Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ނާޓްޒީން ގެ ނިޝާނާ ވައްތަރުވުމުން ޖަރުމަނުގެ 4 ނަންބަރުގައި މައްސަލަ ޖެހިއްޖެ

ނާޓްޒީން ގެ ލޯގޯއާ ވައްތަރުކަމުން ނަންބަރު ބަދަލުކުރާނެ

ރާއްޖެ އެމްވީ | 2 އެޕްރީލު 2024 | އަންގާރަ 11:15
ޖަރުމަނުގެ ޖާޒީ ނަންބަރު 4 އާއި ނާޓްޒީން ގެ ސިފައިންގެ ޔުނީފޯމުގައިވާ ނިޝާން

ޖަރުމަނުގެ ޖާޒީ ނަންބަރު 4 އާއި ނާޓްޒީން ގެ ސިފައިންގެ ޔުނީފޯމުގައިވާ ނިޝާން

ޖަރުމަނުގެ ނާޓްޒީ ސިފައިންގެ ނިޝާނާ ވައްތަރުގޮތެއް ހުންނަ ކަމަށް ބުނެ އާއްމުންގެ ފާޑުކިއުން ބޮޑުވުމުން ޔޫރޯ 2024ގައި ބޭނުންކުރާނެ ޖަރުމަނުގެ ޖާޒީ ނަންބަރު ހަތަރެއްގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އެޑިޑާސް ކުންފުނިން ޔޫރޯ އަށް ތައްޔާރުކުރި ޖާޒީގައި ޖަހާފައިވާ ހަތަރު ނަންބަރު ފޮންޓަށް ފާޑުކިއުން އަމާޒުވީ ދެ ހަތަރެއް އެއްކޮށްލުމުން 44 ނަންބަރު، ނާޓްޒީންގެ ނިޝާނާ ވައްތަރުވާތީ އެވެ.

ޖަރުމަނުން ވަނީ މި ޖާޒީގައި މިދިޔަ ހަފުތާގައި ފްރާންސާ ދެކޮޅަށް ވެސް ކުޅެފަ އެވެ. ނަމަވެސް ފޮންޓްގެ މައްސަލަ ދިމާވީ އެޑިޑާސް ކުންފުނިން މީހަކު ގަތް ޖާޒީގައި 44 ނަންބަރު ޖަހައިގެން އުޅުމުގެ ތެރޭގަ އެވެ.

މިކަމާ ގުޅިގެން ޖަރުމަނު ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ޔޫރޯގައި ބޭނުންކުރާ ޖާޒީ ނަންބަރުތައް ފާސްކުރުމަށް 1 އިން ފެށިގެން 26އާ ހަމައަށް އަދަދުތައް ފޮނުވީ 0އިން ފެށިގެން 9 ވަނަ ނަންބަރާ ހަމައަށް ހުރިހާ ނަންބަރެއް ރަނގަޅަށް ބަލައި ޗެކްކުރުމަށްފަހު ކަމަށެވެ.

ނާޓްޒީންގެ މި ނިޝާނަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ހިންގި ބޮޑެތި ގަތުލު އާއްމުތަކުގައި އެތައް ބަޔަކު މަރައި ހެދި އެ ޕާޓީގެ ސުޓްސްޓަފަލް ސިފައިންގެ ގްރޫޕުން ބޭނުންކުރި ޖާޒީގައިވާ ލޯގޯ އެވެ. ބުނެވޭ ގޮތުގައި މިއީ ސުޓްސްޓަފަލްގެ ނަން ކުރުކޮށް ބޭނުންކުރާ ދެ އެސް އަކުރެވެ. އަދި ޖާޒީ ނަންބަރުގައި ދިމާވި މައްސަލައާހެދި ޖަރުމަނުގައި އިނގިރޭސި އަކުރުން ދެ އެސް ސްޓައިލްކޮށްގެން ބޭނުންކުރުން މިއަދު ވަނީ މަނާކޮށްފަ އެވެ.

މިކަމާ ގުޅިގެން އެޑިޑާސް ކުންފުނިން ބުނީ ޖާޒީ އާއި ނަންބަރު ޑިޒައިން ކުރީ ޖަރުމަނު ފެޑަރޭޝަނާއި 11 ސްޕޯޓްސްއިން ކަމަށާއި ޒިންމާވާން ޖެހޭނީ އެދެ ފަރާތުން ކަމަށެވެ.

ޖަރުމަނުގައި މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށާނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

ޔޫރޯ 2024 (ޖަރުމަނު)އެޑިޑާސް

އިތުރަށް ކިޔާލަން

08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު