Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

އިތުރު އަނިޔާއެއް ލިބި، ކޯޓުއާ އަށް ސީޒަން ނިމިއްޖެ

20 މާރިޗު 2024 | ބުދަ 00:19

ފަރިތަކުރުމުގެ ތެރެއިން ކޯޓުއާގެ ކަނާއަތު ފައިގެ ކަކުލަށް ވަނީ އަނިޔާވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މާރިޗު 2024 | ބުދަ 00:19
ރެއާލްގެ ފަރިތަކުރުމުގައި ކޯޓުއާ

ރެއާލްގެ ފަރިތަކުރުމުގައި ކޯޓުއާ

ސްޕެއިންގެ ރެއާލް މެޑްރިޑުގެ އެއް ނަންބަރު ގޯލު ކީޕަރު، ތިބައޫ ކޯޓުއާ އަށް ލިބުނު އިތުރު އަނިޔާއެއްގެ ސަބަބުން، މި ސީޒަންގެ ބާކީ ބައި އޭނާ އަށް ގެއްލިއްޖެ އެވެ.

ބެލްޖިއަމްގެ ޤައުމީ ޓީމުގެ ވެސް ގޯލު ކީޕަރުގެ ވާއަތު ފައިގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދޭތެރެއިން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. އެ އަނިޔާ އިން ރަނގަޅުވެ އޭނާ މަސައްކަތް ކުރަމުން އައީ އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އައުމަށެވެ.

އަނިޔާ އިން ރަނގަޅުވެ، ފަރިތަކުރުމުގައި ބައިވެރިވަމުން އަންނަނިކޮށް ކޯޓުއާ އަށް ވަނީ އިތުރު އަނިޔާއެއް ލިބިފަ އެވެ. ފަރިތަކުރުމުގެ ތެރެއިން ކޯޓުއާގެ ކަނާއަތު ފައިގެ ކަކުލަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާގެ ސަބަބުން ގާތް ގަނޑަކަށް ދެ މަސް ދުވަހު ކޯޓުއާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެހެންކަމުން މިހާރު ކުރިއަށްދާ ސީޒަންގެ ބާކީ ބައި އެއްކޮށް ކޯޓުއާ އަށް ގެއްލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެތުލެޓިކޯ މެޑްރިޑުގައި ހުރުމަށްފަހު ކޯޓުއާ ރެއާލަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. ރެއާލުން އޭނާ ހޯދީ، އެ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ކޯޓުއާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވުނީ ވެސް ކޯޓުއާ އެވެ.

ކޯޓުއާ ވަނީ މިހާތަނަށް 230 މެޗެއްގައި ރެއާލްގެ ގޯލު ބަލަހައްޓައިފަ އެވެ. އަނިޔާގެ ސަބަބުން މިހާރު ކުރިއަށްދާ ސީޒަންގައި އޭނާ އަށް އެއްވެސް މެޗެއް ނުކުޅެވެ އެވެ. ރެއާލަށް ބަދަލުވެ އެ ކުލަބާއެކު ކޯޓުއާ ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ޙާސިލުކޮށްފަ އެވެ.

ރެއާލް މެޑްރިޑްތިބައޫ ކޯޓުއާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް