Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ119 ކިލޯގެ މަސްތުވާތަކެތި

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

4 އެޕްރީލު 2024 | ބުރާސްފަތި 08:46

ތުހުމަތު ކުރެވޭ މީހުންނާ ކުށާ ގުޅުވާލެވޭ އަމަލުތަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ ދައްކާލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އެޕްރީލު 2024 | ބުރާސްފަތި 08:46
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުން

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުގައި ހޯދިފައިވާ މައުލޫމާތާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ފުލުހުން ދައްކާލައިފިއެވެ.

ކުރިއަށް އޮތް ތަނުގައި ކޯޓުތަކުން ނިންމާ ހުރިހާ ބޮޑެތި މައްސަލަތަކާއި ގުޅިގެންވެސް އެ މައްސަލައެއްގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން ހާމަ ކުރަމުން ގެންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެގޮތުގެ މަތިން ފުލުހުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅޭ ތަހުގީގުގެ މަރުޙަލާގައި ހޯދާފައިވާ މައުލޫމާތު ފޮޓޯއާއެކު، ހިއްސާކޮށްފައެވެ. އެގޮތުން ތުހުމަތު ކުރެވޭ މީހުންނާ ކުށާ ގުޅުވާލެވޭ އަމަލުތަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ އަދި މަސްތުވާތަކެތި އެތެރެކޮށްފައިވާ ގޮތާއި ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މަންޒަރުތަކާއެކު ފުލުހުން ވަނީ ހިއްސާކޮށްފައެވެ.

ފުލުހުން ދެއްކި ވީޑިއޯގައި ތުހުމަތުވާ މީހުންނާއި ކުށާ ގުޅުވާލެވޭ އަމަލުތައް ވަކިވަކިން ފެންނަން ހުއްޓެވެ.

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު ދައުލަތުގެ ވަކީލުން ވަނީ މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗަށް ވަކި މީހަކު ޒިންމާ ކުރުވުމުގެ މިސްރާބަށް ދިފާއުން ދާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. 

ކަން އެހެން ވެފައި އޮއްވައި ބުދަ ދުވަހު މި މައްސަލަ ނިމުނުއިރު، ކުށް ސާބިތުވެފައި ވެފައިވަނީވެސް އަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. މުޖާހިދުއާއި ސުނައިނުގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.

އޭގެ އިތުރުން، މުޙައްމަދު އަކްރަމް އަބްދުލް ޙަންނާން އަކީވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެކެވެ.

ފުލުހުން ބުނީ، އަކްރަމް އަބްދުލް ޙަންނާންވެސް ހިމެނޭގޮތަށް މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ތަހުގީގެއް ހިންގިފައިވާކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އެހެންނަމަވެސް މި ޙާދިސާ ހިނގާ ދިޔަ ދުވަހުގެ ހަވީރު އޭނާ ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް މިހާތަނަށްވެސް އޭނާ އެނބުރި ރާއްޖެ އައިސްފައިނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއެވެ.

އޭނާއާއެކު އެ ފްލައިޓުގައި މި ނެޓްވޯކާ ގުޅުންހުރިކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދުވެސް ދިޔަކަމަށް ފުލުހުން ބުނެއެވެ.

ފަހުން ލަންކާއިން ރާއްޖެއަށް ޑީޕޯޓްކޮށްލުމުން އަރުޝަދު އެނބުރި ރާއްޖެއައުމުން ފުލުހުން އޭނާ ހައްޔަރުކޮށްފައިވާއިރު، އަކްރަމް އަދިވެސް ރާއްޖެ އައިސްފައެއް ނުވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓްމަސްތުވާތަކެތި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް