Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން ކުޑަހުވަދޫގެ މައްޗަށް މާޒިޔާ ކުރިހޯދައިފި

ކުޑަހުވަދޫ މައްޗަށް މާޒިޔާ ކުރިހޯދީ 0-4 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 4 އޯގަސްޓު 2017 | ހުކުރު 21:16
މާޒިޔާ އަދި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އަދި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގު ހުޅުވި މެޗުގައި، މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން، ދ.ކުޑަހުވަދޫގެ މައްޗަށް މާލޭ ލީގުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން ބޮޑު ތަފާތަކުން ކުރިހޯދައިފިއެވެ.

ހުކުރު ދުވަހުގެރޭ ކުލަގަދަ ރަސްމިއްޔާތަކާއެކު ދިވެހި ޕްރިމިއާ ލީގު ފެށިއިރު، ލީގް ހުޅުވި މެޗަށް ފްރާންސް އަދި ޗެލްސީގެ ކުރީގެ ޑިފެންޑަރު މާސެލް ޑެސައިލީ ވަނީ ގެނެސްފައެވެ. އޭނާ ވަނީ މާޒިޔާ އަދި ކުޑަހުވަދޫ ބައްދަލުކުރި މެޗުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މާޒިޔާ އަދި ކުޑަހުވަދޫ ބައްދަލުކުރި މެޗު މާޒިޔާ އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު، 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗު ފެށިގެން މިނެޓެއް ނުވަނީސް މާޒިޔާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މުހައްމަދު އުމެއިރު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ލަނޑަށްފަހުވެސް މާޒިޔާ އިން ދިޔައީ ކުޑަހުވަދޫގެ ހާފަށް ބާރުބޮޑުކޮށް، ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ. އެގޮތުން މާޒިޔާގެ ކެރިޗް އަދި އަސަދުﷲ އަށް ފުލުފުލުގައި ލިބުނު ހުސް ފުރުސަތައް ހިމެނެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ކުޑަހުވަދޫގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާޒިޔާ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފްގައި ކުޑަހުވަދޫގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، އެޓީމަށް ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް މުޅި މެޗުގައިވެސް ލިބިފައެއް ނުވެއެވެ.

މާޒިޔާ އިން މެޗުގެ ލީޑު ފުޅާކުރީ 55 ވަނަ މިނެޓުގައި ކެރިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ، ކުޑަހުވަދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އަސަދުﷲ ދިން ޕާހަކުންނެވެ.

މާޒިޔާގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ 69 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކެރިޗެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އަސްހަދު އަލީ (އަޑުބަރޭ) ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ. މެޗުގެ ފަހު ލަނޑަކީ ކުޑަހުވަދޫގެ ރަޝާދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ވެސް މެޗެއް ކުޅޭނެއެވެ. ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބެވެ. މި މެޗު ފަށާނީ 21:00 ޖަހާއިރެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު