Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް - މެންޗެސްޓާ ސިޓީ

ސިޓީ ހުއްޓުވަން ކްލޮޕް، މިރޭ ރޮޑްރީ ބަނދެލަނީ!

10 މާރިޗު 2024 | އާދީއްތަ 07:35

ރޮޑްރީ ކުޅެން ފުރުސަތު ދީގެން ލިވަޕޫލް މޮޅެއްނުވާނެ: ކުރީގެ ކުޅުންތެރިން

ރާއްޖެ އެމްވީ | 10 މާރިޗު 2024 | އާދީއްތަ 07:35
ސިޓީގެ މިޑްފީލްޑަރު ރޮޑްރީ

ސިޓީގެ މިޑްފީލްޑަރު ރޮޑްރީ

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ޗެމްޕިއަން މެންޗެސްޓަރ ސިޓީ، މޮޅުވިޔަނުދިނުމަށް ލިވަޕޫލުން ކުރާނެ އެެންމެ މުހިންމު ކަމަކީ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ މާކް ކުރުން ކަމަށް ތަޖުރިބާކާރު ކުރީގެ ކުޅުންތެރިން ބުނަން ފަށައިފި އެވެ.

މި ދެ ޓީމަކީ ޕްރެމިއާ ލީގަށް މިދިޔަ ފަސް ސީޒަނުގައި އެންމެ ބޮޑަށް ވާދަކުރި ދެ ޓީމެވެ. ސިޓީ ހަތަރު ފަހަރު އަދި ލިވަޕޫލް އެއް ފަހަރު ލީގު ނެގި އެވެ. މީގެ ތެރެއިން ދެ ފަހަރު ލިވަޕޫލަށް ތަށި ގެއްލުނީ ސިޓީއަށްވުރެ އެންމެ ޕޮއިންޓެއް މަދުވެގެންނެވެ. މިހެންވެ ކޯޗު ޔާގެން ކްލޮޕްގެ ވަދާއީ ސީޒަނުގައި ތަށި ހޯދުމަށް މި މެޗަކީ ކޮންމެހެން ވެސް ބަލިނުވެ ފަރުޖައްސާލަން ޖެހޭ މެޗެކެވެ.

ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ޑެނީ މާފީ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ މެޗުގެ އޮއިވަރު ހުންނާނީ ސިޓީގެ ސްޕޭން މިޑްފީލްޑަރު ރޮޑްރީ ކުޅޭ ކުޅުމަކަށް ކަމަށެވެ. ސަބަބަކީ ސިޓީގެ އެންމެ ފަހުގެ 60 މެޗަށް ބަލާއިރު ވެސް ރޮޑްރީ ކުޅެގެން ޓީމު ބަލިވެފައި ނެތުން ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން އަދި ޕްރެމިއާ ލީގުގެ ވެސް އެންމެ ކާމިޔާބު އެއް ކެޕްޓަން ކަމަށްވާ ރޯއި ކީން ވެސް ބުނީ ސިޓީގެ މެދުތެރެ ހާއްސަކޮށް ރޮޑްރީ މާކްނުކޮށް ލިވަޕޫލަށް މެޗު ކާމިޔާބުކުރަން އުނދަގޫވާނެ ކަމަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު ދެ ޓީމުގެ ތަފާތަކީ ޕޮއިންޓެކެވެ. ލިވަޕޫލަށް 63 ޕޮއިންޓް ލިބިފައިވާއިރު ސިޓީއަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. މިވަގުތު އެއް މެޗު އިތުރަށް ކުޅެގެން 64 ޕޮއިންޓާއެކު އެއްވަނާގައިވަނީ އާސެނަލް އެވެ. އެކަމަކު މެޗު ކާމިޔާބުކޮށްގެން ސިޓީ ނުވަތަ ލިވަޕޫލަށް ވެސް ކުރި ލިބޭނެ އެވެ.

ފޯރިގަދަވާނެ ކަމަށް ބެލެވޭ މި މެޗު ފަށާނީ މިރޭ 20:30ގަ އެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް