Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ބޮލީވުޑްގެ ނެށުންތެރިޔާ އަބިޖީތް ޝިންޑޭ ދަންޖެހިގެން މަރުވެއްޖެ

އަންހެނުން ގެއިން ނުކުމެގެންދިޔަ ފަހުން އޭނާ ވަނީ ޑިޕްރެޝަނަށް ގޮސްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 24 އޯގަސްޓު 2018 | ހުކުރު 06:50
އަބީޖީތް ޝިންޑޭ އާއި ރަންބީރު ކަޕޫރު އަދި ރަންވީރު ސިންގް

އަބީޖީތް ޝިންޑޭ އާއި ރަންބީރު ކަޕޫރު އަދި ރަންވީރު ސިންގް

ރަންބީރު ކަޕޫރު، ރަންވީރު ސިންގް އަދި އަޖޭ ދޭވްގަންއާ އެކު މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ ނެށުންތެރިޔާ އަދި ރެޕާ އަބީޖީތް ޝިންޑޭ ދަންޖެހިގެން މަރުވެއްޖެއެވެ.

އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހު މުމްބާއީގައި ހުންނަ އޭނާގެ ރެޒިޑެންސްގައެވެ.

މަހެއްހާ ދުވަސް ކުރިން އޭނާގެ އަންހެނުން ގެއިންނުކުމެގެންދިޔަ ފަހުން އޭނާ ވަނީ ޑިޕްރެޝަނަށް ގޮސްފައި ކަމަށް މުމްބާއީ މިރާަރ ގައި ވަނީ ރިޕޯޓްކޮށްފައެވެ.

"ޝިންޑޭގެ އަންހެނުން ފާއިތުވި ތިން މަސް ދުވަހު ދިރިއުޅެމުން ގެންދަނީ މަންމަގެ ގޭގައި. ޝިންޑޭގެ ދެ އަހަރުގެ އަންހެން ދަރިފުޅާ ބައްދަލުވުމުގެ ފުރުސަތު އަންހެނުން ނުދޭތީ އެކަމާ އޭނާ ހުންނަނީ ނުރުހުންވެފައި. ފަހަކަށް އައިސް އޭނާ ހުންނަނީ ޑިޕްރެޝަނަށް ގޮސްފައި،" މިރާރ އަށް ފުލުސް އޮފިސަރަކު ބުނެފައި ވެއެވެ.

ޝިންޑޭ ފަންކާގައި ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އޭނާގެ އަވަށްޓެރިއަކަށެވެ. އަވަށްޓެރިޔާ އޭނާ ކޮބައިތޯ ބަލަން އެގެއަށް ދިޔައިރު ގޭގެ ދޮރު ހުރީ ހުޅުވާފައެވެ. އަވަށްޓެރިޔާ ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ވަނީ ބުނެފައެވެ.

ޝިންޑޭ މަރުވުމުގެ ކުރިން ލިޔެފައިވާ ނޯޓްގައި އޭނާ ވަނީ އެކައުންޓްގައި ހުރި ފައިސާ ދަރިފުޅަށް ދިނުމަށް އެދިފައެވެ. ފުލުން މިހާރު ވަނީ އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2018

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ

07 މާރިޗު 2018
ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ
20 ޑިސެމްބަރު 2017

އާ އަހަރުގެ ޝޯއަށް ބޮލީވުޑްގެ ދެ ފަންނާނަކު ގެންނަނީ

20 ޑިސެމްބަރު 2017
އާ އަހަރުގެ ޝޯއަށް ބޮލީވުޑްގެ ދެ ފަންނާނަކު ގެންނަނީ
14 ޑިސެމްބަރު 2017

ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު ނީރަޖް މަރުވެއްޖެ

14 ޑިސެމްބަރު 2017
ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު ނީރަޖް މަރުވެއްޖެ
23 ނޮވެމްބަރު 2017

ބޮލީވުޑްގެ ތަރި އުރުވަޝީ ރާއްޖޭގައި

23 ނޮވެމްބަރު 2017
ބޮލީވުޑްގެ ތަރި އުރުވަޝީ ރާއްޖޭގައި
21 ޖުލައި 2017

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު