Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރަށް ޝާހިދުގެ ފާޑުކިޔުން

ސަރުކާރުގެ މިސްރާބު އޮޅުން ބޮޅުންވެ މިއަދު ރާއްޖެ އޮތީ ކަޅު އަނދިރި ވަޅެއްގެ ތުންފަތް މަތީގައި - ޝާހިދު

ޝާހިދު ވަނީ މިނިވަން މުއައްސަސާތަކަށް އަތް ބޭނުން ހުއްޓާލަން ގޮވާލައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 މާރިޗު 2024 | ހުކުރު 13:58
ލާމަރުކަޒީ ނިޒާމުގެ ދަށުން މާލެސިޓީއަށް ބޭނުންވާ ފެހިފަހި ތަނަވަސް މާލެއެއް ހޯދައިދޭނީ އެމްޑީޕީން: ޝާހިދު

ލާމަރުކަޒީ ނިޒާމުގެ ދަށުން މާލެސިޓީއަށް ބޭނުންވާ ފެހިފަހި ތަނަވަސް މާލެއެއް ހޯދައިދޭނީ އެމްޑީޕީން: ޝާހިދު

ސަރުކާރުގެ މިސްރާބު އޮޅުން ބޮޅުންވެ މިއަދު ރާއްޖެ އޮތީ ކަޅު އަނދިރި ވަޅެއްގެ ތުންފަތް މަތީގައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ތިނަދޫ އުތުރު އަދި ތިނަދޫ ދެކުނަށް ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިދިޔަ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށްޓަކާ ކުރި ކަންކަމަށް ފަހު ވެސް ނާކާމިޔާބީ އާއި ދިމާވުމުން ރިިޔާސީ އިންތިޚާބަށް ފަހު އެމްޑީޕީ އަށް މޮޅިވެރިކަން އައި ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ކަންކަން ރަނގަޅުކުރަން މޮޅިވެރިކަމާއި އެކުގައި ވެސް އެމްޑީޕީން މަސައްކަތް ކުރައްވާނެ ކަަމަށް ޝާހިދު ވިދާޅުވިއެވެ. ހުދުމުހުތާރު ގޮތް ދޫނުކުރާ ސަރުކާރެއްގެ ކުރިމަތީގައި ސިޔާސީ މަސައްކަތްތައް ކުރުމަކީ ފަސޭހަކަމެއް ނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި ސަރުކާރުން ދަނީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވާ، އާއްމުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ކުރެވުނު ހުރިހާ ކަމެއް ކުރަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް މިއަދު ޤާނޫނު އަސާސީން އެފަދަ ކަންކަން ބެލޭނެ މަގު އެބަ އޮތް ކަަމަށާއި ސަރުކާރުން ކުރާނެ ހާ ގޮތަކަށް މަސައްކަތް ކުރަން ދޫކޮށް ނުލައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެ.

ޝާހިދު ވަނީ މިނިވަން މުއައްސަސާތަކަށް އަތް ބޭނުން ހުއްޓާލަން ގޮވާލައްވާފައެވެ. އަދި އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނަމަވެސް ސަރުކާރުން ދޮގުހެދުން ހުއްޓާލުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނަން އިވުމާއި އެކު ބޮލަށް އަންނަނީ ދޮގު ދޮލަނގުގެ ނަން ކަމަށާއި ފިތުނައަކުން ހެވެއް ނުލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މިއަދު ރައީސް މުއިއްޒު އަށް އެ ދޮގުތަކުގެ ތެދު ހާމަވެ އާއްމުންގެ ފާޑުކިޔުމާއި ކުރިމަތިލައްވަން ޖެހެނީ އެ ސަބަބާއި ހުރެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ މިސްރާބު ބޮޑުތަނުން ކަހާލައިގެން ގޮސްފައިވާ ކަމަށާއި މިއަދު އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލާފައި މި ވަނީ އެކަން ބަދަލުކުރުމަށްޓަކާ ކަމަށެވެ. އެމްޑީޕީން ރާއްޖެ ހަމަމަގަށް އަޅުވާ ކަންކަން ރަނގަޅުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު