Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީއަލި އައިސްޕްލާންޓު

ފީއަލި އައިސްޕްލާންޓުވެސް ހުއްޓުމަކަށް - ބައެއްގެ އިހުމާލުން ފ.އަތޮޅު މަސްވެރިންނަށް ބޮޑު ތުރާލެއް!

ފީއަލީ އައިސް ޕްލާންޓް ހިންގަނީ ފެނަކައިން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 މާރިޗު 2024 | އަންގާރަ 00:24
ފީއަލީ އައިސްޕްލާންޓް

ފީއަލީ އައިސްޕްލާންޓް

އަބަދުވެސް ދައްކަން މިޖެހެނީ އިހުމާލުގެ ވާހަކައެވެ. ކަންކަން ނޭނގޭ ކަމުގެ ވާހަކަ އާއި ފަރުވާ ކުޑަކަމުގެ ވާހަކައެވެ. މިހާރަކަށް އައިސް މުޅިންހެން ދައްކަން މިޖެހެނީ ކަންކަން ކުވެ ހުންނަ ކަމުގެ ވާހަކައެވެ. ހަމައެހެންމެ ކަންފަސޭހަކަމާއި ފަރުވާލެއް ނެތުމުގެ ސަބަބުން އަގު ނުކުރެވޭނެ އެތައް ގެއްލުމެއް ލިބޭކަމުގެ ވާހަަކައެވެ. މި ފަހަރު ވެސް ހަމަ އެކަހަލަ ވާހަކައެވެ. މި ސަރުކާރުގައި ހިނގާފައިވާ އިހުމާލާއި ފަރުވާތެރިކަން ކުޑަ ކަންކަމަށް އަނެއްކާވެސް އިތުރު ބޮޅެއް އިތުރުވީއެވެ.

މިފަހަރު ދައްކަން މިޖެހެނީ ފ.ފީއަލީގައި ހުރި އައިސްޕްލާންޓުގެ ވާހަކައެވެ. މި އައިސް ޕްލާންޓަކީ ފީއަލީ ކައުންސިލްގެ އިސްނެގުމާއި އެކު ވުޖޫދުވެގެން އައި ތަނަކަށްވީ ނަމަވެސް އެތަނުގެ ހިންގުން ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއިއެވެ. ކަންމިހެން ހުރި އިރު އެ އައިސް ޕްލާންޓަކީ ފީއަލީގެ އިތުރުން ފ.އަތޮޅުގެ އެހެން މަސްވެރިން ވެސް އެ އައިސް ޕްލާންޓަކަށް ބަރޯސާ ވަމުން އައިތަނެކެވެ. އެ ތަނަކުން އެތައް ބަޔަކަށް މަންފާ ލިބެމުން އައިތަނެކެވެ. އެހެނަސް މިހާރު ބައެއްގެ ފަރުވާކުޑަކަމާއި ބަލަން ވާ ވަރަށް ނުބެލުމުގެ ސަބަބުން މި އައިސް ޕްލާޓުގެ ޚިދުމަތް މި ވަނީ މަޑުޖެހިފައެވެ.

ވެގެން އުޅޭ ގޮތް ތިލަކޮށްދޭނަމެވެ. ރޯދަ މަހަށް ހަފްތާ އެއްހާ ދުވަހަށް ވެފައި ވަނިކޮށް މި ދެންނެވި ފީއަލީ އައިސް ޕްލާންޓުން ގޭސް ލީކުވުމުގެ މައްސަލަ އާއި ކުރިމަތިވިއެވެ. އަދި ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމަށް ބެލި ބެލުމުން އެނގުނު ކަމަކީ އެ މައްސަލަ އެ ވަގުތު ހައްލު ކުރެވެން ނެތް ކަމެވެ. އެއީ އެ މައްސަލަ ހައްލުކުރަން ބޭނުންވާ ވޭލްވަކީ ޗައިނާ އިން ގެންނަން ޖެހޭ އެއްޗަކަށް ވެފައި ވަގުތުން ވަގުތަށް އެކަން ނުކުރެވުމެވެ. މައްސަލަ ހައްލުކުރުމަށް އިތުބާރު ހިފޭ މޭރުމަކުން މަސައްކަތް ކުރުމުގެ ބަދަލުގައި މި އައިސްޕްލާންޓުގެ އިސްކޮށް ތިއްބެވި ބޭފުޅުން ނިންމެވީ މޮޑިފިކޭޝަންތަކަކާއި އެކު މައްސަލައަށް ހައްލު ހޯދުމަށެވެ.

ޗައިނާ އިން ގެންނަން ޖެހޭ ވޭލްވު ގެނައުން ލަސްވުމުން، ފީއަލީގައި މޮޑިފައިކޮށްފައިވާ ވޭލްވެއް އައިސްޕްލާންޓުގައި އަޅުވާ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެންނަން ނިންމިއެވެ. އެކަން ކުރީ ފީއަލީ އައިސް ޕްލާންޓު ހިންގުމާއި ހަވާލުވެ ހުންނެވި އެސިސްޓެންޓް މެނޭޖަރ އަހުމަދު ޒާހިރުގެ އެންގުމަށް ކަމަށް ރާއްޖެ އެމްވީ އަށް ވަނީ އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައެވެ. މި މަރުހަލާ އަށް އެކަނި ވެސް ބޮޑު ޚަރަދެއް ހިނގައެވެ. އެހެނީ އައިސްޕާލްޓް ރަން ކުރުމަށް އަށެއްކަ ގޭސްފުޅި އަޅަން ޖެހުމެވެ. ދެން ވެގެން ދިޔަ ގޮތަކީ ގޭސް ލީކުވާތަން ނުބަލާ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެސް ރަންކުރުމުގެ ސަބަބުން ފިލްުކުރި ގޭހަށް ވީ ނުވީ ގޮތެއް ނޭނގި ލީކްވާން ފެށުމެވެ. އެ ހިސާބުން ވެސް މައްސަލަ ހައްލެއް ނުވެއެވެ.

އެ މަރުހަލާގައި އައިސްޕްލާންޓުގެ މެކޭނިކުންނާއި އެހެން ބައެއް ފަރާތްތަކުން ދިން އިރުޝާދުތަކަށް ވެސް އައިސްޕްލާންޓުގެ އިސް މީހުން ދިނީ ބީރު ކަންފަތެކެވެ. އެގޮތުން އައިސްޕްލާންޓުގެ މެކޭނިކް ވަނީ މައްސަލަ ހައްލުކުރުުމަށް އިތުރު ބައިތަކެއް މާލެއިން ގެންދަން ޖެހޭނެ ކަމަށް ބުނެފައެވެެ. އެގޮތުން ސޮލަނޮއިޑް ކޮއިލް އަކާ، އެކްސްޕެކްޝަން ވޭލްވަކާ ހޯދަން ޖެހޭ ކަމަށާއި އޭގެ ތެރެއިން ކޮންމެ ވައްތަރަކުން ދޭތި ބޭނުންވާ ކަމަށް އިރުޝާދު ދިނެވެ.

އައިސްޕްލާންޓުގެ މަސައްކަތް އަލުން ރަންކުރީ 18 މާރޗްގައެވެ. އެއީ ރަމަޟާން މަހުގެ ކުރީކޮޅެވެ. އައިސްޕްލާންޓް ފަންކްޝަން ކުރާ ގޮތް ނުވަތަ މަސައްކަތް ކުރާ ގޮތަށް ބަލާލާއިރު، އައިސްޕްލާންޓްގެ ކޮމްޕްރެޝަރ ރަން ކުރަނީ ގޭސް އެޅީމަ ކަމަށް ވާއިރު އައިސް ފޯރމް ހައްދަނީ ގޭސް އަޅައިގެންނެވެ. އައިސްޕްލާންޓުގެ ހާލަތު ގޯހުން ގޯހަށް ދާން މެދުވެރިވީ ބަލަން ޖެހޭ ވަރަށް ނުބެލުމުން ކަމަށް އައިސްޕްލާންޓުގައި މަސައްކަތް ކުރާ މީހަކާއި ހަވާލާދީ އެ ރަށު މީހަކު ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން ބުނެފައެވެ.

މައްސަލަ ދިމާވެ އައިސްޕްލާންޓް މުޅިން ހުއްޓެން މެދުވެރިވީ މާރޗް 21ގެ ފަތިހުގެ ވަގުތެއްގައެވެ. އޭރު ގޭސް ލީކުވެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ރަނގަޅަށް އައިސްޕްލާންޓުގެ މަސައްކަތްތައް ހިނގި އިރު ދުވާލެއްގެ މައްޗަށް 15-17 ޓަނުގެ އައިސް އެ ޕްލާންޓުން އުފައްދަމުން ދިޔަކަމެވެ. އެހެންނަމަވެސް އައިސް ޕްލާންޓުގައި މައްސަލަ ޖެހި މާރޗް މަހުގެ 18އިގެ ފަހުން ހިންގި އިރު ދުވާލަކު 10 ޓަނު އައިސް ވެސް ނުލިބެއެވެ. ކަން މިހެން ހުރި ނަމަވެސް 2 ދޯންޏަށް ބޭނުންވާ އައިސް އުފައްދަން އައިސްޕްލާންޓުން އޮތީ އޯޑަރު ނަގާފައެވެ. އެގޮތުން2 ދޯންޏަކަށް 8 ޓަނާއި ، 6ޓަނުގެ އައިސް ފޯރުކޮށްދިނުމުން އޯޑަރ ނެގިއެވެ. އައިސް ޕްލާންޓުގައި މައްސަލަ ހުރިކަން އެނގި މައްސަލަ ހައްލު ނުކޮށް އައިސް ފޯރުކޮށްދޭން އޯޑަރ ނަގާފައިވާ ސަބަބާއި މެދު ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ.

ޕްލާންޓް މައްސަލަ ޖެހި 21 ވަނަ ދުވަހު ފަތިހު ޕްލާންޓް ނިވުނީ ޕްލާންޓް އިތުރަށް މަސައްކަތް ކުރަން އުނދަގޫ ހާލަތަށް ކަންކަން ސޮއްސާލައިގެންނެވެ. އެގޮތުން އައިސްޕްލާންޓުގެ ކޮމްޕްރެސަރ ރަން ނުވެގެން އިތުރަށް އަޑު ތަކާއި ވައިބްރޭޝަންތައް އިވެންދެންވެސް އައިސްޕްލާންޓުގެ ވެރިން މަސައްކަތް ކުރީ އައިސްޕްލާންޓަށް ދިމާވި މައްސަލަ އަށް ސަމާލުކަން ނުދީ އައިސްޕްލާންޓު ރަންކުރުމަށެވެ. އައިސްޕްލާންްޓް ހުއްޓުނީ މެޝިންގެ ގޭސް ލީކުވެ މަސައްކަތް ތެރިންނަށް ނުރައްކާތެރި ކަމަށް ހުށަހެޅިދާނެ ފަދަ ހާލަތަކަށް ކަންކަން ދީލާލިފަހުންނެވެ.

އެ ހިސާބަށް ދަންދެން މައްސަލަ އަށް ދޭންވާ ސަމާލުކަން ނުދިނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. މިހާރު އެހުރި ހާލަތުން، އައިސްޕްލާންޓަށް ދިމާވި މައްސަލަ ހައްލު ނުކޮށް ރަންކުރުމުން އައިސްޕްލާންޓުގެ ކޮމްޕްރެސަރ އިތުރަށް ހަލާކުވެ މައްސަލަ ހައްލުކުރުން އިތުރަށް ލަސްވުމުގެ ފުރުސަތު އިންތިހާ އަށް ބޮޑެވެ. އަދި އައިސްޕާލްންޓް ހުއްޓުނު އިރު މިއާއި އެކު ފ.އަތޮޅުގެ މަސްވެރިންނާއި މަހުގެ ވިޔަފާރިއަށް އިންތިހާ ބޮޑު ގެއްލުމަކާއި މިއޮތީ ކުރިމަތިލާން ޖެހިފައެވެ.

އެހެނީ ނިލަންދޫގައި ހުރި އައިސްޕްލާންޓު ވެސް މިވަގުތު ހުއްޓިފައިވުމެވެ. ފީއައްޔަކީ ފަރުމަހަށް ރަމަޟާން މަހު ދާ މީހުން ގިނަ ރަށެކެވެ. އަދި މިއީ ފަރުމަސް ގަންނަ މީހުން ކޮންމެވެސް ވަރަކަށް ތިބި ރަށަކަށް ވާއިރު އައިސް ނުލިބުމުން އެފަދަ ވިޔަފާރިވެރިންނަށް ފަރު މަސް ގަނެވޭކަށް ނެތެވެ. އަދި މި ރަށަކީ ކަނޑުމަސް ގަންނަ މީހުން ވެސް ރޯދަ އަށް އެ ދަތުރު ހުއްޓާލާފައި ފަރުމަސް ގަންނަ ރަށަކަށް ވާއިރު އެކަމަށް ވެސް މިވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މަހަށް ދާއިރު ދޯންޏަށް އައިސް އެޅުން ނޫން މާބޮޑު ގޮތެއް މިވަގުތު މަސްވެރިންނަކަށް ނެތެވެ. ފ.އަތޮޅުގައި އައިސް ލިބޭނެ އެއްވެސް ތަނެއް މިވަގުތު ނެތެވެ. ބައެއްގެ ގޮތްދޫނުރުކުރުމާއި ކަން ފަސޭހަކަމުގެ ސަބަބުން މުޅި ފ.އަތޮޅުގެ މަސްވެރިންނަށް ބޮޑު ތަކުލީފެކެވެ. މައްސަލަ ހައްލުވާނެ އިރެއް، ވަގުތެއް ވެސް އެނގޭ މީހެއް ނެތީއެވެ. އަޑު ނޭހުމާއި، ބޯހަރުކަން ނުދައްކާ މައްސަލަ ހައްލުކުރުމުގައި ފަންނީ މީހުންގެ ބަސް ހޯދި ނަމަ މި ހިސާބަށް ކަންކަން ބޮއްސުން ނުލާނެކަން ޔަގީނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ގެ ފުރަތަމަ މަރާއެކު ސުވާލުތަކެއް - ކަންކަން ދިޔައީ އިހުމާލުންބާ؟

ކޮވިޑް-19 ގެ ފުރަތަމަ މަރާއެކު ސުވާލުތަކެއް - ކަންކަން ދިޔައީ އިހުމާލުންބާ؟

01 މެއި 2020
ކުރުނބާފެން، އައިވީގެ ގޮތުގާދީގެން، އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރި ޙަފީޒާގެ ވާހަކަ

ކުރުނބާފެން، އައިވީގެ ގޮތުގާދީގެން، އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރި ޙަފީޒާގެ ވާހަކަ

17 މާރިޗު 2020
ޕީޕީއެމްގެ އަޑު ކެނޑި، ޔާމީން މިނިވަންކުރުމަށް ބޭއްވި މުޒާހަރާތައް ހުއްޓުމަކަށް!

ޕީޕީއެމްގެ އަޑު ކެނޑި، ޔާމީން މިނިވަންކުރުމަށް ބޭއްވި މުޒާހަރާތައް ހުއްޓުމަކަށް!

23 ޑިސެމްބަރު 2019
ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟

ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟

25 ޖުލައި 2019
ވޯޓު ގުނުމުގައި އަމަލުކުރާ ގޮތް، އެތައް ބައެއްގެ ކަންބޮޑުވުން

ވޯޓު ގުނުމުގައި އަމަލުކުރާ ގޮތް، އެތައް ބައެއްގެ ކަންބޮޑުވުން

15 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު