Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާއަށް އެހީފޯރުކޮށްދިނުން

‎‏ޣައްޒާއަށް ފޯރުކޮށްދެމުންދާ އެހީގެ އެއަރޑްރޮޕްތަކަށް އިންސާނީ އެހީދޭ ޖަމާޢަތްތަކުން ފާޑުކިޔައިފި‏‎

އެއާރޑްރޮޕްގެ އެހީއަކީ ދުނިޔޭގެ ލޮލުގައި އަޅުވަމުންދާ އަނދުނެއްކަމަށް އެންޖީއޯތަކުން ވަނީ ބުނެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 14 މާރިޗު 2024 | ބުރާސްފަތި 09:32
ވައިގެ މަގުން ޣައްޒާއަށް އެހީގެ އެއަރޑްރޮޕްތައް ފޯރުކޮށްދެނީ

ވައިގެ މަގުން ޣައްޒާއަށް އެހީގެ އެއަރޑްރޮޕްތައް ފޯރުކޮށްދެނީ

ވައިގެ މަގުންނާއި ކަނޑުމަގުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަކީ އެއްގަމު އުޅަނދުފަހަރުގައި އެހީ ފޯރުކޮށްދިނުމާ އަޅައިގާތް ވެސް ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ އިންސާނީ ‎‎ހައްގުތަކަށް މަސައްކަތްކުރާ ބޮޑެތި 25 ޖަމިއްޔާއަކުން ފާޑުކިޔައިފިއެވެ. ‎

‎އެމްނެސްޓީ، އެކްޝަން އެއިޑް އިންޓަނޭޝަނަލް އަދި އޮކްސްފާމް ފަދަ ޖަމިއްޔާޖަމާއަތްތަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ ‎ދާއިމީ ގޮތެއްގައި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްތީނުގެ އެންކްލޭވްއަށް އެއްގަމު އުޅަނދުތައް މެދުވެރިކޮށް "ރައްކާތެރި އަދި ހުއްޓުމެއް ނެތި" ‎‎އިންސާނީ ވަސީލަތްތައް ގާއިމުކުރުމަށް ގައުމުތަކުގެ ކިބައިން އެދިފައެވެ. ‎

‎ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މަންޒަރުދައްކާ ދުނިޔޭގެ ލޮލުގައި އަނދުންއަޅުވަން އެއާޑްރޮޕްތަކާއި މެރިޓައިމް ކޮރިޑޯއެއް ހުޅުވަން ކުރާ މަސައްކަތުގެ ފަހަތުގައި ދައުލަތްތަކަށް ފޮރުވިގެން ނުވާނެ ކަމަށް 25 އެންޖީއޯއިން އެކުވެގެން ނެރުނު ބަޔާނުގައި ލިޔެފައިވެ ‎‎އެވެ.‎

އިންސާނީ އެހީއަށް މަސައްކަތްކުރާ އެހެން ޖަމިއްޔާތަކާއި ސްޓޭޓްތަކުން ބުނަމުން ދަނީ ސިޔާސީ ގޮތުންނާއި ސަލާމަތީ ‎‎ގޮތުން ދިމާވެފައިވާ ނުތަނަވަސް ހާލަތަށް ބަލާއިރު، އެއާޑްރޮޕަކީ މިވަގުތަށް ލިބެން އޮތް އެންމެ ރަނގަޅު ހައްލެއް ކަމަށެވެ. ‎

‎ފަސް މަސް ދުވަހުގެ ހަނގުރާމައަށްފަހު ޣައްޒާގައި މިވަގުތު ބަނޑުހައިހޫނުކަމުގެ މައްސަލަ ކުރިމަތިވެފައިވާ އިރު، އެގައުމުގެ ސިއްހަތާ ބެހޭ ‎‎ވުޒާރާއިން މިދިޔަ ހަފުތާގައި އަންދާޒާކޮށްފައިވާ ގޮތުގައި އުތުރު ޣައްޒާގެ ހޮސްޕިޓަލްތަކުގައި ނިއުޓްރިޝަން އާއި ޑީހައިޑްރޭޝަންގެ ‎‎ސަބަބުން 20 މީހުން ވަނީ މަރުވެފައެވެ.‎

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ މީގެ ކުރިން ހަފުތާ ބަންދުގައި ކުރި ޒިޔާރަތުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ‎‎10 ކުއްޖަކު މަރުވި މަންޒަރު އެ ޖަމިއްޔާގެ ޓީމުން ފެނިފައިވާ ކަމަށެވެ. ‎

‎އިސްރާއީލު ސިފައިން ޣައްޒާއަށް އެއްގަމު އުޅަނދުފަހަރުގައި އެހީދޭ ގާފިލާތަކަށް ވަނުމަށް ހުރަސް އެޅުމާއި ބަޑީގެ ހަމަލާތައް ދެމުން ‎‎އަންނަ ކަމަށް ތުހުމަތުކުރެއެވެ. އިސްރާއީލުން ވަނީ އެހީ އަށް ހުރަސް އެޅުމަށް އިންކާރުކޮށް، އޭގެ ބަދަލުގައި އދ.ގެ އެޖެންސީތަކަށް ‎‎"ބެކްލޮގްސް" ގެ ތުހުމަތު ކޮށްފައެވެ.‎

‎ވަކިން ހާއްސަކޮށް އުތުރުގެ ސަލާމަތީ ހާލަތު ގޯސްވެ، ހާލުގައި ޖެހިފައިވާ ފަލަސްތީނާއި ގޭންގުތަކުގެ މީހުން އެހީގެ ޓްރަކްތަކަށް ހަމަލާދިނުމުގެ ސަބަބުން  ‎‎މީގެ ކުރިން ވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ވަނީ ސަޕްލައި ކުރުން ހުއްޓާލަން މަޖުބޫރުވެފައެވެ. ‎

‎ހުޅަނގުގެ ގައުމުތަކާއި ޖަމިއްޔާތަކުން ވަނީ ޣައްޒާއަށް އިތުރު ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކޮށް އެކަމަށް ރައްދު ‎‎ދީފައެވެ. ‎ އެގޮތުން މިދިޔަ އަންގާރަ ދުވަހު ސްޕެއިންގެ އުޅަނދެއް ސައިޕްރަސްއިން ފުރައިގެން ދިޔައީ ޣައްޒާގައި ރައްޔިތުންނަށް ބޭނުންވާ 200 ‎‎ޓަނުގެ ފުށް އަދި ހަނޑޫ ހިފައިގެންނެވެ.‎

‎ނަމަވެސް އުޅަނދުގެ ދަތުރަކީ އެ ސަރަހައްދަށް އެހީ ފޯރުކޮށްދިނުމަށް ސީ ކޮރިޑޯއެއް ހުޅުވުމުގެ އިމްތިހާނެއް ކަމަށް ބެލެވޭއިރު، ‎‎އެންޖީއޯތަކުން ވަނީ އެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ ފުދޭ ވަރުގެ އެހީއެއް ނޫން ކަމަށް ބުނެފައެވެ.‎

‎އެއާޑްރޮޕްތަކުން ފޯރުކޮށްދެނީ މަދު ޓަނެއްގެ ކާބޯތަކެތީގެ އެހީ ކަމަށާއި ފަސް ޓްރަކްގެ ގާފިލާއަކަށް ގާތްގަނޑަކަށް 100 ޓަނުގެ "ލައިފް ‎‎ސޭވިން އެސިސްޓެންސް" އުފުލޭނެ ކަމަށް އެންޖީއޯތަކުން ބުނެއެވެ.‎

ޣައްޒާފަލަސްތީނުއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު