Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ސަރުކާރުން އުޅެނީ ގަދަކަމުން ގެންދިޔަ މެންބަރުން ނުކުމެ ޔާމީނާ ދެކޮޅުވީތީ ބިރުން:ފަލާހު

މެންބަރުން ޕީޕީއެމަށް ބަދަލުވިއިރު މައްސަލައަކަށް ނުވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 އޯގަސްޓު 2017 | ހޮނިހިރު 18:18
މާފަންނު ހުޅަނގު ދާއިރާގެ މެންބަރ ފަލާހް ފަލަ ސުރުޚީގައި ވާހަކަ ދައްކަވަނީ

މާފަންނު ހުޅަނގު ދާއިރާގެ މެންބަރ ފަލާހް ފަލަ ސުރުޚީގައި ވާހަކަ ދައްކަވަނީ

މިއަދު ސަރުކާރަށް ވެގެން އުޅޭ ގޮތަކީ އެހެން ޕާޓީތަކުން ގެންދިޔަ މެންބަރުން ނުކުމެ ސަރުކާރާ ދެކޮޅުވީތީ ގަންނަ ބިރުން ކުރަމުންދާ ކަންތައްތަކެއްގެ ސަބަބުން ދިމާވެގެން އުޅޭ ގޮތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންެނެވެ.

Advertisement - newsAdvertisement

ސަލާމަތީ ޚިދުމަތްތަކުން ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލާފައި މަޖިލީހަށް ވަންކަމުގެ ތުހުމަތުގައި މިހާރު ފުލުސް އޮފީހަށް ހާޒިރު ކުރައްވަމުން ގެންދަވާ ފަލާހް ވިދާޅުވީ ސަރުކާރުން ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް އޮޅުން ބޮޅުން ކޮށްލާފައިވާ ކަމަށާއި ބޭނުމަކީ އެމަޖިލިސް ހިސޯރުކޮށްގެން ރައީސް ޔާމީން ރާއްޖޭގެ ވެރިކަމުގައި ބަގުޑި ބައްދަވައިގެން ހުންނެވުން ކަމަށެވެ.

ފަލާހް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެންގުޅެނީ ފަނާކުރަނިވި ޚިޔާލު ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު ހަޤީގަތުގައި ޤައުމު ފަނާ ކުރަމުން ދަނީ ސަރުކާރުން ކަމަށާއި ރާއްޖޭގެ ގިނަ ރައްޔިތުން ތިބީ މިއަދު އިސްލާހަށް މަސައްކަތް ކުރާ ގުޅިފައިވާ ޕާޓީތަކާއެކުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުމަކީ މިސަރުކާރަށް ހަޖަމްވި ކަމެއް ނޫން ކަމަށާއި ހުރިހާވެސް ކަމެއް މެދުވެރިވެގެން މިއުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމުން ކަމަށް ފަލާހު ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމަށް ލިބުނީކީ ރައްޔިތުންގެ ތާއީދެއް އޮވެގެން ނޫން ކަމަށާއި މަޖިލީހަށް ހޮވުނު މެންބަރުން ސަރުކާރުން ގެންދިޔަ ގޮތަކަށް ގެންގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު މަޖިލިސް މެންބަރުން ޕީޕީއެމަށް ދިޔުން ސަރުކާރަށް މައްސަލައެއް ނޫން ކަމަށާއި މައްސަލައަކަށް ވެގެން އުޅެނީ ހަމަ އެމެންބަރުންނަށް ހަމަވިސްނިވަޑައިގެން ޕީޕީއެމް ދޫކުރައްވާ އިދިކޮޅު ފަރާތްތަކާ ގުޅުމުން ކަމަށެވެ. އެކަމަކު މިއަދު ސަރުކާރުން ދައްކާ ވާހަކަތައް ރާއްޖޭގެ ރައްޔިތުން ޤަބޫލު ނުކުރާ ކަމަށާއި މިއަދު ރައްޔިތުންނަށް ވާނުވާ އެނގޭކަމަށް ފަލާހް ވިދާޅުވިއެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން އެވަނީ އެކަން ހާމަކޮށްދީފައި ކަމަށާއި މިއަދު ރާއްޖޭގައި ވޯޓެއް ނެގިއަސް ރައީސް ޔާމީނަށް 10 ޕަސެންޓް ވެސް ނުލިބޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު