Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގައި 6 މީހަކު ޝަހީދުކޮށްލުން

‎‏ޣައްޒާގައި އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލައިފި‏‎

14 މާރިޗު 2024 | ބުރާސްފަތި 14:32

މިހާތަނަށް ޣައްޒާގައި 31،270ށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާކަމަށް އެ ސަރަހައްދުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 މާރިޗު 2024 | ބުރާސްފަތި 14:32
ރަފަހްގައި އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދަނީ ޝަހީދު ކުރަމުން

ރަފަހްގައި އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދަނީ ޝަހީދު ކުރަމުން

ޣައްޒާގައި ކާބޯތަކެތީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ރައްޔިތުންތަކަކަށް އަމާޒުކޮށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން 6 މީހަކު ‎‎މަރުވެ 83 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.‎

‎މި ހަމަލާ ދީފައި މި ވަނީ، ފަލަސްތީނުގެ ދެކުނުގެ ރަފަހް ސިޓީގައި ހުންނަ އދ.ގެ ކާބޯތަކެތި ޑިސްޓްރިބިއުޝަން ސެންޓަރަކަށް އިސްރާއީލު ‎‎ސިފައިން ދިން ބޮމުގެ ހަމަލާއެއްގައި އދ.ގެ އެޖެންސީ ފޯރ ފަލަސްޓީން ރެފިއުޖީސް (އަންރާ)ގެ މެމްބަރަކާއެކު ފަސް މީހަކު ‎‎ޝަހީދުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. ‎

‎ޔޫއެންއާރްޑަބްލިއުއޭގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒާރިނީ އެކްސްގައި ވިދާޅުވެފައިވަނީ، މި ހަނގުރާމަ ފެށުނީއްސުރެ އދ.ގެ ‎‎މަރުކަޒުތަކަށާއި ގާފިލާތަކަށާއި ސިފައިންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނަށް ވަރަށް ބޮޑަށް ‎‎ނުކިޔަމަންތެރިވެ، އާންމުވެފައިވާ ކަމެއް ކަމަށެވެ.‎

‎ޣައްޒާގެ ރައްޔިތުން އެމީހުންގެ ސަލާމަތަށްޓަކައި ރަފަހަށް ދިއުމަށް ޣައްޒާގެ ރައްޔިތުންނަށް އިރުޝާދު ދިނުމަށްފަހު، އިސްރާއީލުން ވަނީ ‎‎ޣައްޒާގެ ދެކުނުގައި އަސްކަރީ ހަމަލާތައް ދޭން ރާވާފައިވާތީ، މިވަގުތު އެތަނުގައި ތިބި ފަލަސްތީނުގެ 1.4 މިލިއަން މީހުން ޣައްޒާގެ ‎‎މެދުތެރޭގައި ހިޔާވަހިކަން ހޯދުމަށް އަންގާފައެވެ.‎

‎އިސްރާއީލުގެ ޗީފް މިލިޓަރީ ސްޕޯކްސްޕަރސަން ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވިދާޅުވީ، އާންމުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެއްޗާއި ‎‎ފެނާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި "ހިއުމެނިޓޭރިއަން އައިލެންޑްސް"އަށް ފޮނުވާނެ ކަމަށެވެ.‎

‎އިސްރާއީލުގެ ބައިވެރިން ހިމެނޭގޮތަށް އިންސާނީ އެހީދޭ ޖަމާއަތްތަކާއި ގިނަ ސަރުކާރުތަކުން ވަނީ، މީހުން ތޮއްޖެހިފައިވާ ސަރަހައްދަށް ‎‎އަސްކަރީ ހަމަލާއެއް ދިނުމަކީ ބޮޑު ކާރިސާއަކަށް ވާނެކަމުގެ އިންޒާރު ދީފައެވެ.‎

‎އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ 31،270އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް އެ ސަރަހައްދުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ. މަރުވާ މީހުންގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ‎‎އަންހެނުންނާއި ކުޑަކުދިންކަމަށް އެ މިނިސްޓްރީން ބުނެއެވެ.‎

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާއިރު، ‎‎ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ފަރުވާ ލިބޭނެ ގޮތެއް ޣައްޒާގައި މިހާރަކު ނެތެވެ. ޣައްޒާގެ އިންފްރާސްޓްރަކްޗަރގެ 60 ‎‎އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.ން ބުނެއެވެ.‎

‎ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާ ހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ‎‎ވަގުތީ ހުކުމެއްގައި ވަނީ، ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަމަލުތައް ‎‎ހުއްޓާލައި، ފިޔަވަޅުއެޅުމަށް ތެލްއަވީވަށް އަންގާފައެވެ.‎

ޣައްޒާއިޒްރޭލްފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް