Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯޓާސް ޓާންއައުޓް ދަށްވުން

މަޖިލިސް އިންތިޚާބުގެ ވޯޓާސް ޓާންއައުޓް 80 އާއި 70 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ: އީސީ

6 އެޕްރީލު 2024 | ހޮނިހިރު 07:49

ރިޔާސީ އިންތިޚާބަށްވުރެ، މަޖިލިސް އިންތިޚާބުގެ ޓާންއައުޓް ދަށްވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 އެޕްރީލު 2024 | ހޮނިހިރު 07:49
ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވާހަކަދައްކަވަނީ

އިންތިޚާބުތަކުގެ ޓާންއައުޓް ދަށްވަމުންދަނީ ކަންބޮޑުވާ މިންވަރަށް ކަމަށާއި، މިއަހަރުގެ ރައްޔިތުން މަޖިލިސް އިންތިޚާބުގެ ވޯޓާސް ޓާންއައުޓް 80 އާއި 70 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވާ، އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ދިވެހިރާއްޖޭގައި މައިގަނޑު ތިން އިންތިޚާބެއް އޮންނައިރު، މި ތިން އިންތިޚާބުގެ ވޯޓާސް ޓާންއައުޓަށް އެއް ޕެޓާންއަކަށް ހިފެހެއްޓެމުންދާ ކަމަށެވެ. 2008 ގެ ފަހުން މި ބޭއްވުނު ހުރިހާ އިންތިޚާބުތަކެއްގައި ވޯޓުލާފައިވާ ނިސްބަތުން އެކަން ކަށަވަރުވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަސަން ވިދާޅުވީ ރިޔާސީ އިންތިޚާބަށްވުރެ، މަޖިލިސް އިންތިޚާބުގެ ޓާންއައުޓް ދަށްވާ ކަމަށާއި، މަޖިލިސް އިންތިޚާބަށް ވުރެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓާސް ޓާންއައުޓް ދަށްވާ ކަމަށެވެ. ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ ރިޔާސީ އިންތިޚާބެއްގައި ވޯޓާސް ޓާންއައުޓް އެންމެ މަތީ އެއްގައުމު ކަމަށެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ އިންތިޚާބުތަކުގެ ޓްރެންޑަށް ބާލާއިރު، މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގެ ވޯޓާސް ޓާންއައުޓް 80 އިންސައްތައާއި 70 އިންސައްތައާ ދޭތެރޭގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ރޯދަ މަސް ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވަން ނިންމުމުން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރި ކަމަށާއި، ގިނަ ރައްޔިތުން ވޯޓުލާން ނުނިކުމެދާނެކަމުގެ ބިރުހީވި ކަމަށެވެ. ނަމަވެސް މިހާރު އެމައްސަލަ ވެސް ހައްލުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އުންމީދުކުރަނީ ގިނަ ބަޔަކު މި އިންތިޚާބުގައި ވެސް ވޯޓުލާން ނުކުންނާނެ ކަމަށެވެ.

ވޯޓާސް ޓާންއައުޓް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވީ އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދައުލަތުގެ އެކި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ސޯޝަލް މީޑީއާ މެދުވެރިކޮށް ވެސް ގިނަ މެސެޖްތައް ފޯރުކޮށްދެމުންދާ ކަމަށެވެ. އިންތިޚާބެއްގައި ވޯޓުލުމުގެ މުހިންމުކަން ބުނެދިނުމަށް މަގުބޫލުކަން ލިބިފައިވާ ފަންނާނުން މެދުވެރިކޮށް ވެސް ޚާއްސަ މެސެޖްތައް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ 18 އަހަރު ވެގެން އަލަށް ވޯޓުލެވޭ ކުދިންނަށް ޚާއްސަކޮށްގެން ވެސް ސެޝަންތައް ކުރިއަށް ގެންދާ ކަމަށާއި، އަލަށް ވޯޓުލެވޭ ކުދިން ލައްވާ ވޯޓުލުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން މާލެސިޓީ އަދި އަތޮޅުތެރޭގެ ރަށްރަށުގައި 11، 12 ކިޔަވާ ދަރިވަރުންނަށް މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ވޯޓާސް ޓާންއައުޓް ދަށްވެގެންދަނީ ކަންބޮޑުވާ މިންވަރަށް ކަމަށާއި، މިމައްސަލަ ހައްލުކުރުމަށް ހުރިހާ ރައްޔިތުން އެކުއެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ވޯޓާސް ޓާންއައުޓް ދަށް މައްސަލަ ހައްލުކުރުމަށް ގައުމީ ފެންވަރުގައި ދިރާސާއެއް ހަދަންޖެހޭ ކަމަށާއި، ރައްޔިތުން އިންތިޚާބުތަކުގައި ވޯޓުލާން އެހައި ފޫހިވާ ސަބަބުތައް ދެނެގަނެ މިމައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. މަޖިލިސް އިންތިޚާބުގެ ފަހުން އިންތިޚާބެއް ނެތި ދެއަހަރު ދުވަސް ލިބިގެންދާއިރު، އިލެކްޝަން ކޮމިޝަނުން މިދިރާސާ ހެދުމަށް މަސައްކަތްތައް ފަށާނެ ކަމަށާއި، އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންމަޖިލިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް