Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުށިދިއްގަރު ފަޅުގެ މަޝްރޫއު

ފުށިދިއްގަރު ފަޅުގެ މަޝްރޫއު: މިހާރު ކުރިއަށްދަނީ ކޮންސަލްޓެންޓެއް ނެގުމުގެ މަސައްކަތް

7 މާރިޗު 2024 | ބުރާސްފަތި 09:48

އެކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، ވަރަށް ގިނަ ކަންކަމަށް ބަލަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 7 މާރިޗު 2024 | ބުރާސްފަތި 09:48
ފުށިދިއްގަރު ފަޅުގެ މަޝްރޫއުގެ ހިއްކާފައިވާ ސަރަހައްދު

ފުށިދިއްގަރު ފަޅުގެ މަޝްރޫއުގެ ހިއްކާފައިވާ ސަރަހައްދު

ފުށިދިއްގަރު ފަޅު "ރަސްމާލެ" ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ކުރިއަށްދަނީ މިމަސައްކަތް ކުރާނެ ބައިނަލްއަގުވާމީ ކޮންސަލްޓެންޓެއް ނެގުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތު ދުވަހު މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ ވަރަށް ބޮޑު މަޝްރޫއެއް ކަމަށާއި، ޕްލޭނިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، ވަރަށް ގިނަ ކަންކަމަށް ބަލަންޖެހޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

އެގޮތުން އެންވަރުމެންޓް ފްރެންޑްލީކޮށް ތަރައްގީ ކުރުމަށް ވަރަށް ގިނަ ތަހުލީލުތައް ކުރަންޖެހޭ ކަމަށާއި، އިންފްރާސްޓަކްޗަރ ގާއިމް ކުރުމަށް ގިނަ ދިރާސާތައް ހަދަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރިއަށް ދަނީ މިމަސައްކަތްތައް ކުރުމަށް ބައިނަލްއަގުވާމީ ކޮންސަލްޓެންޓް ހަޔަރ ކުރުމުގެ މަސައްކަތް ކަމަށެވެ.

ފުށިދިއްގަރު ފަޅު "ރަސްމާލެ" ގޮތުގައި ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އޮތީ ހުއްޓިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެޗްޑީސީން އެކަން ދޮގުކޮށް ބުނެފައިވަނީ މަޝްރޫއުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މިހާރު ބޮޑަށް ކުރިއަށްދަނީ ހިއްކުމަށް ތައްޔާރުވުމުގެ ގޮތުން ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ޖުމްލަ 70 ހެކްޓަރު، ދިގު މުއްދަތަށް ދީގެންނެވެ. ބިން ދޫކުރުމަށް ނިންމައި، މަޝްރޫއު ފަށާފައިވާއިރު، ހުޅުމާލެއިން ދޫކުރި 10 ހެކްޓަރުގެ ބިމުގެ އަަގާއި ރަސްމާލެއިން ދޭ 60 ހެކްޓަރުގެ ބިމުގެ އަގަކީ ކޮބައިކަން، ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ސަރުކާރުން އޮޅުންފިލުވައިދީފައެއް ނުވެއެވެ.

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތްކުރައްވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ގޮތުގައި އެ ސަރަހައްދު ތަރައްގީކުރުމަށެވެ. އެގޮތުން ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން 65000 ހައުސިން ޔުނިޓް ރަސްމާލޭގައި ތަރައްގީކުރާނެ ކަމަށް މިސަރުކާރުން ބުނެއެވެ.

ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވާ ސަރަހައްދުތައް އާބާދުކުރުމަށް މިސަރުކާރުން މަސައްކަތް ނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކާފައި އޮތްނަމަވެސް އެ ރަށްތައް ތަރައްގީކުރުމުގެ މަސައްކަތެއް މިސަރުކާރުން ނުކުރެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް