Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑިޝަރީއަށް ފާޑު ވިދާޅުވުން

ޔާމީންގެ ޝަރީއަތްތައް ރޮކެޓު ސްޕީޑުގައި ދިޔައީ ވަސީލަތް ގިނަވެގެންތޯ ސުވާލު އުފައްދަވައި ޖުޑިޝަރީއަށް ޖަމީލުގެ ފާޑުކިޔުން

އެމައްސަލައިގެ އިސްތިއުނާފު މިއަދު ފިނިހަކި ސްޕީޑްގައި އަޅުވަނީ ވެސް ވަސީލަތް މަދުވެގެންތޯ ސުވާލު އުފައްދަވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 މާރިޗު 2024 | ހޮނިހިރު 07:41
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތައް ރޮކެޓު ސްޕީޑުގައި ދިޔައީ ވަސީލަތް ގިނަވެގެންތޯ ސުވާލު އުފައްދަވައި ޖުޑިޝަރީއަށް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްޖެއެވެ.

ޖަމީލު ވަނީ ޔާމީނުގެ މައްޗަށް ހުކުމް ޖަހަންވުމުން ވ. އާރަށުގެ ޝަރީއަތް ރޮކެޓް ސްޕީޑްގައި ކުރިއަށް ގެންދެވުނީ ވަސީލަތް ގިނަވެގެންތޯ އަދި ހަމަ އެމައްސަލައިގެ އިސްތިއުނާފު މިއަދު ފިނިހަކި ސްޕީޑްގައި އަޅުވަނީ ވެސް ވަސީލަތް މަދުވެގެންތޯ ސުވާލު އުފައްދަވާފައެވެ.

Advertisement - newsAdvertisement

ޖަމީލު ވިދާޅުވީ ޖުޑިޝަރީއަކީ މައުސޫމް، ވަކިފަރާތަކަށް ނުޖެހޭ އަދި ނުފޫޒުން މިނިވަން ބައެއްކަމަށް ދައްކަން އުޅުމަކީ ބިންމަތީގައި ތިބެގެން ހަނދަށް ކުޅުޖަހަން އުޅުންކަހަލަ ކަމެއް ކަމަށެވެ.

ޖުޑިޝަރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު ޖަމީލު ވަނީ ނުކުރަންވީ ސިޔާސީވުމާއި، ވެރިންގެ ރުހުން ހޯދަން އުޅުން ކަމަށެވެ. އަދި ކުނިވެ ފުޅައަޅާފައިވާ މަސްގަނޑެއް ފަދައިން މުޅި މާހައުލު ތަޢައްރުކުރާ ސިޔާސީ ހަތިޔާރަކަށް ނުވުމަށް ޖަމީލު ގޮވާލެއްވިއެވެ.

ޖަމީލުގެ ފާޑުކިޔުން ޖުޑިޝަރީއަށް އަމާޒުވެފައި މިވަނީ ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ނުލިބޭނަމަ ޝަރީއަތްތައް އަވަސް ވާނެ ކަމަށް އުއްމީދު ނުކުރެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު ވިދާޅުވެފައިވާތީއެވެ.

ސުއޫދު މިހެން ވިދާޅުވީ 72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ ޢިރުފާން ތަޤިއްޔު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފީ އަޑުއެހުމުގަ އެވެ. ސުއޫދު ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތްގޮތުން ގިނަ އަދަދެއްގެ މީހުން ބަންދުގައި ތިބެންޖެހޭ މައްސަލަތައް ހައްލު ކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ މަރުހަލާ އަވަސްކުރުން ކަމަށެވެ. އަދި ޝަރީއަތުގެ މަރުހަލާ އަވަސް ކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރީއަތް ކުރާނެ، އެކަން ކުރުމަށް އެކަށޭނެ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ވީހައި އަވަހަކަށް ޝަރުއީ ދާއިރާއަށް ހޯދައިދިނުމުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

ޖުޑިޝަރީޑރ. މުޙައްމަދު ޖަމީލް އަޙުމަދު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

06 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ
05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު