެނުނީ އެ ސަރަހައްދުގައި ހުރި ވެހިކަލެއްގެ ތެރޭގައެވެ. މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި ތަހުގީގު ކުރިއަށް ދާކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ނޭޝަނަލް ސްޓޫޑެންޓްސް ޔޫނިއަންގެ ވެރިޔާ، ވަރުން ޗައުދަރީ ވަނީ ޗިރާގް އެންޓިލްގެ އާއިލާއަށް އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ އެހީތެރިކަން ދިނުމަށް ސޯޝަލް މީޑިއާގައި އިލްތިމާސް ކުރައްވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗިރާގް އެންޓިލްގެ ހަށިގަނޑު އިންޑިއާއަށް ގެންދިއުމަށް އޭނާގެ އާއިލާއިން ވަނީ ގޯފަންޑްމީގައި ކްރައުޑް ފަންޑިންގ ކެމްޕޭނެއް ފަށައިފައެވެ.

ޗިރާގް އެންޓިލް ވަނީ ދާދި ފަހުން ޔުނިވަރސިޓީ ކެނެޑާ ވެސްޓުން އެމްބީއޭ ފުރިހަމަކޮށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެންކޫވާއަށް ބަދަލުވުމަށްފަހު ވޯރކް ޕަރމިޓް ހޯދާފައެވެ.

ފަހަކަށްއައިސް ކެނެޑާގެ އެކި ކަންކޮޅުތަކުގައި ގޭންގް މާރާމާރީއާއި ގޭންގުތަކާ ގުޅުންހުރި މީހުން މެރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ޓޮރޮންޓޯ، ވެންކޫވާ، ކެލްގަރީ އަދި މޮންޓްރިއަލް ފަދަ ބޮޑެތި ސިޓީތަކުގައި މަގުމަތީގެ ގޭންގުތަކާއި އޯގަނައިޒްޑް ކްރައިމް ގްރޫޕްތަކުގެ ހަރަކާތްތަކާ ގުޅިފައިވާ ބަޑީގެ ހަމަލާތަކާއި، މީހުން މެރުމާއި އެހެނިހެން ހަރުކަށި ޖަރީމާތައް ވަނީ އިތުރުވެފައެވެ.

މި ގޭންގްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ހަތިޔާރު ޓްރެފިކްކުރުމާއި، އިންސާނީ ވަގުފާރިއާއި އެނޫންވެސް ގާނޫނާ ޚިލާފު ކަންކަމުގައި ހަރަކާތްތެރިވާ ގްރޫޕްތަކެކެވެ.

ކެނެޑާގެ ގިނަ ސިޓީތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި މީހުން މެރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު، ގޭންގުގެ މައްސަލަ ހިފަހައްޓަން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކަށް ވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
17 މެއި 2017

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
13 މެއި 2017

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި
10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް