Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިޔާގެ އައު މައިގްރަންޓް ގާނޫނު

އިންޑިޔާގައި، މުސްލިމުން ނުހިމެނޭގޮތަށް އައު މައިގްރަންޓް ގާނޫނަކަށް އަމަލުކުރަން ތައްޔާރުވެއްޖެ

އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޑިޔާގައި ތިބި 200 މިލިއަން މުސްލިމުންގެ ބޮޑު ބަޔަކީ އެގައުމުގެ ރައްޔިތުން ނޫންކަމަށް ހަދައިފާނެތީ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 12 މާރިޗު 2024 | އަންގާރަ 18:31
އިންޑިޔާގައި މުޒާހަރާކުރާ ބައެއް

އިންޑިޔާގައި މުޒާހަރާކުރާ ބައެއް

އިންޑިޔާގައި މުސްލިމުން ބާކީކުރުމަށްފަހު ފާސްކޮށްފައިވާ ސިޓިޒަންޝިޕް ގާނޫނަށް އަމަލުކުރަން ތައްޔާރުވެފައި ވާކަމަށް ސަރުކާރުން އިއުލާން ކޮށްފިއެވެ. "އެންޓި މުސްލިމް" ގާނޫނެއް ކަމަށް ބުނެ، ފުރަތަމަވެސް ފާޑުކިއުންތައް އަމާޒުވި "ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް" ނުވަތަ ސީއޭއޭއަށް އަމަލުކުރަން ފެށުމުން، އަވަށްޓެރި ޕާކިސްތާނާއި ބަންގްލާދޭޝް އަދި އަފްޣާނިސްތާނަށް ނިސްބަތްވާ ދީނީ މައިނޯރިޓީ ގްރޫޕްތަކަށް (މުސްލިމުން ނުހިމެނޭ ގޮތުން) އިންޑިޔާގެ ސިޓިޒަންޝިޕަށް އެދެވޭނެއެވެ.

ސަރުކާރުގެ އިދާރާތަކުން ބުނާގޮތުގައި އިންޑިޔާއަށް ގަވައިދާ ޚިލާފަށް އެތެރެވުމުގެ ސަބަބުން ކުށްވެރިވާ މީހުންނަށް މި ގާނޫނުގެ ސަބަބުން މަދަދު ލިބޭނެއެވެ.

2019 ވަނަ އަހަރު ފާސްކުރި ސީއޭއޭ ގާނޫނުގެ ސަބަބުން އޭރު ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދި، އެތައްބަޔަކު މަރުވެ، އަދި އެތައްބަޔަކު ހައްޔަރުކޮށްފައި ވެއެވެ.

ހޯމްއެފެއަރޒް މިނިސްޓަރު އަމިތު ޝާހް އިއުލާން ކުރައްވާފައިވާ ގޮތުގައި ސީއޭއޭ ގާނޫނާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް މިހާރު ވަނީ ހަދާފައެވެ. އަދި އެ ގައުމުތަކަށް ނިސްބަތްވާ ހިންދޫ، ސިކު، ބުޑިސްޓު، ޖައިން، ޕާސީސް، އަދި ކްރިސްޓިއަން ދީނުގެ މީހުންނަށް އިންޑިޔާގެ ސިޓިޒަންޝިޕަށް އެދެވޭނެ ގޮތް މިހާރު ބޮޑުވަޒީރު ނަރެންދުރަމޯދީ ހައްދަވައިދެއްވާފައި ވާކަމަށް އަމިތު ޝާހުގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

އިންޑިޔާގެ ހޯމް މިނިސްޓްރީން ވެސް ވަނީ، މިކަމަށް ޝަރުތުހަމަވާ އެންމެންނަށް މިހާރު އިންޑިޔާގެ ސިޓިޒަންޝިޕަށް އޮންލައިންކޮން އެދެވޭނެ ކަމަށް ބުނެފައެވެ. އަދި މިކަމަށް ޚާއްސަ ޕޯޓަލެއް ހަދާފައިވާކަމަށް ބުނެފައި ވެއެވެ.

މި އައު އިސްލާހާބެހޭ ވަރަށް ގިނަ ނުވަތަ ކުށްހީތައް ކުރެވުނު ކަމަށާއި، އެ އިސްލާހަށް އަމަލުކުރުން ލަސްވީ ކޮވިޑް 19ގެ ސަބަބުން ކަމަށްވެސް ބުނެފައި ވެއެވެ.

މި ގާނޫނު ނުވަތަ އިސްލާހަކީ އަހަރުތަކެއް ވަންދެން ކުށްވެރިންގެ ގޮތުގައިތިބި، އަދި އިންޑިޔާ ފިޔަވައި އަމިއްލަ ވަޒަނެއް ނެތް މީހުންނަށް ހެދި ގާނޫނެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

ސީއޭއޭ ގާނޫނަށް އަމަލުކުރަން ފެށުމަކީ، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކުރިން މޯދީ ވެވަޑައިގެންފައިވާ މުހިންމު އިންތިޚާބީ ވައުދެކެވެ.

ގަވާއިދާ ޚިލާފަށް އިންޑިޔާއަށް އެތެރެވެފައިވާ ފަރާތްތަކަށް އިންޑިޔާގެ ސިޓިޒަންޝިޕް ދިނުން މަނާކޮށް، މީގެ 64 އަހަރުކުރިން ފާސްކޮށްފައިވާ ސިޓިޒަންޝިޕް ގާނޫނަށް، ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓުން ވަނީ އިސްލާހު ގެނެސްފައެވެ. އައު އިސްލާހުގެ ދަށުން އިންޑިޔާގެ ސިޓިޒަންޝިޕް ހޯދާ ފަރާތްތަކުން 2014ގެ ޑިސެމްބަރ 31ގެ ކުރިން އިންޑިޔާއަށް އެތެރެވެފައިވާކަން ޔަގީންކޮށްދޭން ޖެހެއެވެ.

އަނެއްކޮޅުން ސީއޭއޭ ގާނޫނާ ދެކޮޅު ބައެއް ސްޓޭޓްތަކުގައި މިހާރުވެސް ވަނީ ނުރުހުން ފާޅުކުރުމުގެ ހަރަކާތްތައް ފަށާފައެވެ. މިގޮތުން އާސާމް އަދި ކެރަލާފަދަ ބައެއް ސްޓޭޓްތަކުން ވަނީ އެ ގާނޫނަށް އަމަލު ނުކުރާނެކަމަށް ބުނެ އިހްތިޖާޖްތަކަށް ގޮވާލާފައެވެ.

ސީއޭއޭއަށް ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި، ނިސްބަތްވާ ދީނުގެ ސަބަބުން ތަފާތުކުރުން ގެންގުޅެގެން ނުވާނެކަމަށް އިންޑިޔާގެ ގާނޫނުއަސާސީގައި އޮންނައިރު، މިއީ ގާނޫނުއަސާސީގެ ރޫހާވެސް ޚިލާފު އިސްލާހެކެވެ. މިސާލަކަށް އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ރެފިއުޖީންނަކީ ވެސް އެފަދަ މައިގްރަންޓުންނަށް ވާއިރު، އެމީހުންނަށް އެފުރުސަތު ނެތް ކަމަށް ފާޑުކިޔާ ފަރާތަކުން ބުނެއެވެ. ސްރީލަންކާގެ ތަމަޅަ ރެފިއުޖީންގެ އިތުރުން މިޔަންމާގެ ރޮހިންގޔާ މުސްލިމް ރެފިއުޖީންނަށް ވެސް އެ ފުރުސަތެއް ނެތެވެ.

ސީއޭއޭއާ ގުޅިގެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޑިޔާގައި ތިބި 200 މިލިއަން މުސްލިމުންގެ ތެރެއިން ބޮޑު ބަޔަކީ އެގައުމުގެ ރައްޔިތުން ނޫންކަމަށް ހަދައިފާނެތީއެވެ. މީގެ އިތުރުން، ގިނައަދަދަކަށް އަލަށް އެގައުމަށް މީހުން ހިޖުރަކުރާނެތީ ބޯޑަރު ސަރަހައްދުތަކުގެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.   

އިންޑިއާއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު