Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހިތް ބަދަލުކުރުން

ހިތް ބަދަލުކުރުމަށްފަހު ޑޮކްޓަރު ދިނީ 6 މަސް... އޭގެ ފަހުން މި ވަނީ 40 އަހަރު!

11 މާރިޗު 2024 | ހޯމަ 06:41

ރެކޯޑް ލިސްޓު ކުރިއިރު، ހިތް ބަދަލު ކުރި އޮޕަރޭޝަނަށް ފަހު 39 އަހަރާއި 100 ދުވަސް ވަނީ ފާއިތުވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 11 މާރިޗު 2024 | ހޯމަ 06:41
ބަރޓް ޖެންސެން؛ ހަރޓް ޓްރާންސްޕްލާންޓް ޕޭޝަންޓެއް

ބަރޓް ޖެންސެން؛ ހަރޓް ޓްރާންސްޕްލާންޓް ޕޭޝަންޓެއް

ސީރިއަސް ބައްޔެއްވެގެން ޑޮކްޓަރަށް ދައްކާ، ޓެސްޓުތައް ހަދާ، ބަލަން ޖެހޭ އިތުރު ކަންކަން ބެލުމަށް ފަހު ބައެއް ފަހަރު އަހަން ޖެހޭ އަޑަކީ ބަލި މީހާއާއި އޭނާގެ ޢާއިލާއާއި ހެޔޮ އެދޭ އެހެން މީހުންނަށްވެސް އަހަން ދަތި އަޑަކަށް އޮންނަނީ ވެފައެވެ. ބަލީގެ ޙާލަތު ގޯހުން ގޯހަށް ގޮސް، ދިރިއުޅުމުގައި ބާކީ އަހަރެއްހާ ދުވަސްވެސް ނެތް ކަން ޤަބޫލު ކުރަން މަޖުބޫރު ކުރުވައެވެ. މަރަކީ އެންމެ ގާތުގައި ވާ ކަންތަކެވެ. ނަމަވެސް މަރުވާނީ ކިހިނެއް، ކޮން އިރަކު ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެވެނި މިވެނި ކަމެއް ކޮށްފި ނަމަ، ނުވަތަ ނުކޮށްފި ނަމަ، ބަލި މީހާގެ ޙަޔާތުގައި ބާކީ އޮތީ މިތަށް އަހަރެކޭ ބުނެ ޑޮކްޓަރުން ސިއްކަޖެއްސެއް ކަމަކު، ކަން ހިނގަނީ ތަޤްދީރުގައި ލިޔެވިފައި އޮތް ގޮތަށެވެ.

ބަރޓް ޖެންސެންއަކީ ހިތުގެ ސީރިއަސް ބައްޔެއް ހުންނަ މީހެއްކަން އެނގުނީ މީގެ 40 އަކަށް އަހަރު ކުރިންނެވެ. އޭނާގެ ޙަޔާތުގައި ބާކީ އޮތީ އެންމެ ހައެއްކަ މަސްދުވަސް ކަމަށް ޤަބޫލު ކުރަން މަޖުބޫރުވިއެއް ކަމަކު މިއަދު ޖެންސެންއަކީ އޭނާގެ ޢުމުރާއި ބަލި ޙާލަތުގެ ގޮތުން، ދުނިޔޭގެ ރެކޯޑް ހޯލްޑަރެކެވެ. ޖެންސެންއަކީ ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަން ނުވަތަ ހަރޓް ޓްރާންސްޕްލާންޓް އޮޕަރޭޝަނަކަށް ފަހު، އެންމެ ގިނަ ދުވަހު، ދިރި ދުނިޔޭގައި ހުރުމުގެ ރެކޯޑް އޮތް މީހާއެވެ.

ނެދަލަންޑްސްއަށް އުފަން ޖެންސެން ބުނާ ގޮތުގައި، އޭނާ އެންމެ ބޭނުން ވަނީ، އެހެން މީހުންނަށް މިސާލަކަށް ވުމަށެވެ. ހިތުގައި ސީރިއަސް މައްސަލައެއް އުޅޭކަން ދެނެގަނެވުނީ ޖެންސަންގެ ޢުމުރުން އެންމެ 17 އަހަރުގައެވެ. ޖެންސެންގެ ބައްޔަކީ ކާޑިއޯމިޔޯމަތީއެވެ. މި ބައްޔަކީ ހިތުގެ މަސްގަނޑުގެ ބާރު ދެރަވެ، ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭ ޕަމްޕު ކޮށްދިނުމަށް އުނދަގޫތަކަކާ ކުރިމަތި ކުރުވާ ބައްޔެކެވެ.

ޖެންސަން ބުނާ ގޮތުގައި އޭނާއަކީ ހަރޓް ޓްރާންސްޕްލާންޓް އޮޕަރޭޝަނަކަށް ފަހުގައިވެސް ދިގު ޢުމުރެއް އުޅެވިދާނެ ކަމުގެ ސާބިތު ހެއްކެކެވެ.

އެއީ 1984 ވަނަ އަހަރެވެ. ނެދަލަންޑްސްގައި އަދި އަލަށްވެސް ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަންއެއް ކޮށްފައި ނެތުމުން، ކަރޑިއޮލިޖިސްޓް އެލްބަރޓް މަޓަރޓް އެދުނީ އިންގްލަންޑްގެ ހެއަރފީލްޑް ހޮސްޕިޓަލަށް ޖެންސަން ބަދަލުވުމަށެވެ.

ޖެންސަންގެ ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރީ އެ އަހަރުގެ ޖޫން މަހުއެވެ. ކާރު އެކްސިޑެންޓެއްގައި 2 ޒުވާނެއްގެ ފުރާނަ ގެއްލި، ހިތެއް ލިބޭ ގޮތް ވި ހިސާބުންނެވެ.

ޖެންސެންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވެދިން އޮޕަރޭޝަން ކުރީ، ޓްރާންސްޕްލާންޓް އޮޕަރޭޝަންތަކުގެ މޭސްތިރިންގެ ތެރޭގައި ހިމެނޭ މަގްދީ ޔަކޫބޭއެވެ.

ޖެންސެންގެ މިހާރުގެ ކަރޑިއޮލޮޖިސްޓް، ކެސްޕަރ އަރލިންގްސް ބުނި ގޮތުގައި، ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަނަށް ފަހު ޕޭޝަންޓުން ދިރި ހުންނާނެ ކަމަށް އެވަރޭޖު ގޮތެއްގައި ބަލާ އެންމެ ދިގު ޢުމުރަކީ 16 އަހަރެވެ.

ޖެންސެންގެ ވާހަކައަކީ ވަރަށްވެސް ހިތްގައިމު ވާހަކައެކެވެ.

ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަނަށް ފަހު އެންމެ ގިނަ ދުވަހު ދިރި ދުނިޔޭގައި ހުރި މީހާގެ ގޮތުގައި ގިނިސް ވަރލްޑް ރެކޯޑްސްއިން ރަސްމީ ގޮތެއްގައި ޖެންސަން ވަނީ ބަލައިގެންފައެވެ. ރެކޯޑް ލިސްޓު ކުރިއިރު، ހިތް ބަދަލު ކުރި އޮޕަރޭޝަނަށް ފަހު 39 އަހަރާއި 100 ދުވަސް ވަނީ ފާއިތުވެފައެވެ.

މީގެ ކުރިން އެ ރެކޯޑް އޮންނަނީ ކެނެޑާގެ ހެރާލްޑް ސޯކީރްކާގެ އަތުގައެވެ. ސޯކީރްކީއަށް ރެކޯޑް އެވޯޑް ކުރީ 2021 ވަނަ އަހަރުއެވެ. އޭރު އޭނާގެ އޮޕަރޭޝަނަށް 34 އަހަރާއި 359 ދުވަސް ވަނީ ފާއިތުވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ

11 އެޕްރީލު 2017
ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ
29 މާރިޗު 2017

ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި

29 މާރިޗު 2017
ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި
21 މާރިޗު 2017

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ
28 ފެބުރުއަރީ 2017

އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި

28 ފެބުރުއަރީ 2017
އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި
22 ފެބުރުއަރީ 2017

"ގާޒީ" ފެށުން ރަނގަޅުކޮށް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފި

22 ފެބުރުއަރީ 2017
"ގާޒީ" ފެށުން ރަނގަޅުކޮށް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފި
18 ފެބުރުއަރީ 2017

"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި

18 ފެބުރުއަރީ 2017
"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި
09 ފެބުރުއަރީ 2017

އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި

09 ފެބުރުއަރީ 2017
އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި
02 ފެބުރުއަރީ 2017

ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ

02 ފެބުރުއަރީ 2017
ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ
26 ޖެނުއަރީ 2017

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް

26 ޖެނުއަރީ 2017
ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް
16 ޖެނުއަރީ 2017

ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ

16 ޖެނުއަރީ 2017
ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް