Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެނެޑާގެ ޕާލަމެންޓް

ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ގޮވާލާ ހުށަހެޅުމަށް ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި

އިދިކޮޅު ނިއު ޑިމޮކްރެޓިކް ޕާޓީން ހުށަހެޅި މި ހުށަހެޅުމަށް ރުހުން ލިބުނީ 117 ވޯޓުގެ މައްޗަށް 204 ވޯޓުގެ އަޣުލަބިއްޔަތުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 21 މާރިޗު 2024 | ބުރާސްފަތި 11:32
ކެނެޑާގެ ގާނޫނު ހަދާ މަޖިލިސް

ކެނެޑާގެ ގާނޫނު ހަދާ މަޖިލިސް

ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ތާއީދުކުރުމަށް ކެނެޑާ ސަރުކާރަށް ގޮވާލާ ހުށަހެޅުމަށް ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފިއެވެ.

ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރީ "ދެ ދައުލަތެއްގެ ހައްލުގެ ދަށުން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް" ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ނޮން-ބައިންޑިން ހުށަހެޅުމެކެވެ.

އިދިކޮޅު ނިއު ޑިމޮކްރެޓިކް ޕާޓީން ހުށަހެޅުއްވި މި ހުށަހެޅުމަށް ރުހުން ލިބުނީ 117 ވޯޓުގެ މައްޗަށް 204 ވޯޓުގެ އަޣުލަބިއްޔަތުންނެވެ.

ޑްރާފްޓް ޕްރޮޕޯސަލްގައި ވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތައް ބަލައިގަތުމާއި ހަތިޔާރު ވިއްކުން ހުއްޓުވުންފަދަ ކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ޕާލަމެންޓުގައި ބަހުސްކުރުމަށްފަހު އެ ހުށަހެޅުން އިސްލާހުކޮށްފައި ވަނީ "ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ގޮވާލާ ގޮވާލުމަކަށް" ބަދަލު ގެނައުމަށެވެ.

ކެނެޑާއިން މިދިޔަ ހަފުތާގައި ވަނީ، ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީއާއި ޢާއްމުން މަރުވާރޭޓް މަތިވަމުންދާތީ ޖެނުއަރީ މަހުން ފެށިގެން އިޒްރޭލަށް ނޮން ލީތަލް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލަން ނިންމައިފައެވެ.

1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން ކެނެޑާއާ އިސްރާއީލާ ދެމެދު ގާތް ގުޅުމެއް އޮންނަތާ 70 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ކެނެޑާއަކީ އިސްރާއީލު އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އެ ގައުމަކީ ޔަހޫދީ ދައުލަތަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ. ޑިމޮކްރަސީއާއި ޕްލޫރަލިޒަމް، އަދި ގާނޫނީ ވެރިކަންފަދަ އަސާސްތައް ދެ ގައުމުގެ މެދުގައި އެބައޮތެވެ.

ކެނެޑާގެ 750،000 އެއްހާ މީހުން ޔަހޫދީ ތަރިކައަށް ދައުވާކުރާއިރު، ކެނެޑާގައި އިސްރާއީލުގެ 25،000ށްވުރެ ގިނަ މީހުން ދިރިއުޅެމުން ދެއެވެ. މި ގުޅުމުގެ ތެރޭގައި އިގުތިސާދީ ގޮތުންނާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިވެ، ދެފަރާތުގެ ވިޔަފާރީގެ މުއާމަލާތްތައް އަހަރަކު ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރަށް އަރައެވެ.

ކެނެޑާއާއި އިސްރާއީލުން ވެސް ދަނީ ސައިންޓިފިކް، ޓެކްނޮލޮޖީ އަދި ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކެނެޑާއިން ދެކޮޅުހަދާ (ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ވަޒަންވެރިކުރުމާ ގުޅޭ) މައްސަލަތަކާ ގުޅިގެން އެ ގުޅުމަށް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ޣައްޒާކެނެޑާއިޒްރޭލްފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު