Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލުން ގުޅިފަ ތިބި ދެބެން މަރުވުން

ބޮލުން ގުޅިފަތިބި އެންމެ ދޮށީ ދެބެން މަރުވެއްޖެ

ދެމީހުން އުޅެމުން އައީ ދެކޮޓަރީގެ އަމިއްލަ އެޕާޓްމަންޓް އެއްގައެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 13 އެޕްރީލު 2024 | ހޮނިހިރު 19:13
ޔުނައިޓަޑް ސްޓޭޓްސް ގެ ޕެންސިލްވޭނިޔާ ގައި އުފަންވި ދެބެން ޖޯޖް އަދި ލޯރީ

ޔުނައިޓަޑް ސްޓޭޓްސް ގެ ޕެންސިލްވޭނިޔާ ގައި އުފަންވި ދެބެން ޖޯޖް އަދި ލޯރީ

ބޮލުން ގުޅިފަ ތިބި އެންމެ ދޮށީ އެއްމާބަނޑު ދެބެން، އެމީހުންގެ އުފަން ރަށް ޕެންސިލްވޭނިޔާ ގައި މަރުވެއްޖެ އެވެ. މަރުވި އިރު އެދެބެންގެ އުމުރަކީ 62 އަހަރެވެ.

ލޯރީ އަދި ޖޯޖް ޝަޕެލް މަރުވެފައިވަނީ އެޕްރިލް 7 ވަނަ ދުވަހު ޕެންސިލްވޭނިޔާގެ ހޮސްޕިޓަލެއްގައެވެ. އެމީހުން މަރުވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ލޯރީ އަދި ޖޯޖް ޝަޕެލް އުފަންވެފައިވަނީ 18 ސެޕްޓެމްބަރ 1961 ގައެވެ.ދެކުދިން ދެހަށިގަނޑު ލިބިފައިވީނަމަވެސް ދެބެން ވަނީ ބޮލުން ގުޅިފައެވެ. އަދި ސިކުޑީގެ 30 އިންސައްތަ އަދި މުހިންމު ލޭނާރުތައް ހިއްސާކުރެއެވެ. ދެކުދިން އެންމެ ގިނަދުވަހު ދުނިޔޭގަ ތިބޭނީ 30 އަހަރުވަންދެން ކަމަށް ޑަކްޓަރުން ބުނި ނަމަވެސް އެމީހުން މަރުވެފައިވަނީ 61 އަހަރުގައެވެ.

ދެބެން ފުރަތަމަ ތިބީ ދެއަންހެނުންގެ ގޮތުގައެވެ. ނަމަވެސް އެކަކުވަނީ 2007 ވަނަ އަހަރު ސެކްސް ޗޭންޖް އޮޕަރޭޝަން ކޮށް ފިރިހެނަކަށް ބަދަލުވެފައެވެ. އެއަށްފަހު އޭނައަށް ކީނަމަކީ ޖޯޖް އެވެ.

ދެބެންގެ ތެރެއިން ޖޯޖް ކިބައިގައި މައިބަދައިގެ މައްސަލަ ތަކެއް ހުރުމާއެކު އޭނައަކަށް ނުހިނގެއެވެ. އެހެން ކަމުން އިންނަނީ ޚާއްސަ ފުރޮޅުލީ ގޮޑިއެއްގައެވެ. މިގޮޑި ދުއްވަނީ ލޯރީއެވެ.

ދެބެން ބޮލުން ގުޅިފައި ތިބި ނަމަވެސް ދެބެންގެ ޝައުގުވެރިކަން ހުރީ ތަފާތު ކަންކަމަށެވެ. މިގޮތުން ޖޯޖް އަކީ ކަންޓްރީ ސޯންގްސް ކިއުމުގައި މަޝްހޫރުކަން ހޯދާފައިވާ މީހަކަށްވާއިރު ލޯރީ ޝައުގުވެރިކަން ހުންނަނީ ބޯލިންގ އަށެވެ. އަދި މިކަމުގައި ތަފާތު ވަނަތައް ހޯދާފައި ވެއެވެ.

އުމުރުން 24 އަހަރުން ފެށިގެން ދެބެން އުޅެމުން އައީ އާއިލާ އާއި ވަކިން ކަމަށް ވެއެވެ. ފުރަތަމަ ޚާއްސަ އިންސްޓިޓިއުޝަން އެއްގައި އުޅުނު ނަމަވެސް ފަހުން އެޅެމުން އައީ ދެކޮޓަރީގެ އަމިއްލަ އެޕާޓްމަންޓް އެއްގައެވެ. އަދި ނިދަނީ ދެރޭ ދެކޮޓަރީގަކަމަށް ވެއެވެ.

އެމީހުން ބުނެފައިވާ ގޮތުގައި ބޮލުން ގުޅިފަ ތިބުމަކީ އެމީހުން ބޭނުންވާ "އެކަނި ދުނިޔެ" އެމީހުންނަށް ނުލިބޭންވީ ސަބަބެއް ނޫނެވެ. ޑޮކިއުމެންޓަރީ އަކަށް އެމީހުން ބުނެފައިވާ ގޮތުގައި ޖޯޖް ލަވަކިޔަން ބޭނުންވާނަމަ އޭނަގެ ކޮޓަރިއަށް ދަނީ އެވެ. އަދި ލޯރީ ހިމޭނުން އިންނަނީއެވެ.

މިގޮތަށް ގުޅިފަ ތިބޭ ކުދިން އޮޕަރޭޝަން ކޮށްގެން ވަކި ކުރިނަމަވެސް މިދެބެން އުފަންވިއިރު އެފަދަ އޮޕަރޭޝަން ތަކެއް ނުކުރެއެވެ. އަދި ފަހުން މިދެބެން ވަކިވާން ގަބޫލު ނުވީ ކަމަށް ވެއެވެ. އެމީހުން ބުނެފައިވާ ގޮތުގައި އެމީހުންގެ ތިއަރީ އަކީ "ހަލާކުނުވާ އެއްޗެއް މަރާމާތު ކުރަންވީ ކީއްކުރަން ހެއްޔެވެ؟" މިއެވެ.

ލޯރީ އަދި ޖޯޖް ޝަޕެލް މަރުވި އިރު ބައްޕައާއި އަދި އެއްބަނޑު އެއްބަފާ 6 މީހުން އެބަތިއްބެވެ.  

އިތުރަށް ކިޔާލަން

17 ޖުލައި 2017

އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ

17 ޖުލައި 2017
އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ
11 ޖޫން 2017

ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ

11 ޖޫން 2017
ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ
24 މެއި 2017

އެކްޓަރު ރޮޖާމޯ މަރުވެއްޖެ

24 މެއި 2017
އެކްޓަރު ރޮޖާމޯ މަރުވެއްޖެ
19 މެއި 2017

ކްރިސް ކޯނެލް މަރުވެއްޖެ

19 މެއި 2017
ކްރިސް ކޯނެލް މަރުވެއްޖެ
18 މެއި 2017

"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ

18 މެއި 2017
"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު