Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބިދޭސީންގެ މައްސަލަ

ބިދޭސީންގެ މައްސަލަ ފާލުން ނެއްޓުމަކީ އެތައް އަހަރެއްގެ އިހުމާލުގެ ނަތީޖާ، ހަމަމަގަށް އަޅުވަން ކުރަންޖެހޭ މަސައްކަތް ބުރަ

ގަވާއިދާ ޚިލާފަށް ކަންކަން ހިންގާ ބިދޭސީންގެ މައްޗަށް ހިންގޭ ގާނޫނެއް ނޯވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މާރިޗު 2024 | ހޮނިހިރު 10:00
ބިދޭސީން އަނބުރައިގައުމަށް ފޮނުވާލުމަށް މިދިޔަ ސަރުކާރުގައި ހިންގުނު ޕްރޮގްރާމުގެ ތެރެއިން

ބިދޭސީން އަނބުރައިގައުމަށް ފޮނުވާލުމަށް މިދިޔަ ސަރުކާރުގައި ހިންގުނު ޕްރޮގްރާމުގެ ތެރެއިން

ބިދޭސީންގެ މައްސަލައަކީ މި ގައުމުގައި މިއަދު ބޮޑުވެފައިވާ މައްސަލައެކެވެ. ވަކިން ޚާއްސަކޮށް ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަަދަދު ދުވަހެއް ދުވަހަކަށް އިތުރުވުމާއި، ބިދޭސީން ކުރުން މަނާ ވިޔަފާރީގެ ތެރެއަށް އަތްގަދަކުރުމާއި، ތަފާތު އެކި ބާވަތްތަކުގެ ކުށްތަކަށް އަރައިގަތުންވެސް މި ވަނީ އިންތިހާއަށް އިތުރުވެފައެވެ.

2022 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިޔަށްގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 26 އިންސައްތަ ހިއްސާކުރަނީ ބިދޭސީންނެވެ. 

މިއަދު ތަފާތު އެކި ވިޔަފާރިތަކުގެ މައްޗަށް ބިދޭސީން އަތްގަދަކުރަމުން ދާއިރު، ގަވާއިދާ ޚިލާފަށް ކަންކަން ހިންގާ ބިދޭސީންގެ މައްޗަށް ހިންގޭ ގާނޫނެއް ނޯވެއެވެ. ނުވަތަ ގާނޫނެއް އޮތަސް ތަންފީޒު ކުރެވޭ ގޮތެއް ނޯވެއެވެ.

އެކަމުގެ ސަބަބުން އެ މީހުންގެ އަތުން ޓެކުހެއްވެސް ނުނެގި، އެތައް ވިޔަފާރިތަކެއްގެ ޒަރީއާއިން ރާއްޖޭގެ އިގްތިސާދަށް އޭގެ އަސަރު ކުރެއެވެ. ނަމަވެސް އެކަންކަމުގެ ބެލެނިވެރި އިދާރާތަކަށް ހިލަމެއް ނުވެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވުމުގެ ސަބަބުން ނުރަނގަޅު އެތައް ކަމެއްވެސް ދަނީ ފެންމަތިވަމުންނެވެ.

މިހާރު ރާއްޖޭގެ ކުށުގެ ވެއްޓަށް ބެލިއަސް، ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ ތެރޭގައި ބިދޭސީން ނުހިމެނޭ ފަހަރެއް މަދެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކުރެވޭއިރު ގިނަ ފަހަރަށް އެމީހެއްގެ އަތުގައި ރަނގަޅު ވޯރކް ޕަރމިޓެއްވެސް ނޯވެއެވެ. އެހެން ނަމަވެސް ރާއްޖެ އައިސް އުޅޭކަމަށްވަނީ ކޮންމެވެސް މަސައްކަތެއްގައެވެ.

މިހާ ހިސާބަށް މި މައްސަލަ ދިޔައީ ގައިމުވެސް ކަމާ ގުޅުންހުރި އިދާރާތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމުގެ ސަބަބުންނެވެ. ގާނޫނުތަކާއި، ގާނޫނުތަކުގެ ދަށުން ހެދިފައިވާ އުސޫލުތަކާއި ގަވާއިދުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުންނެވެ.

ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް އެކި ސަރުކާރުތަކުން އެކި މިންވަރަށް ކޮށްފައިވެއެވެ. ބައެއް ސަރުކާރުތަކުގައި އެކަމުގެ ކޮންމެވެސް މިންވަރެއްގެ ނަތީޖާތަކެއް ނެރެވޭފަދަ މަސައްކަތްތަކެއް ކުރެވެން ފެށިފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މި މައްސަލަ އޮތީ ބޮއްސުންލައިގެން ގޮސްފައިވާ ބޮޑު މައްސަަލައެއްގެ ގޮތުގައެވެ.

މިއަދުވެސް މިކަންކަން ހައްލުކޮށް، ބިދޭސީންގެ މައްސަލައަށް ހައްލު ގެނެވޭނީ ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކޮށްގެންނެވެ. ނަތީޖާ ނެރެވެންދެން ހުއްޓުމެއް ނެތި މަސައްކަތް ކޮށްގެންނެވެ. މިއީ ދުވަސް ނަގާނެ ކަމެއް ކަމަށް ބެލެވުނު ނަމަވެސް، އިޚްލާސްތެރިކަމާއެކު، މެދުނުކެނޑި އިދާރާތަކުން މަސައްކަތް ކޮށްފިނަމަ މިއީ ނުވާނެ ކަމެއް ނޫނެވެ.

ބިދޭސީން

އިތުރަށް ކިޔާލަން

12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
01 މެއި 2025

އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު

01 މެއި 2025
އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު
17 ޑިސެމްބަރު 2024

ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި

17 ޑިސެމްބަރު 2024
ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި
08 ޑިސެމްބަރު 2024

މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ

08 ޑިސެމްބަރު 2024
މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ
07 ޑިސެމްބަރު 2024

މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

07 ޑިސެމްބަރު 2024
މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
27 އޮކްޓޯބަރު 2024

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2024
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު