Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާގައި ހިނގި ބަޑިޖެހުމުގެ ހާދިސާ

މޮސްކޯގެ ކޮންސެޓް ހޯލަކަށް ދިން ބަޑީގެ ހަމަލާއެއްގައި 40 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ

ޓެރަރިޒަމްގެ ގޮތުގައި ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާ މި ހަމަލާއަކީ ފާއިތުވި އަހަރުތަކުގައި ރަޝިއާގައި ދިން އެންމެ ނުރައްކާތެރި ހަމަލާ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 23 މާރިޗު 2024 | ހޮނިހިރު 10:13
ރަޝިއާގައި ހިންގި ބަޑިޖެހުމުގެ ހާދިސާގައި އެ އިމާރާތުގައި ރޯވެފައި

ރަޝިއާގައި ހިންގި ބަޑިޖެހުމުގެ ހާދިސާގައި އެ އިމާރާތުގައި ރޯވެފައި

މޮސްކޯގެ ކޮންސެޓް ހޯލަކަށް ހުކުރު ދުވަހު ބަޑިހިފައިގެން ތިބިބަޔަކު ވަދެ ދިން ހަމަލާއެއްގައި 40 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް އިން ބުނީ މޮސްކޯގެ ހުޅަނގު ފަރާތުގައި ހުންނަ ކްރޮކަސް ސިޓީ ހޯލުގައި ހުންނަ ބޮޑު ކޮންސެޓް ހޯލަކަށް ކޮމްބެޓް ގިޔަރު އަޅައިގެން ތިބި ބަޔަކު ވަދެ، އޮޓޮމެޓިކް ބަޑީގެ ހަމަލާތައް ބެލުންތެރިންނާ ދިމާލަށް ދީފައިވާ ކަމަށެވެ.

ރަޝިޔާގެ އެންމެ އިސް ތަހުގީގީ އިދާރާއިން ދަނީ މި ހަމަލާތަކަކީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގެ ޒިންމާ އައިއެސް އިން ނަގާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާއިރު، މި ވާހަކަތައް އަދި ވެސް މިނިވަންކަމާ އެކު ކަށަވަރުކުރެވިފައެއް ނުވެއެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވަނީ މި ހަރަކާތަކީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ހަމަލާ ދީފައި މިވަނީ ރައީސް ވްލަޑިމިއާ ޕޫޓިން އިންތިޚާބީ މައިދާނުގައި އެގައުމުގެ ބާރު ގަދަކުރެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ.

އިންޓަފެކްސް އިން ބުނި ގޮތުގައި "ޕިކްނިކް" ރޮކް ގްރޫޕް ކޮންސެޓަކަށް ގިނަ ބަޔަކު ބައިވެރިވި އިމާރާތުގެ ދޮރާއި ހޯލުގެ ތެރޭގައި ވެސް ބަޔަކު ބަޑި ޖެހިއެވެ. މަންޒަރު ދުށް މީހުން ރެކޯޑްކުރި ވީޑިއޯތަކުން ފެންނަނީ މެޝިން ގަން ބަޑީގެ ހަމަލާތަކެވެ.

މި ހާދިސާ ހިނގި އިރު ޑްރެސިން ރޫމްގައި ތިބި ބޭންޑުގެ މެމްބަރުން ނަށް އެއްވެސް ގެއްލުމެއް ނުލިބޭއިރު، އެމީހުން ދިޔައީ އެމީހުންގެ ޕާފޯމަންސަށް ތައްޔާރުވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަބަރުފަތުރާ ވަސީލަތްތަކުން ބުނި ގޮތުގައި ހަމަލާދިން މީހުން ވަނީ ގޮވާތަކެތި ވެސް ބޭނުންކޮށް، ކޮންސެޓް ހޯލުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިންގައިފައެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އިމާރާތުގެ މަތިން ކަޅު ދުމުގެ ބޮޑު އަލިފާންގަނޑެއް އުފެދުނެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ މޮސްކޯގެ އެއާޕޯޓުތަކާއި ރޭލްވޭ ސްޓޭޝަންތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ.

ހަތިޔާރު އެޅި ނުރައްކާތެރި ހަމަލާއަށް ފަހު މޮސްކޯގެ މޭޔަރު ސަރްގެއި ސޮބްޔާނިން ވަނީ ހަފުތާ ބަންދުގައި އެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު ހަރަކާތްތައް ކެންސަލް ކުރަން ނިންމައިފައެވެ.

ބެލަރޫސްގެ ލީޑަރު އެލެކްސެންޑާ ލުކަޝެންކޯ ޕުޓިންއަށް ފޮނުއްވި މެސެޖެއްގައި ވަނީ "ކުށެއް ނެތް މީހުން އަނިޔާވެރި ގޮތަކަށް މަރާލުމަކީ" ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

މި ހަމަލާއާ ގުޅިގެން ވައިޓް ހައުސްއިން ވަނީ މަރުވި މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅުކޮށްފައެވެ. ހަމަލާގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމެރިކާއިން ވަނީ މޮސްކޯގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފާނެ ކަމުގެ އިންޒާރު ދީފައެވެ.

މި ހާދިސާއަށް ފަހު ބެލިންގްކެޓްގެ ތަހުގީގީ ނޫސްވެރިޔާ ރިސްޓޯ ގްރޯޒެވް ވިދާޅުވީ ހަމަލާތައް ތައްޔާރު ކުރަނީ އަފްޣާނިސްތާނުގެ ޖަމާއަތެއް ކަމަށްވާ އައިސިސް-ކޭ އިން ކަމަށް ވޮޝިންޓަނުން ބުނެފައިވާ ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ޑެޕިއުޓީ ޗެއާމަން ދިމިޓްރީ މެޑްވެޑޭވް ވިދާޅުވީ މި ހަމަލާގެ ފަހަތުގައި އޮތީ "ކީވް ސަރުކާރު" ކަމަށް ބެލެވޭ ކަމަށެވެ.

ޔޫކްރެއިންއިން މި ހަމަލާތަކުގައި ބައިވެރިވިކަމަށް އިންކާރުކޮށްފައިވާއިރު، ޔޫކްރެއިންގެ ރައީސްގެ އެޑްވައިޒަރެއް ކަމުގައިވާ މައިޚައިލޯ ޕޮޑޮލްޔަކް ވަނީ އެކްސްގައި އެކަން ލިޔުއްވާފައެވެ.

"ކްރޮކަސް ސިޓީ ހޯލް (މޮސްކޯ ރީޖަން، ރަޝިއާ) ގައި ހިނގި ބަޑީގެ ހަމަލާތަކާއި ގޮވުންތަކުގައި ޔޫކްރެއިންގެ އެއްވެސް ގުޅުމެއް ނޯންނާނެކަން ޔަގީނެވެ. އޭނާ ލިޔުއްވާފައި ވެއެވެ.

ރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު