Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންއެފްގެ ޖަލްސާ

އީސީގެ މެމްބަރުންނަށް ޣިޔާސުއްދީން ސްކޫލަށް ނުވަދެވުމުން ނިއުޕޯޓް ސަރަހައްދަށް ޕީއެންއެފްގެ ޖަލްސާ ބަދަލުކޮށްފި

ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 އެޕްރީލު 2024 | އަންގާރަ 18:14
ޕީއެންއެފް ޖަލްސާ ނިއުޕޯޓް ސަރަހައްދުގައި ބޭއްވުމަށް މަސައްކަތްކުރަނީ

ޕީއެންއެފް ޖަލްސާ ނިއުޕޯޓް ސަރަހައްދުގައި ބޭއްވުމަށް މަސައްކަތްކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ޣިޔާސުއްދީން ސްކޫލް ހޯލުގައި ބާއްވަން އުޅުނު ޖަލްސާއަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންނަށް ނުވަދެވުމުން އެޖަލްސާ ނިއުޕޯޓް ސަރަހައްދުގައި ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ 9:15 ގައި ޖަލްސާ ބޭއްވުމަށް ޕާޓީގެ އިސްވެރިންނާއި މެމްބަރުން ޣިޔާސުއްދީން ސްކޫލަށް ދިޔައިރު ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލްގެ ގޭޓް ބަންދުކޮށް ބައިވެރިން ސްކޫލް ތެރެއަށް ވަނުމަށް ހުރަސްއަޅާފައެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުން މީޑިޔާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުންދަނީ އެޓެންޑް ކުރަމުންކަމަށެވެ. އެޑިޔުކޭޝަން މިނިސްޓްރީން ފުލުހުންނަށް މިގޮތަށް އެދިފައިވަނީ މިރޭ 6:42 ގައިކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހުރަސް އެޅުމާއެކުވެސް ޕީއެންއެފުން ވަނީ ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ޣިޔާސުއްދީން ސްކޫލް ހޯލުގައި ބޭއްވުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ހޯލުގައި ޖަލްސާ ބޭއްވުމަށް ޖަލްސާ ފަށަންވެސްފެށިއެވެ. ނަމަވެސް ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާއަކީ އީސީގެ މެމްބަރުންގެ ޙާޒިރުގައި ބާއްވަންޖެހޭ ޖަލްސާއަކަށްވާތީ އެޖަލްސާ ވަނީ ޣިޔާސުއްދީން ސްކޫލް ހޯލުގައި ނުބޭއްވިފައެވެ.

އެއާއެކު ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ މަލީހު ޖަމާލު ވިދާޅުވީ އެޖަލްސާ ނިއު ޕޯޓު ސަރަހައްދަށް ބަދަލުކޮށްފައިވާކަމަށެވެ. އެކަމަށް ނަގަންޖެހޭ ހުއްދަތައް ނަގާފައިވާކަމަށް މަލީހު ވިދާޅުވިއެވެ. އަދި މިރޭ ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ އެސަރަހައްދުގައި ބާއްވާ އެޖަލްސާގައި ނިންމަންޖެހޭ ކަންކަން ނިންމާނެކަމަށް މަލީހު ވިދާޅުވިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
10 ނޮވެމްބަރު 2025

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
31 އޮކްޓޯބަރު 2025

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

31 އޮކްޓޯބަރު 2025
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް